ތާއީދު ފޯމުގައި ސޮއިކުރާ މީހުންގެ މައުލޫމާތު އިލެކްޝަނުން ޕީއެންސީއަށް ދޭ ކަމުގެ ތުހުމަތު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އިބްރާހިމް ޝާފިއު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އިބްރާހިމް ޝާފިއު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމުގައި ސޮއިކުރާ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ވެރިކަން ކުރާ ޕީއެންސީއަށް ދޭ ކަމުގެ ތުހުމަތު އަމާޒުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅެނީ މަދުވެގެން 50 މީހުންގެ ތާއީދާއެކު އެވެ. މިފަހަރު ތާއީދު ފޯމު ހުށަހެޅުމުގެ އިންތިޒާމު އިލެކްޝަނުން ހަމަޖައްސާފައި ވަނީ އީފާސް މެދުވެރިކޮށެވެ. އެހެންކަމުން، ތާއީދު ފޯމުގައި ސޮއިކުރާ މީހުން، އެ މީހުންގެ އީފާސް މެދުވެރިކޮށް އެކަން ކަށަވަރު ކުރަން ޖެހެ އެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ތައީދު ފޯމުގައި ސޮއިކުރި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އަށް ބުނީ އެ ރަށު ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެއްގެ ތައީދު ފޯމުގައި އޭނާ ސޮއިކުރިތާ މާގިނައިރުތަކެއް ނުވަނީސް އެ ރަށުގައި ޕީއެންސީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ ބައެއްގެ ފޯނު ކޯލެއް ލިބުނު ކަމަށެވެ.

"ސޮއިކުރިތާ މާ ގިނައިރެއް ނުވާނެ، އެ ގުޅީ ޕީއެންސީން އަހަންނަށް، އިލެކްޝަނުން އެ މައުލޫމާތު ނުދެންޏާ ކިހިނެއް އެ މީހުންނަށް އެނގޭނީ އަހަރެން ސޮއިކުރި ކަމެއް؟ އަހަރެންގެ އީފާހުން ލޮގިންވެފައި ދޯ ކުރާނީ؟ އެހެން މީހަކަށް އެކަމެއް ނޭނގޭނެ،" އޭނާ ބުންޏެވެ،

"ސީދާ އިލެކްޝަނުން އެ އޮތީ އެ މައުލޫމާތު ދީފައި، އެހެން ނޫނީ އެ މީހުންނަކަށް ނޭނގޭނެ."

އޭނާގެ އިތުރުން ވެސް ބައެއް މީހުން ވަނީ އެ ޝަކުވާ ކޮށްފަ އެވެ. އޭގެއިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ބައެއް މީހުންނަށް ސަރުކާރު ކުންފުނިތަކުން ބޮޑެތި ވަޒީފާ ހަމަޖައްސައިދެމުންދާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އެގޮތުން، ބައެއް ރަށްރަށުގެ ކައުންސިލް މަގާމުތައް މިހާރު ވެސް ފުރުއްވަމުން ގެންދަވާ ބައެއް ބޭފުޅުންނަށް ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ހުށަހަޅާފައިވާ ކަމަށް އެ ރަށްރަށުގެ މީހުން މި ނޫހަށް މައުލޫމާތު ދިނެވެ. އެ ހުށަހެޅުން ހުށަހަޅަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރުމަށް ޝަރުތު ކުރުމަށްފަހު ކަމަށް ވެސް އެ މީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox