Advertisement

ގާސިމް އާއި ނަހުލާ ހިމެނޭހެން 10 ކެންޑިޑޭޓުން ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަނީ

15 ފެބުރުވަރީ 2024 - 17:51 1

މުހައްމަދު ޝަހްޒާން

މ

Advertisement

ނިމިދިޔަ ރިޔާސީ އިނތިހާބުގެ ކެމްޕޭނު ތެރޭގައި ޖުމްހޫރީ ޕާޓީން ކުރިއަށް ގެންދިޔަ ރެލީއެއް -- ފޮޓޯ: އަދަދު


ގާސިމް އާއި ނަހުލާ ހިމެނޭހެން 10 ކެންޑިޑޭޓުން ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވަނީ

15 ފެބުރުވަރީ 2024 - 17:51 1

Advertisement

Advertisement

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އޭނާގެ އަނބިކަނބަލުން، އައިޝަތު ނަހުލާ ހިމެނޭހެން ޖޭޕީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ 10 ކެންޑިޑޭޓުންގެ ނަން އެ ޕާޓީން މިރޭ އިއުލާނުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރައްވާ ބޭފުޅުންގެ ނަން އެ ޕާޓީން އިއުލާނު ކުރީ އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

Advertisement

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ގާސިމް އާއި ނަހުލާގެ އިތުރުން ދެން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި، ޑރ. އަމީން އިބްރާހިމް އާއި ކެންދޫ ދާއިރާގެ މިހާރުގެ މެންބަރު، އަލީ ހުސެއިން އާއި ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު، އަބްދުﷲ އަހުމަދު ހިމެނެ އެވެ.

އޭގެއިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއި ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދު ވެސް ޖޭޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެކަން އެ ޕާޓީން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

Advertisement

ރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ހުރިހާ އިންތިހާބުތަކެއްގައި ވެސް ވާދަ ކުރަމުން އަންނަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ލިބުނީ 5،460 ވޯޓެވެ. އެއީ އެ ޕާޓީގެ ތާރީހުގައި ވެސް ރިޔާސީ އިންތިހާބެއްގައި ލިބުނު އެންމެ ދަށް ނަތީޖާ އެވެ.

ރާއްޖޭގައި މިވަގުތު ހަރަކާތްތެރިކޮށް އޮތް ދެވަނައަށް އެންމެ ދޮށީ ޕާޓީ، ޖޭޕީ އުފެދުނީއްސުރެ މިއަދާ ހަމައަށް ފާއިތުވި ތިން ދައުރުގައި ވެސް އެ ޕާޓީގެ މެންބަރުން މަޖިލިސް ތަޅުމުގައި ތިއްބަވަ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަނުން ހުޅުވާލި ފުރުސަތު އިއްޔެއަށް ހަމަވިއިރު، ޖުމުލަ 93 ދާއިރާއަކަށް 295 މީހަކު ވަނީ ވާދަކުރަން ފޯމު ހުށަހަޅައިފަ އެވެ. އޭގެތެރޭގައި އެމްޑީޕީގެ 89 ކެންޑިޑޭޓުން ހިމެނެ އެވެ. ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ސީދާ ވާދަ ކުރަން ފޯމު ހުށަހެޅި އަދަދެއް އަދި ސާފެއް ނުވެ އެވެ. އ

މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާފައިވާ ދުވަހަކީ މާޗް 17 އެވެ. ނަމަވެސް ރޯދަ މަހަކާ އިންތިހާބެއް ދިމާވާނަމަ، ރޯދަ މަސް ނިމޭތާ 20 ދުވަސްފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް މަޖިލީހުން ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ގެނެސްފަ އެވެ. ނަމަވެސް އެ އިސްލާހަށް އަމަލު ކުރާނީ އެ ބިލު ރައީސް ތަސްދީގު ކުރެއްވުމުންނެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޒުހުދާ

about 1 year ago

ގާސިމަށް ހެޔޮ އެދޭ މާމިގިލި ދާއިރާ އެކަކުވެސް ގާސިމަށް ވޯޓެއް ނުދޭނެ. ގާސިމަކީ މިހާރު މާހަލަބޮލި އަވަދިނެތި ފިކުރުބޮޑުވާ ޒާތު ކަންކަމާ އުޅޭ ވަރަށްވުރެ އުމުރުން ދުވަސްވީ ބޭފުޅެއް. ގާސިމަށް ބޭނުމީ އަޅުކަން ކުރުމާ އަރާމު ކުރުން.