00:00:00
logologo
ވޯޓްލެވޭ އާބާދީ
282,395
އަލަށް ވޯޓްލެވޭ
27,006
ޖުމްލަ ވޯޓް ފޮށި
574

ކެންޑިޑޭޓް ނަންބަރު

5

ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީ

candidate photo
އުފަން ތާރީޙް
30th Aug 1951
އުފަން ރަށް
އދ. ދިއްދޫ
މިހާރު ރަށްވެފިވެފައިވާ ރަށް
ކ. މާލެ
އަނބިކަނބަލުން
ރާބިޔާ ޖަލީލާ އައިޝަތު ނަހުލާ ރާނިޔާ
ދަރިން
14
ވާދަކުރި އިންތިހާބު
2
ތަޖުރިބާ
ވިޔަފާރި ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވޭ ވަޒީރުކަމާއި މަޖިލީހުގެ މެމްބަރުކަން އަދާކުރެއްވި އަމިއްލަ ސިޔާސީ ޕާޓީއެއް ހިންގަވާއިރު، ސިޔާސީ ދާއިރާގައި އެންމެ ނުފޫޒު ގަދަ އެއްބޭފުޅަކަށް ވަނީ ވެވަޑައިގެންފައި
ހިއްސާވި ވިޔަފާރި
ވިލާ ޝިޕިން އެންޑް ޓްރޭޑިން ވިލާ ހޮޓެލްސް ވިލާ ގޭސް ވީ މީޑިއާ ވިލާ އެއާ ވޭލް ސަބްމެރިންގެ ހިއްސާ

