22 އޭޕްރީލް 2024 - 19:06 2
މުހައްމަދު އުޝާމް
22 އޭޕްރީލް 2024 - 19:06 2
އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އިއުލާންކޮށްފި އެވެ.
އީސީން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ 66 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް، އެމްއެންޕީއަށް ގޮނޑިއެއް، އަދި އެމްޑީއޭއަށް ދެ ގޮނޑި ލިބުނެވެ. އެއިން ތިން ގޮނޑިއަކީ ޕީއެންސީން ވާދަނުކުރާ ހަމައެކަނި ދާއިރާތަކެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކުރި އެވެ. އޭގެ ތެރޭގައި ވެސް ސަރުކާރުން ތާއީދު ދިން ބައެއް ކެންޑިޑޭޓުން ހިމެނެ އެވެ. މި ހުރިހާ ގޮނޑިއެއް ހިމެނޭހެން ސަރުކާރު މެންބަރުންގެ ގޮތުގައި 70 އަށް ވުރެ ގިނަ މެންބަރުން ތިބޭނެ އެވެ.
އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގައި ލިބުނީ 12 ގޮނޑި އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ވަނީ އާބާދީ ބޮޑު ގިނަ ދާއިރާތައް ވެސް ކާމިޔާބުކޮށްފަ އެވެ. އައްޑޫ ސިޓީގެ ދެ ގޮނޑިއެއް އެމްޑީޕީއަށް ލިބުނު އިރު ޕީއެންސީއަށް ފަސް ގޮނޑިއެއް އަދި އަމިއްލަ ކެންޑިޑޭޓަކު ގޮނޑިއެއް ކާމިޔާބު ކުރި އެވެ. އެއިން ވެސް އަމިއްލަ ކެންޑިޑޭޓަކީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓެކެވެ.
ކުޅުދުއްފުށި ސިޓީއާއި ފުވައްމުލައް ސިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކުރި އެވެ. ތިނަދޫ ސިޓީގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ޕީއެންސީއަށް އަދި އަނެއް ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެކެވެ.
މިއީ މަޖިލިސް އިންތިހާބެއްގައި ޕާޓީއަކަށް ނުވަތަ ސަރުކާރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. 2019، ގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރީ އޭރު ސަރުކާރު ހިންގާ އެމްޑީޕީންނެވެ. އަދި 2014، ގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ އޭރު ސަރުކާރު ހިންގާ ޕީއެންސީންނެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދޭ ނިސްބަތް ދަނީ އިންތިހާބަކަށް ފަހު އިންތިހާބެއް އިތުރު ވަމުންނެވެ.
66.67%
0.00%
0.00%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޑޮން0
11 months ago
ރިޔާސީނިޒާމުކިޔާނެކަމެއްނެތެއްނު' ބަރުލަމާނީއަށްބަދަލުކޮށްލަންވީ' ގާނޫނުއަސާސީގަހުރި' ގިނަބާގަނޑުތައްވެސްއޭރުންބެދޭނެ
ދިވެހި މުދައްރިސް
11 months ago
ވަރަށް ކުށް ބަސް ގިނަ، 2014 ގައި އިންތިހާބުވީ ޕީޕީއެމް
Comment