Advertisement

ޓޫރިޒަމުން ސަސްޕެންޑުކުރި ނިހާދު ފިނޭންސުގެ ސްޓޭޓަކަށް

27 ޖަނަވަރީ 2025 - 04:15 1

އަމަން ހަލީމް

އ

Advertisement

ފިނޭންސް މިނިސްޓްރީގެ ސްޓޭޓަކަށް ހަމަޖެއްސި މުހައްމަދު ނިހާދު: އޭނާ މި ސަރުކާރާ ގުޅުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ޓޫރިޒަމުން ސަސްޕެންޑުކުރި ނިހާދު ފިނޭންސުގެ ސްޓޭޓަކަށް

27 ޖަނަވަރީ 2025 - 04:15 1

Advertisement

Advertisement

އިދިކޮޅު އެމްޑީޕީން ޓޫރިޒަމް ސިނާއަތް ފުނޑާލަން ރިސޯޓުތަކަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކުރުމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުން ސަސްޕެންޑުކުރި މުހައްމަދު ނިހާދަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު ނިހާދު މި ތުހުމަތުތައް ކުރެއްވީ ޕީއެންސީގެ ޖަލްސާއެއްގައި މިދިޔަ މަހު ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ދެ މިލިއަން ވަނަ ޓޫރިސްޓު އަންނަން އުޅޭ ދަނޑިވަޅާ ދިމާކޮށް އެމްޑީޕީން އެފަދަ ހަމަލާއެއް ރާވަމުންދާ ކަމަށެވެ.

Advertisement

ނިހާދުގެ މި ވާހަކަތަކާ ގުޅިގެން ޕީއެންސީން ވަނީ ބަޔާނެއް ނެރެ, ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީއަކުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.

ޓެރަރިސްޓު ހަމަލާ ދޭން އުޅޭ ކަމަށް ބުނި ނިހާދު ސަސްޕެންޑުކޮށްފި

ސަރުކާރުން މި ކަމުގައި ވަކި އެއްޗެއް މިހާތަނަށް ހާމަނުކުރި ނަމަވެސް "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ނިހާދު ވަނީ ސަސްޕެންޑުކޮށްފައި.

ޓެރަރިސްޓު ހަމަލާ ދޭން އުޅޭ ކަމަށް ބުނި ނިހާދު ސަސްޕެންޑުކޮށްފި

ސަރުކާރުން މި ކަމުގައި ވަކި އެއްޗެއް މިހާތަނަށް ހާމަނުކުރި ނަމަވެސް "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ނިހާދު ވަނީ ސަސްޕެންޑުކޮށްފައި.

Advertisement

ސަސްޕެންޝަނުގައި ހުރި ނިހާދަށް ފިނޭންސް މިނިސްޓްރީން މަގާމެއް ދީފައިވާކަން "އަދަދު" ނޫހަށް ކަށަވަރުވެފައިވެ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަވަމުން ފައްޓަވާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

ނިހާދު މި ސަރުކާރާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ އެމްޑީޕީގަ އެވެ. އެމްޑީޕީގައި ހުންނަވައިގެން އޭނާ ވަނީ ޕީޕީއެމް/ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ހޯދައިދޭން އެންމެ ގަދަޔަށް މަސައްކަތް ކުރި މީހުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން, އޭނާ ވަނީ އެމްޑީޕީއާ ފެޔަށް ޖެހިވަޑައިގެންފަ އެވެ. އޭނާއަކީ އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ސޮއިކުރި 13 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.