ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވެލައްސަރު ރިސޯޓު ކައިރި ކަނޑުމަތިން މަރުވެފައިވާ މީހަކު ފެނިގެން މިއަދު ހެނދުނު 9:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެއީ އުމުރުުން 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނުނުއިރު, އެފަދަ އެއްވެސް މީހަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނެއް ނުކުރެ އެވެ.














