
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރު"އަރަބި ގައުމުތަކާއެކު އޮތްކަން ހާމަކުރަނީ ދިވެހިންގެ ފަރާތުން"
އިރާނުން ދޭ ހަމަލާތައް މުއިއްޒު ކުށްވެރި ކުރެއްވިއިރު އެ ގައުމުން ރައްދު ހަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އިރާނަށް ހަމަލާދިނުމަށް އިޒްރޭލާއި އެމެރިކާއިން ބޭނުން ކުރަމުން އަންނަނީ އެ ބޭސްތަކެވެ.
ހަބަރު"އިޒްރޭލަކީ ޓެރަރިސްޓު ގައުމެއް، އެމެރިކާއިން ދޭ ހަމަލާތައް ގޯސް"
އިޒްރޭލުން ހަމަލާ ދިނުން ގޯސް، އިޒްރޭލުން އެއީ ވަރަށް ހަރުކަށިކޮށް ދަންނަވަމުން މި ދަނީ، އެއީ ޓެރަރިސްޓު ގައުމެއް ދެއްތޯ، ފަލަސްތީނު އެ ދަނީ ސުންނާފަތި ކުރަމުން. އެމެރިކާއިން އެ ދޭ ހަމަލާ ވެސް ގޯސް، ހުރިހާ ފަރާތެއް ވެސް ގޯސް - މުއިއްޒު
ހަބަރުޚާމަނާއީ އަވަހާރަކޮށްލުމުން ރާއްޖޭގެ ތައުޒިޔާއެއް ނެތް
މެދުއިރުމަތީގައި އުޅޭ ދިވެހިން ހަމަލާތަކާ ގުޅިގެން ރައްކާތެރިކަން ހޯދަން އެންގި ނަމަވެސް މި ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނޭ. ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވޭ.
