ޝަހީމްގެ ޕޯސްޓު ޑިލީޓު، ދެން އެ ވާހަކަ ޕޯސްޓު ކުރެއްވީ ރައީސް

ޝަހީމްގެ ޕޯސްޓު ޑިލީޓު، ދެން އެ ވާހަކަ ޕޯސްޓު ކުރެއްވީ ރައީސް

މި އަހަރުގެ ހައްޖު ކިޔޫގައި ތިބި އެންމެންނަށް ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓު ޑިލީޓުކޮށް، ހަމަ އެ ވާހަކަ ފިލިން ފިއްޔަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ. އަދި މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރުގެ ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" ރޭ މެންދަމު 1:59 ގައި އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ދޭން ކަނޑައަޅާފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ ވާހަކަ އަކީ ކުރިން ވެސް ހާމަކޮށް، ބާވެފައިވާ ވާހަކަ އެވެ.

ނަމަވެސް ރޭ މި ވާހަކަ ފުރަތަމަ ޕޯސްޓު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އެވެ. އެ ޕޯސްޓު ފަހުން ޑިލީޓުކުރެއްވި އެވެ.

އެއަށް ފަހު ޝަހީމް ކުރެއްވި ޕޯސްޓުގައިވާ އިބާރާތުގެ އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެންނަވައި ރައީސް މުއިއްޒު ޕޯސްޓުކުރެއްވި އެވެ.

ކިޔޫގައި ތިބި މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ގެންދިޔުމަށް ކަނޑައަޅާފައި ވަނީ 850 މީހުންނެވެ. އެ އެންމެންނަށް ހައްޖަށް ދެވޭނެ ކަމަށް ޝަހީމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައިވެ އެވެ. އެހެން ވިދާޅުވީ ހައްޖަށް ދާން ލިސްޓުގެ ކިޔޫގައި ތިބި ބައެއް މީހުން ކިޔޫގެ ފަހަތަށް ޖެހިފައިވާ ކަމަށް ބުނެ ޝަކުވާ ބޮޑުވެގެން ދިޔުމުންނެވެ.

ބާ ވާހަކައެއްގެ މައްޗަށް ރައީސް ކުރެއްވި ޕޯސްޓަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ކުރެއްވި ކޮމެންޓުގައި ވިދާޅުވީ "ٱلْحَمْدُ لِلَّٰهِ, ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމަކީ ހައްޖު ކިޔޫގައި ތިބި ފަރާތްތަކަށް ލިބިގެންދިޔަ އުފާވެރި ހަބަރެއް" ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ހައްޖު ކިޔޫގައި 6000 މީހުން ތިބިއިރު، 4706 މީހުން ފައިސާ އެއްކޮށް ދައްކާފައިވާ ކަމަށް، ޑިސެމްބަރު 2023 ގައި ރައީސް އޮފީހުން ބުނެފައިވެ އެވެ. އެއަށް ފަހު ވޭތުވެދިޔަ ދޮޅު އަހަރު ތެރޭގައި 3000 އަށް ވުރެ ގިނަ މީހުން ލިސްޓަށް އިތުރުވެފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އުސޫލު އޮންނަ ގޮތުން ކިޔޫ ލިސްޓުގައި ނަން ހިމަނަނީ ހައްޖަށް ދާން ދައްކަންޖެހޭ ޖުމުލަ ފައިސާގެ 75 ޕަސެންޓު ދެއްކުމުންނެވެ.

ރާއްޖޭން ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ސައުދީ ސަރުކާރުން އާންމުކޮށް ދެނީ 1000 މީހުންގެ ޖާގަ އެވެ. ހައްޖު ކިޔޫގައި މިހާރު 9100 އަށް ވުރެ ގިނަ މީހުން ތިބިއިރު، ހައްޖު ކޯޓާ އިތުރުކުރަން މި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އަދި ކާމިޔާބެއް ނުވެ އެވެ.

ހައްޖު ކިޔޫއިން މި އަހަރު 850 މީހުންނަށް ފުރުސަތު ދޭއިރު، މިދިޔަ އަހަރު ވެސް ފުރަތަމަ ލަފާކުރީ އެ އަދަދަށް މީހުން ހައްޖަށް ގެންދިޔުމަށެވެ. ނަމަވެސް މިދިޔަ އަހަރު ހައްޖު ކިޔޫއިން ގެންދިޔައީ 714 މީހުންނެވެ. ކިޔޫގައި ހިމެނުމަށް ފަހު މިދިޔަ އަހަރު ހައްޖަށް ނުދެވުނު 136 މީހުން މި އަހަރުގެ ލިސްޓުގައި ހިމަނާނެ ކަމަށް ޝަކީލް އޮތީ ވިދާޅުފަ އެވެ.

ހައްޖު ކިޔޫގައި ހިމެނޭ މީހުންގެ އިތުރުން އެހެން ބައެެއް ދާއިރާތަކަށާއި ސަރުކާރުން ބޭނުންވާ ބަޔަކަށް ފުރުސަތު ދޭން ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ޖާގަތައް ރިޒާވް ކުރެ އެވެ.

އަލަށް ހައްޖަށް ދާ މީހުންނަށް ފުރުސަތު ފަހިވާ ގޮތަށް އާ އުސޫލެއް މާޗު 18 ގައި ނެރެފައިވެ އެވެ. އެ އުސޫލުގެ ދަށުން ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އަލުން ފުރުސަތެއް ދެވޭނީ، ހިޖުރީ ސަނަތުން ފަސް އަހަރަށް ފަހު އެވެ.

ހައްޖު ކިޔޫ ދިގުވެގެން ދިޔައީ ކޮވިޑާ ގުޅިގެންނެވެ. ކޮވިޑަށް ފަހު ފުރަތަމަ ރާއްޖޭން ހައްޖަށް މީހުން ފޮނުވީ 2022 ގަ އެވެ. އެ އަހަރު ވެސް ލިބުނީ 400 ކޯޓާ އެވެ. ކޮވިޑުގެ ކުރިން ލިބޭ މިންވަރަށް 1000 ކޯޓާ އަލުން ލިބެން ފެށީ 2023 އިން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox