ހިތްމިޔަ ފަޅުގެ އަގަކީ 38 މިލިއަން ޑޮލަރު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ދޭން ނިންމާފައިވާ މާލެ އަތޮޅު ހިތްމިޔަ ފަޅުގެ އަސްލު އަގަކީ 38.6 މިލިއަން ޑޮލަރުކަން އެނގިއްޖެ އެވެ.

އިތުބާރުހުރި މަސްދަރަކުން އަދަދު ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަޅުތަކާއި ބިންތައް ކުއްޔަށް ދިނުމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ހިސާބުކުރުމުން ހިތްމިޔަ ފަޅަށް ޖެހޭ އަންދާސީ އަގަކީ 38,650,000 ޑޮލަރެވެ.

މިއީ މާލެ އަތޮޅުގެ ފަޅުތައް ކުއްޔަށް ދިނުމުގައި ހެކްޓަރަކަށް ޖެހޭ އަގުގެ އިތުރުން ލޮކޭޝަން ޕްރިމިއަމްގެ ގޮތުގައި ނަގާ ފައިސާ އެއްކުރުމުން ޖެހޭނެ ކަމަށް ލަފާކުރާ އަދަދެވެ.

ހިތްމިޔަ ފަޅުގެ އަސްލު އަގު 38 މިލިއަން ޑޮލަރުގައި ހިސާބުކުރެވޭއިރު, މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން ވަނީ ފަޅުގެ އަސްލު އަގަށް ވުރެ ކުޑަކޮށް މި ފަޅު ބަޔަކަށް ދޭން ނިންމާފަ އެވެ. އެއީ ހުކުރު ދުވަހު ރައީސް ނެރުއްވި ގަރާރުގެ ދަށުން 15 މިލިއަން ޑޮލަރު އިންވެސްޓުކުރާ ބަޔަކަށެވެ.

ކްރޮސް ސަބްސިޑީ އުސޫލު އޮންނަ ގޮތުން ސީދާ ފައިސާ އިންވެސްޓުކުރާކަށް ވެސް ނުޖެހެ އެވެ. ސަރުކާރުން ބުނާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ ގޮތަށް ވެސް މި އުސޫލުގެ ދަށުން ފަޅުތަކާއި ރަށްތައް ދޫކުރެވެ އެވެ.

އެހެންކަމުން މި މަޝްރޫއުގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުމެއް ހިސާބުކުރެވޭނީ މި މަޝްރޫއަށް އިންވެސްޓްކުރާ އަދަދެއް ސާފުވުމުންނެވެ. ނަމަވެސް ގައުމީ ސަލަމަތާ ގުޅޭ މަޝްރޫއެއްކަމުން މިކަމަށް އިންވެސްޓްކުރާ ފައިސާގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކެއް ހިންގަން ބޮޑު އިންވެސްޓްމަންޓެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފައި މިވަނީ ދިވެހި އަސްކަރިއްޔާއަށް މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ފެތެރިފައިވަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާ ގޮތުން ދިވެހި ސަރުކާރުން ސާފޭސް-ޓު-އެއާ މިސައިލްތަކަކާއި އެ ތަކެތި ހަރުކުރެވޭ ފެންވަރުގެ މަނަވަރެއް ގަންނަނީ ތުރުކީގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށެވެ.

މި ސަރުކާރުން ޑްރޯންތައް ގަތީ ވެސް ތުރުކީގެ ކުންފުންޏަކުންނެވެ. އެ ޑްރޯންތައް ގަންނަން 37 މިލިއަން ޑޮލަރު ހަރަދުކުރިކަން އެކި މަސްދަރުތަކުން ޔަގީންވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ޑްރޯންތައް ގަންނަން ކުރި ހަރަދު ހާމަކުރަން ދެކޮޅުހަދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox