
ލީވާން އަލީ ނާސިރު
ޖާނަލިސްޓް
ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
5836 ލިޔުން
ހަބަރުޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަނީ
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ފުޅާކުރުމުގެ ދަށުން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރިން 15 އަތޮޅެއްގައި 19 ޔުނިޓެއް ގާއިމުކޮށް އެ ތަންތަނަށް 550 ނުވަތަ 520 މުވައްޒަފުން ނަގާނެ ކަމަށް.
ހަބަރުގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގާތީ ފިޔަވަޅު އަޅައިފި
އެމްކިއުއޭއިން ނެރުނު އިއުލާނެއްގައި ބުނީ އެވިޑުން ގަވާއިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމްތައް ހިންގާތީ އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެ ކޮލެޖަށް ނަސޭހަތްތެރިވުމާއެކު އެކަން އިއުލާންކުރާ ކަމަށް.
ހަބަރުޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،000 މެންބަރުން
ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް ހާމަކުރި ލިސްޓުގައި 10،000 މެންބަރުން ހަމަވަނީ ދަފްތަރުގައި ތިބި ނުވަ ޕާޓީގެ ތެރެއިން ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކަނި. ޖޭޕީގައި މިދިޔަ އަހަރުގެ ނިޔަލަށް 12،343 މެންބަރުން.
