ކޭމްޕްތައް ބާއްވައިގެން ވެސް ޑިމާންޑާ އެއްވަރަށް އަދިވެސް ލޭ ނުލިބޭ

ލޭ ހަދިޔާކުރުމުގެ ކޭމްޕެއްގެ ތެރެއިން: އަދިވެސް ޑިމާންޑާ އެއްވަރަށް ލޭ ނުލިބޭ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ބުނޭ  -- ފޮޓޯ: އަދަދު

ލޭ ހަދިޔާކުރުމުގެ ކޭމްޕެއްގެ ތެރެއިން: އަދިވެސް ޑިމާންޑާ އެއްވަރަށް ލޭ ނުލިބޭ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ބުނޭ -- ފޮޓޯ: އަދަދު

ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ކަހަލަ ގޮތަކަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް ބާއްވައިގެންވެސް ޑިމާންޑާ އެއްވަރަށް އަދިވެސް ލޭ ނުލިބޭ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ބުނެފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް، އަހްމީމް ފާރިޝް އަދަދު އަށް ވިދާޅުވީ ނެޝަނަލް ބްލަޑް ސަޕްލައި އެމަޖެންސީއެއް ނެރުނު ފަހުން ކޮންމެވެސް ވަރަކަށް ޑޯނަރުން ލިބުނު ނަމަވެސް، ޑިމާންޑާ އެއްވަރަށް އަދިވެސް ލޭ ނުލިބޭ ކަމަށެވެ.

"މިހާރު އިއުލާން ޕޯސްޓުކުރަން ފެށި ފަހުން ވޮލަންޓިއާ ޑޯނާޒްއިންނާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ލޭ ދިނުމަށް ކޮންމެ ދެ ދުވަހަކުން އެއް ދުވަހަކު ކޭމްޕެއް އެބަ އޮވޭ،" އޭނާ ވިދާޅުވި އެވެ.

އަހްމީމް ވިދާޅުވީ ޑިމާންޑާ އެއްވަރަށް ލޭ ހޯދުމަށް އުނދަގޫތައް ދިމާވެގެން އުޅެނީ މިދުވަސްކޮޅު ބަލިވެ އުޅޭ މީހުންނާއި ކެންސަލްވާ މީހުން ވެސް ގިނަވުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ވެސް ދަތިތަކެއް ހުރި ކަމަށާއި ބޮޑަށް ދަތިތައް ދިމާވީ ސްކޫލް ބަންދާ ދިމާކޮށް ކަމަށެވެ.

"މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު އެކަމަކުވެސް ޑިމާންޑާ އެއްވަރަށް ކެޗްވުމަކީ ވަރަށް އުނދަގޫ ކަމެއް. ސަބަބަކީ މިދުވަސްކޮޅު ރޯނގާ ޖެހިފައި ތިބި މީހުންނާއި ކެންސަލްވާ މީހުން ތަންކޮޅެއް ގިނައީ. އައިސްފަވެސް ކްރައިޓީރިއާއަށް ފިޓްނުވުން އެކަހަލަ ކަންކަން އެބަ ހުރޭ." އޭނާ ވިދާޅުވި އެވެ.

ޑައިރެކްޓް ޑޯނާސްގެ އިތުރުން އެންމެ ގިނައިން ލޭ ލިބެނީ ރިސޯޓުތަކުގައި ބާއްވާ ކޭމްޕްތަކުން ކަމަށްވާއިރު، އަހްމީމް ވިދާޅުވީ ސްކޫލް ބަންދާއި ރިސޯޓުތަކުގެ އޮކިއުޕަންސީ މަތިވި ދުވަސްވަރާ ދިމާވުމުން ރިސޯޓުތަކުގައި ވެސް ކޭމްޕތައް ދިޔައީ ނުބޭއްވި ކަމަށެވެ.

އާންމު ގޮތެއްގައި ދުވާލަކު 220 އާއި 250 ޕޮއިންޓްގެ ލޭ ލިބޭއިރު، އޭގެއިން ދެބައިކުޅަ އެއްބައި ވެސް ގިނަ ފަހަރަށް ނުލިބޭކަން އަހްމީމް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ލޭ އާންމުކޮށް ލިބެނީ ތެލެސީމިއާ ކުދިން ގުޅިފައި ތިބޭ ޑޯނަރުން މެދުވެރިކޮށް ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ މައިގަނޑު ޝަރުތުތައް:

  • 18 އަހަރު ފުރިފައިވުން
  • ބަރުދަނުގައި 45 ކިލޯ ހަމަވުން
  • ޖިސްމާނީ ގޮތުން އަދި ނަފުސާނީ ގޮތުން ދުޅަހެޔޮވުން
  • ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައި ނެތުން
  • އެންމެ ފަހުން ލޭ ހަދިޔާ ކުރިތާ ތިން މަސްދުވަސް ފާއިތުވެފައިވުން

ލޭ މަދުވެ، އެމަޖެންސީ ހާލަތެއް އިއުލާންކުރީ އިމަޖެންސީކޮށް ލޭ ބޭނުންވާ މީހުންނާއި ވިހެއުމުގެ ތެރޭގައި ލޭ ބޭނުންވާ މީހުންނާއި ކެންސަރުގެ ފަދަ ބަލިތަކުގައި ލޭ ބޭނުންވާ މީހުންނާއި ގަވާއިދުން ލޭ އަޅަންޖެހޭ މީހުންނަށް ބޭނުންވާ މިންވަރަށް ލޭ ނެތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox