ތިން ލައްކަ ރުފިޔާގެ އިނާމާއެކު އެސްޓީއޯ "ރަމަޒާން ބާޒާރު" ފަށައިފި

އެސްޓީއޯ; އަގުހުރި އިނާމް ތަކާއެކު އެސްޓީއޯގެ ރަމަޒާން ބާޒާރު ފަށައިފި -- ފޮޓޯ: މިރާޝް/ އަދަދު

އެސްޓީއޯ; އަގުހުރި އިނާމް ތަކާއެކު އެސްޓީއޯގެ ރަމަޒާން ބާޒާރު ފަށައިފި -- ފޮޓޯ: މިރާޝް/ އަދަދު

ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކު ވެސް ބާއްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ރޭ ފަށައިފި އެވެ.

ރޯދަ މަސް ފެށެން ދެ މަސް ދުވަހަށް ވެފައި ވާއިރު، އެސްޓީއޯގެ މި ޕްރޮމޯޝަންގައި 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭއިރު، ރޯދަ މަހުގެ ކުރިން ތިން ނަސީބުވެރިން ވެސް ހޮވާނެ އެވެ.

އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ރަމަޒާން ބާޒާރުން ކުރާ ކޮންމެ 1000ރ. ގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝާން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.

އެސްޓީއޯ; އަގުހުރި އިނާމް ތަކާއެކު އެސްޓީއޯގެ ރަމަޒާން ބާޒާރު ފަށައިފި -- ފޮޓޯ: މިރާޝް/ އަދަދު

ނަސީބުވެރިންނަށް ދޭ އިނާމުތައް

އެއް ވަނަ: 75،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް

ދެ ވަނަ: ހޯމްއެޕިލިއެންސް ޕެކޭޖެއް

ތިންވަނަ: ތިންރޫމް އެޕާޓްމެންޓުގައި ނިޕޯ ޕެއިންޓުގެ ކުލަ އަދި ކުލަ ލާދިނުން.

އެސްޓީއޯ ރަމަޒާން ބާޒާރުގައި ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވައި, އެ ފަރާތަކަށް 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް ވެސް ދޭނެ އެވެ.

އޭގެ އިތުރަށް ޕްރޮމޯޝަން ނިމުމުން ވެސް ތިން ނަސީބުވެރިން ހޮވާނެ އެވެ.

  • އެއްވަނަ: ތުރުކީ ދެކޮޅު ޓިކެޓް ދެ މީހަކަށް
  • ދެވަނަ: ހޯމްއެޕިލިއެންސް ޕެކޭޖެއް
  • ތިންވަނަ: 65" ފިލިޕްސް ޓީވީ އެއް

މި ޕްރޮމޯޝަންގައި ދޭ އިނާމުތަކުގެ އަގު 300،000ރ. އަށް އަރަ އެވެ.

އެސްޓީއޯއިން ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޕްރޮމޯޝްންގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު, ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުން ކުރިޔަށް ދާނެ ކަމަށެވެ. އަދި ޕްރޮޑަކްޓް ދައްކާލުން ކުރިއަށްދާ ގަޑީގައި ކަސްޓަމަރުން އަމިއްލައަށް ޕްރޮޑަކްޓް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާއިރު އެ ޕްރޮޑަކްޓުން ހާއްސް ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

މީގެ އިތުރަށް ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާ ބަންދެއްގައި ބައެއް އައިޓަމްސްތަކުން ޑިސްކައުންޓު ލިބިގެން ދާނެއެވެ.

މި އޮފާތައް އެސްޓީއޯ އީ ސްޓޯރުން މެދުވެރިކޮށް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox