Advertisement

ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި

21 ޖަނަވަރީ 2024 - 13:56 0

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް


ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި

21 ޖަނަވަރީ 2024 - 13:56 0

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ފައިސަލް "އަދަދު" ނޫހަށް ވިދާޅުވީ ޖޭޕީން ވަކިވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ވާހަކަ ދެއްކެވުމަށް ފަހު ކަމަށެވެ. އަދި އެ ޕާޓީން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފުރުސަތުތައް ފާހަގަ ކުރައްވައި ގާސިމަށް ޝުކުރު އަދާކުރެއްވި އެވެ. ނަމަވެސް ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ސޯޅަ އަހަރަށް ފަހު، ޖޭޕީން ވަކިވެވަޑައިގަތަސް، "އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމުގެ ވިސްނުމެއް ވެސް އަދި ނެތް" ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދު ވެސް ހުންނާނީ ގައުމީ ހިދުމަތުގައި،"

އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ އަދި ހަމައެކަނި ނައިބު ރައީސް އަކީ ފައިސަލް އެވެ.

އެމަނިކުފާނު ސިޔާސީ ހަޔާތް ފެއްޓެވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، 2005 ގަ އެވެ. ނަމަވެސް 2008 ގެ ފަހުކޮޅު ޖޭޕީއާ ގުޅިވަޑައިގަތެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރަކަށް ފައިސަލް ހޮވިވަޑައިގަތީ ޖޭޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވިއިރު، އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރެއްވީ ފައިސަލް އެވެ.

އުމުރުން 50 އަހަރުގެ ފައިސަލް ސިޔާސީ ދާއިރާއާ ގުޅިވަޑައިގެންނެވުމުގެ ކުރިން، ޒުވާން ދުވަސްވަރުން ފެށިގެން ހޭދަކުރެއްވީ ރިސޯޓު ދާއިރާގަ އެވެ. ކުރެހުމާއި ޑިޒައިން ކުރެއްވުމުގެ މަސައްކަތް ވެސް އެމަނިކުފާނު ކުރައްވަ އެވެ.

އަމިއްލަ ވަޒަން، ފުވައްމުލަކުގައި ހުންނަ ފައިސަލްގެ ގެ ޑިޒައިންކޮށް، ވަޑާމުގެ ގިނަ މަސައްކަތްތަކެއް ވެސް ކުރެއްވީ އަމިއްލައަށެވެ.