މުއިއްޒުގެ ރުޅިވެރިކަން އަސްމާއަށް؛ ކޮމިޓީތަކުން ވަކިކޮށް، ޔޫކޭގެ ދަތުރު ވެސް ކެންސަލް ކޮށްފި

ރައީސް މުއިއްޒު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ

ރައީސް މުއިއްޒު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ

ރައީސް މުހައްމަދު މުއިއްޒު މާފަންނު އަވަށުގެ ރައްޔިތުންނާއެކު އަންނަ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި، މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް، އެ ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) މެސެޖު ކުރެއްވުމުން، މުއިއްޒު އެކަމާ ކޯފާ އިސްކުރައްވައި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުން އަސްމާ ވަކިކޮށްފި އެވެ.

އޭގެ އިތުރުން، އަންނަ ހަފުތާގައި އަސްމާ އިނގިރޭސި ވިލާތަށް ކުރައްވަން ނިންމާފައި އޮތް މަޖިލީހުގެ ދަތުރެއް ވެސް މުއިއްޒު އަންގަވައިގެން ވަނީ ކެންސަލްކޮށްފަ އެވެ.

އަސްމާއަށް އަށް މި ފިޔަވަޅުތައް އެޅިކަން އޭނާގެ އަރިސް ބައެއް ބޭފުޅުން އަދަދު ނޫހަށް ކަށަވަރުކޮށް ދިނެވެ.

މި ނޫހާ ވާހަކަ ދެއްކި މީހުން ވިދާޅުވީ ރައްޔިތުންގެ ވީހާވެސް ގިނަ ހިޔާލެއް މުއިއްޒުގެ އަރިހަށް ގެންދިޔުމުގެ މަގުސަދުގައި އަސްމާ ކުރެއްވި ކަމަކާމެދު އާންމު ރައްޔިތުންގެ މެދުގައި ބަހުސް އުފެދުމުން، އެކަމާ ކޯފާ އިސްކުރައްވައި ފިޔަވަޅު އެޅުއްވީ އިންސާފުން ނޫން ކަމަށެވެ.

"މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޣައްރިރު ކަމުން، ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން އަސްމައްތަ ވަނީ ވަކިކޮށްފައި. އަދި މާދަމާ ނޫން އަނެއް ދުވަހު އިނގިރޭސި ވިލާތަށް ކުރައްވަން ނިންމާފައި އޮތް ދަތުރު ވެސް ކެންސަލްކޮށްފި،" މި ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

ފޮނުވި މެސެޖުގެ ސަބަބުން މުއިއްޒު އަސްމާ ދެކެ އިންތިހާއަށް ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށާއި އެހެންވެ ދާއިރާގެ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދުމަށް ސީދާ މުއިއްޒު އެންގެވި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުންޏެވެ.

"މިއީ ވަރަށް ދެރަވަރު. އަސްމައްތަ ކުރެއްވި މެސެޖަކީ މިވަރުގެ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ނޫން. އަދި ރައީސް މުއިއްޒު އެވަރަށް ކޯފާ ވެސް އިސްކުރައްވަންޖެހޭ ކަމެއް ނޫން،" ޕީއެންސީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ މީހަކު ބުންޏެވެ.

"މުއިއްޒުގެ މާމާފުޅާ އެއް އުމުރެއްގެ ބޭފުޅެއް އަސްމާއްތައަކީ. އެކަމަކު މިވަރުގެ ކުޑަ ކަމެއްގައި އެއްވެސް އިހުތިރާމެއް ނެތި އަސްމައްތަ ފަލީހަތްކޮށްލީ، ފިޔަވަޅު އެޅީ."

މިކަމާ ގުޅޭ ގޮތުން އަސްމާގެ ބަހެއް ނުލިބުނެވެ.

ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ ރައީސް އެވަރަށް ކޯފާ އިސްކުރެއްވީ އަސްމާގެ މެސެޖުގެ ސަބަބުން އެ މަނިކުފާނު ބޮލުގައި ބަދުނާމެއް އެޅިއްޖެ ކަމަށް ގަބޫލު ކުރެއްވިގެން ކަމަށެވެ.

މުއިއްޒު މާލޭގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ވަކިވަކިން ބާއްވާ ބައްދަލުވުންތަކުގައި ސުވާލުކުރާ މީހުން ދުރާލައި ނޯޓުކުރަން އުޅޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކަން ދޮގުކުރައްވާ ވިދާޅުވީ މިނިވަންކަމާއެކު ބައްދަލުވުންތަކުގައި ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސްގެ ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ. އަދި ކުރީ ބައިގައި ސުވާލު ހުށަހަޅަންޖެހޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްމާ ވެސް މިއަދު ވިދާޅުވީ މާފަންނު ރައްޔިތުންނާ މުހައްމަދު މުއިއްޒު ބައްދަލުކުރައްވާއިރު ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ ކަމަށެވެ. މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 4، ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.

އެންމެ ފަހުން ބައްދަލު ކުރެއްވީ މައްޗަންގޮޅީ ރައްޔިތުންނާއެވެ. އެ ބައްދަލުވުމުގައި މުއިއްޒަށް ފާޑުކިޔުމާއި، ޖަވާބު ނުދެއްވުނު ގިނަ ސުވާލުތަކެއް ރައްޔިތުން ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox