އިރާނުން ހަމަލާދޭ އަރަބި ގައުމުތަކާއެކު އޮތްކަން ހާމަކުރަމުންދަނީ ހުރިހާ ދިވެހިންގެ ފަރާތުން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވޭ --- ފޮޓޯ: އަދަދު ފައިލް

މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވޭ --- ފޮޓޯ: އަދަދު ފައިލް

ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިރާނުން ދެމުން އަންނަ ރައްދު ހަމަލާތަކާ ގުޅިގެން އެ ގައުމުތަކަށް ގުޅައި ރާއްޖެ އެ ގައުމުތަކާއެކު އޮތްކަން ހާމަކުރަމުން ދަނީ ދިވެހި ރައްޔިތުންގެ ފަރާތުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމުލަ 304 ދުވަސް ފަހުން ރައީސް އޮފީހުގައި މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގިނަ އަދަދެއްގެ ސުވާލުތައް ނޫސްވެރިން އަމާޒުކުރީ އިރާނަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުންނެވެ.

އިރާނުން ދޭ ހަމަލާތައް މުއިއްޒު ކުށްވެރި ކުރެއްވިއިރު އެ ގައުމުން ރައްދު ހަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އިރާނަށް ހަމަލާދިނުމަށް އިޒްރޭލާއި އެމެރިކާއިން ބޭނުން ކުރަމުން އަންނަނީ އެ ބޭސްތަކެވެ.

އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅައި އެ ގައުމުތަކާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރާނެ ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ. އިރާނުން ދޭ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެއާއެކު ޗެނަލް 13ގެ ނޫސްވެރިޔަކު ސުވާލުކުރީ ދިވެހި ރައްޔިތުންގެ ފަރާތުން އެކަމުގައި ވަކި ސްޓޭންޑެއް މުއިއްޒު ނެންގެވީ ކީއްވެގެންތޯ ސުވާލު ކުރުމަށެވެ. އެއީ ގިނަ އަދަދެއްގެ ދިވެހިން މިވަގުތު ހިނގަމުންދާ ހަނގުރާމައިގައި އިރާނާއެކު ތިބިކަން ހާމަކުރަމުންދާތީ އެވެ.

"އަޅުގަނޑު ރައްޔިތުން ހޮވާފައި ހުރި މީހެއް ވީމައި އަޅުގަނޑަށް ރައްޔިތުންގެ ސްޓޭންޑު ނެގޭނެ ނޫންތޯ. މުޅި ގައުމުގެ ހުރިހާ ރައްޔިތުން ވޯޓު ދިނީ. ދެން މެޖޯރިޓީ ރައްޔިތުންގެ ވޯޓު ލިބިގެން އަންނަނީ މަގާމަށް. ދެން ހުރިހާ ރައްޔިތުންގެ ފަރާތުންނު އަޅުގަނޑު ވާހަކަ ދައްކާނީ،" މުއިއްޒު ޖަވާބު ދެއްވި އެވެ.

މުއިއްޒު އެގޮތަށް ޖަވާބު ދެއްވުމުން ނޫސްވެރިޔާ ވަނީ އެކި ކަންކަމުގައި ރައްޔިތުން ޖެހޭ ފަޅި ތަފާތުވެދާނެ ކަމަށް މުއިއްޒުގެ އަރިހުގައި ދަންނަވާފަ އެވެ. އެކަމަކު މުއިއްޒު ވިދާޅުވީ "ތަފާތެއް ނުވާނެ" ކަމަށެވެ.

އެއަށްފަހު އިރާނުން ދޭ ހަމަލާތައް ގޯސް ކަމަށާއި އިޒްްރޭލަކީ ޓެރަރިސްޓު ގައުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމެރިކާއިން ދޭ ހަމަލާތައް ވެސް ގޯސްކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ.

އިރާނުން ވަނީ ގަލްފުގެ ގައުމުތަކަށް ހަމަލާ އަމާޒުނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ބޭސްތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމުގައި ބައެއް ފަހަރު މިސައިލްތަކުގެ ބައިބައި އާންމުން އުޅޭ ސަރަހައްދުތަކަށް ވެއްޓި އެކި ވަރުގެ ގެއްލުން އަންނަނީ ވަމުންނެވެ.

އިޒްރޭލާއި އެމެރިކާއިން އިރާނަށް ހޮނިހިރު ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، 86، އަވަހާރަކޮށްލުމުން ދިވެހި ސަރުކާރުން ތައުޒިޔާ ނުކިޔާތީ އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޚާމަނާއީއަކީ އިރާނުގެ އެންމެ މަތީ ވެރިޔާ އެވެ. އާންމު އުސޫލެއްގެ ގޮތުން އިސްލާމީ ގައުމެއްގެ މަތީ ވެރިޔަކު އަވަހާރަވުމުން ރަސްމީ ގޮތުން ދިވެހި ސަރުކާރުން ތައުޒިޔާގެ މެސެޖު ފޮނުވަ އެވެ. އަދި އެކަން ހާމަކުރެ އެވެ.

އެކި ދައުލަތްތަކުގެ މަތީ ވެރިން އަވަހާރަވުމުން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވެސް މީގެ ކުރިން ސަރުކާރުތަކުން އަންގާފައިވެ އެވެ. މުއިއްޒުގެ ސަރުކާރުން ވެސް މެއި 2024، ގައި އިރާނުގެ ރައީސަކަށް ހުންނެވި އިބްރާހިމް ރައީސީ އަވަހާރަވުމުން އަމަލުކުރީ އެގޮތަށެވެ.

ނަމަވެސް، މިފަހަރު އެގޮތަށް އަމަލުނުކުރީ ކީއްވެގެން ކަމެއް ސަރުކާރަށް ސާފުކޮށްދެވިފައެއް ނުވެ އެވެ. ހަމަލާތަކާ ގުޅިގެން ނެރުނު ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox