ހަބަރުދޭން ނުޖެހޭ 12 މީހުންނަށް އެކަނިވެރި މައިންގެ އެލަވަންސް ދީފައިވޭ
އެކަނި ދަރިން ބަލަހައްޓައި މަންމައިންނާއި ބައްޕައިންނަށް މާލީ އެހީގެ ގޮތުގައި އިތުރަށް 1,022,000 ރުފިޔާ ދީފައިވާކަން ފާހަގަކުރެވިފައިވާއިރު, ފައިސާގެ އެހީ ދީފައިވާ ބައެއް މީހުންނަކީ އެ މުއްދަތުގައި ކައިވެނިކޮށްގެން ތިބި މީހުން. ލިބެން ނުޖެހޭ 12 މީހަކަށް މި ފައިސާ ލިބުނު.
ހަބަރުއިސްލާމިކް މިނިސްޓްރީން ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފި
ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް ހަދިޔާ ކުރި 32 އެނދަކީ ފައިސާގެ ގޮތުން 504,000 ރުފިޔާގެ އަގުހުރި އެނދުތައް. މިނިސްޓަރު ވިދާޅުވީ ގުރައިދޫ މަރުކަޒަށް އެނދު ހަދިޔާ ކުރީ އެ މިނިސްޓްރީއަށް ހައިރާތުގެ ގޮތުގައި ރައްޔިތުން ހަދިޔާކޮށްފައިވާ ފައިސާގެ ތެރެއިން ކަމަށް.
ހަބަރުޔާމީނު ސިޔާސީ ހަރަކާތުގައި؛ ކަރެކްޝަނުން "އަދިވެސް ބަލަނީ"
ޔާމީނަށް ފިޔަވަޅު ނާޅާނެތޯ ސުވާލު ކުރާ ކޮންމެ ފަހަރަކު ކަރެކްޝަނުން ބުނަމުންދަނީ އެ މައްސަލަ ބަލަމުންދާ ކަމަށް. އަދި ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ޑިސެމްބަރު މަސް ތެރޭގައި ބުނެފައިވޭ. ނަމަވެސް, ވެފައިވާ އިގުރާރާ ތަކުރާރުކޮށް ހިލާފުވަމުން ދާއިރުވެސް ފިޔަވަޅު އަޅާފަ އެއް ނުވޭ.

