Advertisement

ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް 15, ޕީޕީއެމްއަށް 10 މިލިއަން ރުފިޔާ ދީފި

22 ޖަނަވަރީ 2024 - 14:16 0

ނިމާ ހަސަން

ނިމާ ހަސަން

އިންތިހާބަކަށް ސިޔާސީ ޕާޓިތަކުން ދަމާފައިވާ ދިދަތަކެއް: ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކުރި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް 15, ޕީޕީއެމްއަށް 10 މިލިއަން ރުފިޔާ ދީފި

22 ޖަނަވަރީ 2024 - 14:16 0

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް 10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބެޖެޓުން ދޫކުރާ ފައިސާގެ ގޮތުގައި ޖުމްލަ 44 މިލިއަން ރުފިޔާ ރާއްޖޭގެ ހަ ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ދޫކޮށްފި އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި ތިބި މެންބަރުންގެ އަދަދަށް ބިނާކޮށެވެ. އެގޮތުން, ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ޕާޓީ، އެމްޑީޕީއަށް 15.1 މިލިއަން ރުފިޔާ ބަޖެޓުން ލިބުނެވެ. އެ ޕާޓީގައި ތިބީ 52,142 މެންބަރުންނެވެ.

ދެން އެންމެ ގިނައިން ލިބުނީ ޕީޕީއެމް އަދި ޕީއެންސީއަށެވެ. ޕީޕީއެމަށް 10 މިލިއަން އަދި ޕީއެންސީއަށް 8 މިލިއަން ރުފިޔާއާއެކު ދެ ޕާޓީއަށް ޖުމްލަ 18.5 މިލިއަން ރުފިޔާ ލިބުނެވެ. ޕީޕީއެމްގައި 36,223 މެންބަރުން ތިބި އިރު ޕީއެންސީގައި ތިބީ 28,201 މެންބަރުންނެވެ. އެއީ ޖުމްލަ 64,424 މެންބަރުންނެވެ. ޕީއެންސީއަށް ފައިސާ ދޫކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެގެން އެ ޕާޓީ ޖޫރިމަނާކޮށްފައިވާ 95,000ރ. އުނިކުރުމަށް ފަހު އެވެ.

ޖުމްލަ 18,349 މެންބަރުންނާއެކީ ހަތަރު ވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޖުމްހޫރީ ޕާޓީއަށް ވެސް މިއަހަރު ދައުލަތުގެ ބަޖެޓުން 5.3 މިލިއަން ރުފިޔާ ދޭން ނިންމާފައިވެ އެވެ.

މިފަހަރު ފައިސާ ދޫކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން 2024 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެހެން ނަމަވެސް, 2023 ވަނަ އަހަރު ނިމުނުއިރު, އެ އަދަދަށް މެންބަރުން ނެތް ދެ ޕާޓީއަކަށް ވެސް ފައިސާ ދީފައިވެ އެވެ. އެއީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.

އަދާލަތު ޕާޓީގައި 8,796 މެންބަރުން ތިބިއިރު އެ ޕާޓީއަށް 2.5 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެމްޑީއޭގައި 8,555 މެންބަރުން ތިބިއިރު, އެ ޕާޓީއަށް 2.4 މިލިއަން ރުފިޔާ ދީފައިވެ އެވެ.