
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2149 ލިޔުން
ކޮލަމްއައިއެމްއެފް ޕްރޮގްރާމަކުން ސަލާމަތްވީ އިންޑިއާއާ ހެދި
ރައްޔިތުންނަށް މައުލޫމާތެއް ސިއްރުކުރުމުން ލަގާއެއް ނުލިބި ސަރުކާރަށް ސަލާމަތްވާނެ ފުރުސަތު ލިބިފަ އެވެ. މިހެނަސް އަބަދު މިހެން ކަންކަން ހިނގާނެ ކަމަށް އުއްމީދުކޮށްގެން ނޫނީ ހީކޮށްގެން ތިބުމަކީ، ހެދޭ ޅަ އެއްޗަކަށް ނޫނީ ނުވާނެ އެވެ.
ހަބަރުފަސް ކިލޯ ޑްރަގު ގެނައި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް
ބަލޮޗްއަކީ މީގެ ތިން އަހަރު ކުރިން އެއާޕޯޓުން ގެއްލުނު ޑްރަގު ހުރި ދަބަސް އެތެރެކުރި މައްސަލައިގައި ވެސް ހައްޔަރުކުރި މީހާ. މި ފަހަރު އޭނާ އަތުވީ ކަސްޓަމްސްގެ ރެޑް ޗެނަލްއަށް އޮޅިގެން ގޮސް ވަދެވުމުން.
ހަބަރުކޮރަޕްޝަން ބޮޑޭ ބުނުމުން އޭސީސީއަށް ގޯސްވީ ޓްރާންސްޕޭރެންސީ
ޓްރާންސްޕޭރެންސީގެ ހުށަހެޅުންތަކާ ދިރާސާގައި ފާހަގަކުރި ކަންކަމަށް އެއްވެސް އެއްޗެއް ނުބުނެ، އޭސީސީން ނެރުނު ބަޔާނުގައި މުޅިން ވެސް މަސައްކަތް ކޮށްފައި ވަނީ ސީޕީއައިއަކީ ކޮރަޕްޝަން އަސްލު އޮތް މިންވަރު މިނެކިރަން އެކަށީގެންވާ ދިރާސާއެއް ނޫން ކަމަށް ބުނެދިނުމަށް.