ގާސިމް އިބްރާހިމްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ފަރާތުން، މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާ ކެންޑިޑޭޓެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރަކަށް ހުންނެވި ގާސިމް އިބްރާހިމްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. ޅަފަތުގެ ހަޔާތް އދ. މާމިގިލީ އިބްރާހީމް މުހައްމަދު (ބުރުމާ މުހައްމަދު) އާއި އދ. ދިއްދޫ ގަމަރުއްނިސާ މުހައްމަދަށް ލިބިވަޑައިގަތް ގާސިމް އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1950 ވަނަ އަހަރު އދ. ދިއްދޫގަ އެވެ. ޅަފަތުގެ ދުވަސްވަރު ގާސިމް އުޅުއްވީ އދ. ދިއްދޫ އާއި މާމިގިލީގަ އެވެ. ތައުލީމު ހާސިލު ކުރެއްވުމަށް މާލެ ވަޑައިން އޭރުގެ ހާލަތާއި ކަންކަން ހުރި ގޮތުން ލިބެންހުރި ތައުލީމެއް ހާސިލު ކުރެއްވުމަށް ފަހު، ދިރިއުޅުމުގެ އަމަލީ މައިދާނަށް ނުކުމެވަޑައިގަތެވެ. ސަރުކާރު ހޮސްޕިޓަލްގެ އެއް ނަންބަރު ކާތިބު ކަމާއި އެކައުންޓެންޓުގެ އަދާކުރެއްވި އެވެ. ސަރުކާރުގެ ބޮޑު އިސްޓޯރު (އެމް.ޖީ.ބީ.އެސް) ގެ މެނޭޖަރުކަން ކުރެއްވި އެވެ. އަދި އެލިޔާ ފަރުނީޗަރު ފިހާރައިގެ މެނޭޖަރު ކަމާއި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަމިއްލަފުޅު ވިޔަފާރިއެއް ކަމުގައިވާ ކްރެސެންޓްގެ މެނޭޖަރުކަން ވެސް ކުރެއްވި އެވެ. ހިދުމަތް ގާސިމް ވަނީ މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ދިވެހި ދައުލުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާހިލީ ވަޒީރުކަމާއި، އަރިއަތޮޅާއި، މާމިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރނަރުކަމާއި، ވޯލްޑް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަން ކުރައްވައިފަ އެވެ. ސޯޅަ އަހަރަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި، ސާކް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ނާއިބު ރައީސްކަމާއި އަދި ރައީސްކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓް ކަމާއި، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ވެސް ކުރެއްވި އެވެ. ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅެއް ފިޔަވައި އެންމެ ފުރަތަމަ ދިވެހި ރުފިޔާ ނޫޓުގައި ސޮއިކުރެއްވި ގަވަރުނަރަކީ ވެސް އެ މަނިކުފާނެވެ. ދިވެހި ދައުލަތަގެ އިއްޒަތް، ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތް (ނ.މ.ޝ.ޢ) ލިބިވަޑައިގެންފައިވާ ގާސިމަށް، އެކި ރޮނގުރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެ އެވެ. ވިޔަފާރި ތަޖުރިބާއާއެކު ގާސިމް އަމިއްލަ ވިޔަފާރި ފެއްޓެވީ 1976 ގަ އެވެ. އެންމެ 15،000ރ. ލޯނަކުން ފެށި ވިޔަފާރި މިއަދު ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏަށް ބަދަލުކޮށްފަ އެވެ. ވިލާ ގްރޫޕުގެ ދަށުން ގިނަ ވިޔަފާރިތަކެއް ހިންގަ އެވެ. އޭގެތެރޭގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން، ވިލާ ހަކަތަ، ވިލާ ގޭސް، ވިލާ ސިމެންތި ހިމެނެ އެވެ. ޕެރަޑައިސް އައިލެންޑާއި، ސަން އައިލެންޑު، ރޯޔަލް އައިލެންޑު، ފަން އައިލެންޑަކީ ގާސިމްގެ ވިލާ ހޮޓެލްސްގެ ރިސޯޓުތަކެވެ. މާމިގިލީ އެއާޕޯޓް، ކާޑެއްދޫ އެއާޕޯޓު ހިންގަމުންދަނީ ވިލާ ގްރޫޕުންނެވެ. ފްލައިމީއަކީ ގާސިމްގެ އަމިއްލަ މަތިންދާ ބޯޓު ކުންފުނި، ވިލާ އެއާއިން އޮޕަރޭޓުކުރާ އެއާލައިނެކެވެ. ވީމީޑިއާ އާއި ވިލާ ކޮލެޖަކީ ވެސް ގާސިމްގެ ކުންފުންޏެކެވެ. ރާއްޖެއަށް ގެނައި ފުރަތަމަ ޕަސެންޖަ ސަބްމެރިން، ވޭލް ސަބްމެރިންގައި ވެސް އޭނާގެ ހިއްސާ އޮވެ އެވެ. ސިޔާސީ ހަޔާތް އިސްލާހީ މަސައްކަތުގެ ތެރެއަށް ނުކުންނަވަން ނިންމެވީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު 1984 ވަނަ އަހަރުގެ ތެރޭގައެވެ. ގާސިމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ތެރެއިން 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައި އިންތިހާބުވެ ވަޑައިގަތެވެ. ރާއްޖޭގައި އޭރު އޮތް ސިޔާސީ އޮއިވަރުގައި، 2001 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއިކުރައްވައި ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި ވެސް ގާސިމް ހިމެނިވަޑައިގަންނަވަ އެވެ. އިސްލާހީ މަސައްކަތް ވަރުގަދަވެ، އޯގަސްޓު 12-13، 2004 ގައި ޖުމްހޫރީ މައިދާނުގައި އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ރައްޔިތުން އެއްވި އެއްވުމުގައި ގާސިމް ބައިވެރިވެވަޑައިގެންނެވި އެވެ. އެ އެއްވުން ރޫޅާލައި، ހައްޔަރުކޮށް ގާސިމް އަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ދައުވާ އަނބުރާ ގެންދެވީ އެ އަހަރު ޑިސެމްބަރު އެރި ސުނާމީއާ ގުޅިގެންނެވެ. މައުމޫނުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުގައި ހުންނެވުމާއެކު، މައުމޫން އުފެއްދެވި ފުރަތަމަ ސިޔާސީ ޕާޓީ ޑީއާރުޕީއާ ގާސިމް ގުޅިވަޑައިގަތެވެ. ނަމަވެސް، އަމިއްލަ ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އުފައްދަވައި، އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި 2008، އަދި 2013 ވަނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އެވެ. ގޮންޖެހުންތައް ގާސިމް ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ނަތީޖާއަކީ ކޮންމެ ވެރިކަމެއްގައި ވެސް އެމަނިކުފާނަށް ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވެވަޑައިގަތުމެވެ. މައުމޫނުގެ ވެރިކަމުގައި ޖަލަށްލި އެވެ. ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް 21 ދުވަހު ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވީ، ގާސިމާ ދެކޮޅަށް ކުރި ކަންތައްތަކަކާ ގުޅިގެންނެވެ. އެއަށް ފަހު ގާސިމްގެ ރިސޯޓުތަކަށް އަމާޒުކޮށް ސްޕާތައް ބަންދުކުރުމުގެ އިންޒާރު ދިނެވެ. ޔާމީންގެ ވެރިކަމުގައި ގާސިމްގެ ރަށްތައް އަތުލި އެވެ. ގާސިމް ޖަލަށްލާފައި ވަނިކޮށް، ވިލާ ކުންފުނި ބަލައި ފާސްކޮށް، ގާސިމްގެ ދަރި އިބްރާހިމް ސިޔާސީ ބަންދުކޮށް ޖަލަށްލި އެވެ. ވިލާގެ އެކައުންޓުތައް ފްރީޒުކުރި އެވެ. ދަރުމަވެރިކަން ގާސިމްއަކީ އަބަދު ވެސް ދީލަތި ބޭފުޅެކެވެ. މަދަނަ އާއި އާސަންދަ އުފެދުމުގެ ކުރިން ގާސިމް ވަނީ ސިއްހީ ފަރުވާއަށް ބޭރަށް މީހުން ފޮނުވަން ފައްޓަވައިފަ އެވެ. ސަރުކާރުގެ ސްކޮލާޝިޕް ސްކީމްގެ ކުރިން، ގާސިމް ތައުލީމާ ލޯން ދޫކޮށް އެތައް ސަތޭކަ ކުދިންނެއްގެ އުއްމީދުގައި ކުލަ ޖެއްސެވި އެވެ.