
ލީވާން އަލީ ނާސިރު
ޖާނަލިސްޓް
ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
5836 ލިޔުން
ހަބަރުމުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ކަނޑައަޅައިފި
ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތް ބަޔާންކުރާ ގަވާއިދު އިސްލާހުކޮށްފައިވަނީ ފިރިހެނުންގެ އިތުރުން ވަކިން ހާއްސަކޮށް އަންހެނުން ހެދުން ލާން ޖެހޭގޮތް ވަރަށް ބޮޑަށް ހަރުކަށިކޮށްފައި.
ހަބަރުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޭ ގޮތް ހާމަކޮށްފި
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލޭ ރަށްވެހިންނަށް ޖުމްލަ 10،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީން 2،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައި.
ހަބަރުގޭންގެއް ނެތޭ މުއިއްޒު ވިދާޅުވިޔަސް ފުލުހަށް ގޭންގެއް ފެނިއްޖެ
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ ގޭންގު ކަނޑައެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް.
