29 ޖަނަވަރީ 2024 - 02:29 4
ސާއިފް ޝިޔާދު
ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފައިލް ފޮޓޯ
29 ޖަނަވަރީ 2024 - 02:29 4
އަވައްޓެރި އިންޑިއާއަށް ނިސްބަތްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ދެ ހަފުތާ ކުރިން ދެއްވި ބަހުގެ ހަމަލާތަކަށް މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ޖެނުއަރީ 13، 2024 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އިންޑިއާއަށް ނިސްބަތް ކުރައްވާ ވިދާޅުވީ ރާއްޖެއަކީ "ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެހެން ގައުމުތަކުން ގަނާ ކުރުމަށް ފުރުސަތު ނުދެއްވާނެ އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ވާހަކަތަކަށް މައާފަށް އެދެން ޖެހޭ ކަމަށް ގާސިމް ވިދާޅުވީ، އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު އެވެ.
"އަޅުގަނޑު އެދެން ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެން އެ ދެއްވި އިންޓަވިއުގައި މި ދެންނެވި ދެތިން ހަތަރު ޕޮއިންޓަށް ހަމަ ފޯމަލް (ރަސްމީ) ކޮށް އިންޑިއާ ސަރުކާރުންނާއި ޕްރައިމް މިނިސްޓަރު މޯދީ އެ ފަރާތްޕުޅުން ޕްރޮފެޝަނަލްކޮށް މާފަށް އެދުމަށް," ގާސިމް ވިދާޅުވި އެވެެ.
ޗައިނާއިން ވަޑައިގެން ރައީސްގެ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް!
"ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ."
ޗައިނާއިން ވަޑައިގެން ރައީސްގެ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް!
"ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ."
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެފަދަ ވާހަކަތަކެއް ރައީސް ދެއްކެވީ ޖަޒުބާތެއްގައި ޖެހިވަޑައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި, "އިންޑިއާ އައުޓް" ޖައްސަވައިގެން އެންމެ ފުރަތަމަ އުޅުއްވީ ކުރީގެ ރައީސް އަބްދުالله ޔާމީން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ޔާމީން އެ ހަމަނުޖެހުން އުފެއްދުމަށްޓަކައި, ރާއްޖޭގެ ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށްޓަކައި އިންޑިއާ އައުޓް ޖަހައިގެން އެ ވާހަކަ ދެއްކީ އޭނާ. އޭރު އެކަން ކުރަން ލިމިޓެއް ނެތި ދޫކޮށްލައިގެން ހުރީ އޭރުގެ ރައީސް ސޯލިހު," މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ކޮންމެ ގައުމަކާ މެދު ވާހަކަ ދެއްކި ނަމަވެސް ދައުލަތުގެ ޒިންމާ އާއި މަސްއޫލިއްޔަތު އެ ވާހަކަތަކެއްގައި އުފުލަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ސޯލިހު އެކަން މަނާ ކުރެއްވީ "އިންޑިއާ އައުޓް" ހަރަކާތް ފުޅާވެ ބޮޑުވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ދަތުރަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން އިންޑިއާއަށް ބޭހަށް ދިޔުމާއި އިންޑިއާއިން ބޭސް ގެނައުން ވެސް ހުއްޓާލައްވާނެ ކަމަށް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ މެދުގައި ދިވެހިރާއްޖެ
ސަރަހައްދީ ވާދަވެރިކަމަށް ކުރާ ދަތުރުގައި، ދިވެހިރާއްޖެއަށް މިއަދު މިލިބިފައިވާ ސްޓްރެޓެޖިކް އެޑްވާންޓޭޖްގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފޭ. މިއީ ހެޔޮގޮތުގައި ބޭނުންހިފިއްޖެ ނަމަ، ދިވެހިރާއްޖޭގެ ތަރައްގީގެ ދުވެލި ބާރު ކުރެވޭނެ އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެއް.
އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ މެދުގައި ދިވެހިރާއްޖެ
ސަރަހައްދީ ވާދަވެރިކަމަށް ކުރާ ދަތުރުގައި، ދިވެހިރާއްޖެއަށް މިއަދު މިލިބިފައިވާ ސްޓްރެޓެޖިކް އެޑްވާންޓޭޖްގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފޭ. މިއީ ހެޔޮގޮތުގައި ބޭނުންހިފިއްޖެ ނަމަ، ދިވެހިރާއްޖޭގެ ތަރައްގީގެ ދުވެލި ބާރު ކުރެވޭނެ އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެއް.
"އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕާއި އެމެރިކާއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރާ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަށް ވެސް ގާސިމް މިއަދު ރައްދު ދެއްވި އެވެ. އެއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާ އެ ފީލްޑްގައި މާ ކުރީގައި އޮތީ. އެ ބޭފުޅުންނަށް އިންޑިއާގެ ތިބި ފެސިލިޓީސް ޖަހާލާފައި ނުދެވޭނެ. އަނެއްކާ ބޭސް ގެންނައިރު ޔޫރަޕަށް އެބަގެންދޭ ބޭސް އިންޑިއާއިން," ގާސިމް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަ ނިންމާލެއްވީ އިނގިރޭސިބަހުން އަނެއްކާ ވެސް އިންޑިއާއަށް ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ. ވިދާޅުވީ "ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ" ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މައްލާ ބިން ނަޟީދާ
about 1 year ago
ރައީސު ކުރަންވާ ކަމަކާ ނުކުރަންވާ ކަމެއް އެނގިވަޑާ ގަންނަވާނީ ރައީސައް ގާސިމު ކަހަލަ އަމިއްލަ އެދުންބޮޑު މީހެއްނޫން ރައީސަކީ
އަޅި އަލީ
about 1 year ago
5000 ވޯޓް ހަމަ ނުވާ ބޭފުޅެއްގެ ވާހަ ނާހާނެ ވޯޓް ލީ 5000 މީހުންވެސް!
ބާބޫ
about 1 year ago
ޤާސިމާ ކަލޭމެންނަކީ ބަޔަކު ދިނީމަ ކައިގެން އުޅޭ ބައެއްް. އެކަމަކު ދިވެހިންނަކީ އެއަށް ވުރެ މާ ފިދިގެން އުޅޭބައެއް.....
ސަހާމް
about 1 year ago
ގާސިމްބުއްދި ސަލާމަތުންތޯ! އިންޑއާ އާލާތުން ތަޅާބޭރު ކުރަންވީ! މާފަށް އެދޭކަށް ނުޖެހޭނެ. އަހަރެމެންނަކީ މިނިވަނުން. ކަލޭމެން އެއްކާރިވޭ!
Comment