00:00:00
logologo
ވޯޓްލެވޭ އާބާދީ
282,395
އަލަށް ވޯޓްލެވޭ
27,006
ޖުމްލަ ވޯޓް ފޮށި
574
party logo

ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ބާނީއަކީ ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހިމް އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ލިބުމާއެކު ފުރަތަމަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފެއްދުމަށް ފުރަތަމަ ސޮއިކުރި 42 މެންބަރުންގެ ތެރޭގައި ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ. އެހެންނަމަވެސް ފަހުން ގާސިމު ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީގަ އެވެ. ގާސިމްގެ ޖުމްހޫރީ ޕާޓީ އުފެއްދެވީ އޯގަސްޓް 3، 2008 ގަ އެވެ. އާ ގާނޫނުއަސާސީ ވުޖޫދުކުރި ފަހުން މިހާތަނަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެންމެ ބޮޑު ބާރަކަށް ވެގެން ދިޔައީ ގާސިމުގެ ތާއީދެވެ. ޖޭޕީގެ މަގުސަދު ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ އިސްލާމީ ވަހުދަތާއި، ގައުމީ މިނިވަން ކަމާއި ސިޔާދަތު ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި ރައްޔިތުން އެދޭ، ރައްޔިތުންނަށް މަސްލަހަތުހުރި، ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ސިޔާސަތުތަކެއް ތަންފީޒުކުރާ ދިވެހި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކޮށް، އާލާކޮށް ދެމެހެއްޓުމެވެ. މިގޮތުން، ރައްޔިތުންގެ ހަރުދަނާ ސަރުކާރެއް ދިވެހި ރައްޔިތުންނަށް ލިބިދީ ދިވެހިރައްޔިތުންނަށް އަންނަނިވި ކަންކަން ހާސިލު ކޮށްދިނުން އެ ޕާޓީގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޝިޔާރު: ހާއްސަކަނޑާލާ، ހަމަޖެހޭނެ ޕާޓީ އުފެއްދި ތާރީހު: އޯގަސްޓް 3، 2008 ޕާޓީގެ ލީޑަރު: ގާސިމް އިބްރާހީމް ޕާޓީގެ މެމްބަރުން އަދަދު: 22600 މަޖިލިސް މެމްބަރުން: 2

ރެޖިސްޓްރީކުރި ތާރީހު
24th Jul 2023
މެންބަރުންގެ އަދަދު
22,600
ކާމިޔާބު ކުރެވިފައިވާ ރިޔާސީ އިންތިޙާބު
0

ޕާޓީގެ ކެންޑިޑޭޓް

candidate picture
ޕްރޮފައިލް ބަލާލުމަށް