ރައީސް މުއިއްޒުގެ އާއިލާގެ ވަކީލު އާޒިމާއަށް ފުލުހުން ސެކިއުރިޓީ ދެނީ

ރައީސް މުއިއްޒު (ކ) އެމަނިކުފާނުގެ އާއިލާގެ ވަކީލު އާޒިމާ (ވ) އާއެކު : އާޒިމާއަށް ފުލުހުން ގެންދަނީ ހާއްސަ ސެކިއުރިޓީއެއް ދެމުން --- ފޮޓޯ: އަދަދު

ރައީސް މުއިއްޒު (ކ) އެމަނިކުފާނުގެ އާއިލާގެ ވަކީލު އާޒިމާ (ވ) އާއެކު : އާޒިމާއަށް ފުލުހުން ގެންދަނީ ހާއްސަ ސެކިއުރިޓީއެއް ދެމުން --- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ އާއިލާގެ ވަކީލުގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ފުލުހުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

އަދަދު ނޫހުން އާޒިމާއަށް ގުޅުމުން އޭނާ ވަނީ ފުލުހުން ސެކިއުރިޓީ ދޭ ކަން ކަށަވަރުކޮށްދީފަ އެވެ. ރައީސްގެ އާއިލާގެ ވަކީލެއްގެ ގޮތުގައި އާޒިމާ ހަރަކާތްތެރިވާން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.

"އަޅުގަނޑު ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އެސެސްމަންޓު ހެދުމަށްފަހު، ފުލުހުން ނިންމާފައިވާ ގޮތަށް ސެކިއުރިޓީ ލިބެމުންދޭ،" އާޒިމާ ވިދާޅުވި އެވެ.

Advertisement

އެއީ ކޮން މައްސަލައެއްތޯ އެހުމުން އާޒިމާ ވަނީ އެ ތަފުސީލުތައް ހާމަކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ.

އާޒިމާ ދަނީ ރައީސް މުއިއްޒުގެ ދަރިކަލަކާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ވާހަކަ ދެެއްކި ކަމަށް ބުނެ އެ ޕާޓީ އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި ރައީސްގެ އާއިލާ ތަމްސީލު ކުރައްވަމުންނެވެ.

ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގައި އެ ދައުވާތައް އުފުލީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. މީގެތެރެއިން މަންދީގެ މައްޗަށް ފެމިލީ ކޯޓުގައި ކުރި ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.

މި މައްސަލާގައި ދައުވާ ކުރަން ނިންމިކަން އިއުލާނުކުރީ ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އާޒިމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox