ސަރުކާރުން ދިން އުއްމީދުތަކާއެކު ހަތް ދުވަސްފަހުން މަސްވެރިންގެ އިހުތިޖާޖު ނިންމާލައިފި

ކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖައި މާލެ ސަރަހައްދުގައި އަޑު އުފުލަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖައި މާލެ ސަރަހައްދުގައި އަޑު އުފުލަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ އިހުތިޖާޖު، ހަތް ދުވަސްފަހުން މިއަދު ނިންމާލައިފި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސެއިން ނަޝީދު އަދަދު އަށް ވިދާޅުވީ މަސްވެރިންގެ މުޒާހަރާ ނިންމައިލީ މިދިޔަ ހޯމަ ދުވަހު ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ހުށަހެޅި ކަންކަމަށް ސަރުކާރުން އިޖާބަދޭން ތައްޔާރަށް ތިބުމުން ކަމަށެވެ.

"އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ރެއިން ފެށިގެން އެ ދަނީ ދޫކުރަމުން، މިހާރު އޮޑިތައް އެ ފުރަނީ މަހަށް ދާން، ދެން އެއީ ވަރަށް ބޮޑު ސެޓްއަޕެއްތާ [މިފްކޯއަށް] ކަންނެލި ކިރަން ފެށުމުގެ މަސައްކަތަކީ، އެކަމުގެ މަޝްވަރާތައް ހަމަ ޕްރައިއޮރިޓީ ދީގެން ކުރިއަށް ގެންދާ ވާހަކަ ބުނެފައި އޮތީ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމަ ދުވަހު ފިޝަރީޒް މިނިސްޓަރާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަސްވެރިންގެ ފަރާތުން ހުށަހެޅި ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި މަސްވެރިންގެ ފަރާތުން ޖުމުލަ ހަ ކަމެއް ސަރުކާރަށް ހުށަހެޅި އެވެ. އޭގެ ތަފުސީލު މަސްވެރިން ނުދިން ނަމަވެސް، އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލުން އެއީ އޭގެތެރެއިން އެންމެ ބޮޑު އެއް ޑިމާންޑު ކަމަށް މަސްވެރިން އެ ދުވަހު ބުންޏެވެ.

"މި ވަގުތަށް އަޅުގަނޑުމެންގެ އޮތް އެންމެ ބޮޑު ޑިމާންޑަކީ ހައްޔަރުގައި އެ ތިބަ މީހުން، އެހެންވީމާ ހައްޔަރީން ދޫކޮށްލުމަށްފަހު ދެން 2 ވީކްސް ތެރޭގައި ދެން މިހުރި އެއްޗެއްސަށް [ޑިމާންޑުތަކަށް] ގޮތެއް ނިންމާނީ، އެކަމަކު ހަމަ ގައިމުވެސް އިހުތިޖާޖު ކުރިއަށް ދާނެ އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ދެ ކެޔޮޅުން ލިބެންދެން،" ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން މަސްވެރިޔަކު ބުންޏެވެ.

މަސްވެރިންގެ އެ ޑިމާންޑާ އެއްގޮތަށް އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ހުރިހާ ދިވެހިން ދޫކޮށްލިކަން ބީކޭއެމްޔޫއިން ވަނީ އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ. ބައެއް ބިދޭސީން ވެސް އިމިގްރޭޝަންގެ ބަންދުން ދޫކޮށްލާފައިވާއިރު މިހާރު ދޫނުކުރަނީ ބައެއް ލިޔެކިޔުންތައް ކަށަވަރު ނުކުރެވޭ ބިދޭސީން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ދިން އުއްމީދުތަކާއެކު އިހުތިޖާޖު ނިންމައިލި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މަސްވެރިން އަމަލު ކުރާނެ ގޮތެއް މިއަދު ނުވަތަ މާދަމާ ނިންމާނެ ކަމަށެވެ.

"މިއަދު ނޫނީ މާދަމާ އަޅުގަނޑުމެން ބާއްވާނަން ހިންގާ ކޮމިޓީގެ ބައްދަލުވުމެއް. އެ ބައްދަލުވުމަށްފަހު ވަކި ގޮތެއް އަޅުގަނޑުމެން ނިންމާނީ، [ސަރުކާރުން ދިން އުއްމީދުތަކާ އެއްގޮތަށް ވައުދުތައް ފުއްދައިދޭތޯ ބަލާނެ އެންމެ ފަހުގެ] ވަކި ތާރީހެއް އަޅުގަނޑުމެން ކަނޑައަޅާނަން،" ނަޝީދު ވިދާޅުވި އެވެ.

ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލައި އިހުތިޖާޖު ކުރަން ފެށީ ޑިސެމްބަރު 10، ގަ އެވެ. އެ ދުވަހު މަސްވެރިންގެ އިހުތިޖާޖު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ހުޅުމާލެ ފަޅުގަ އެވެ.

ނަމަވެސް، އެ އިހުތިޖާޖަށް ސަރުކާރުން އެއްވެސް އިޖާބައެއް ނުދިނުމުން މަސްވެރިން ވަނީ ކަނޑުމައްޗަށް ނުކުމެ މާލެ ކައިރިއަށް އައިސް އަޑު އުފުލައިފަ އެވެ. އެ ރޭ މަސްވެރިން ތިބީ މާލެއާ ދިމާ ބޭރުގައި ދޯނިފަހަރު އަޅައިގެންނެވެ. މާލޭ ބޭރުގައި އެ ރޭ 55 ދޯނި އިހުތިޖާޖުގައި އޮތެވެ.

ޖެހިގެން އައި ދުވަހު އަނެއްކާ ވެސް މާލެ ކައިރީގައި އިހުތިޖާޖު ކުރަން ފެށުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ކޯޓު އަމުރެއް ވެސް ނެތި ދޯނިފަހަރަށް އަރައި މީހުން ހައްޔަރުކޮށްފަ އެވެ.

އެ ދުވަހު ހައްޔަކުރި މީހުންގެ ތެރޭގައި ހިމެނެނީ ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) ގެ ނައިބު ރައީސް މުހައްމަދު ސޯދިގުގެ އިތުރުން ދެ ކެޔޮޅުން ކަމަށްވާ މުހައްމަދު މުސްތަފާ އާއި އަބްދުއްލަތީފު އަހުމަދު އެވެ.

ބާސިރު މިއާ، ރިއާޒުއްދީން، ގޮލަމް ސަރޮވާރު އަދި މުހައްމަދު މިޓޫ ގެންދިޔައީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށެވެ. އެއީ އެ ދޯނިތަކުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އެ މީހުން ހައްޔަރުކުރީ މުޒާހަރާގައި ބިދޭސީންނަށް ބައިވެރިނުވެވޭނެ ކަމަށް ބުނެ އެވެ.

އޭގެ ތެރެއިން މައުރޫފް ކުއްލި އޮޕަރޭޝަނެއް ކުރުމަށް ބަންދުން ދޫކުރީ ޑިސެމްބަރު 13، ގަ އެވެ.

އިހުތިޖާޖުގެ ބައިވެރިން ފުލުހުންގެ ބަންދުން ދޫކޮށްލާފައި މިވަނީ އެ މީހުން ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްްތަކާއި، އދ. ގެ އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ހާއްސަ މަންދޫބު ޖީނާ ރޮމޭރޯ އާއި، އިދިކޮޅު އެމްޑީޕީ އާއި ބައެއް ސިޔާސީ ލީޑަރުން ގޮވާލައިފައި ވަނިކޮށެވެ.

މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ކުރީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

މަސްވެރިން ކުރަމުންދާ ޑިމާންޑުތަކާމެދު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން ވެލާނާގޭގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ދެއްވި ކަމަށް މަސްވެރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox