ދިވެހި ސީރީޒް "ހިންތާ" މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރަނީ

ހިންތާ ސީރީޒްގެ ޕްރޮމޯޝަނަލް ފޮޓޯ: ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު

ހިންތާ ސީރީޒްގެ ޕްރޮމޯޝަނަލް ފޮޓޯ: ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު

ދިވެހި ސީރީޒް "ހިންތާ" އަންނަ ބުރާސްފަތި ދުވަހު މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތަށް ރިލީޒް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ރާޒުވާ ކުޅިގަނޑަކާއި، ލިޔެކިޔުންތަކަކާއި، ދަންފުޅިއަކާއި ސިއްކައެއް މި ޓީޒާ އިން ފެނިގެންދާ ހިންތާގެ ޓީޒާ ނޮވެމްބަރު 23، ގައި މީސް މީޑިއާއަށް ދޫކޮށްލުމުން ސީރީޒްގައި ވާނުވާ ނޭގުނަސް ގިނަ ބައެއްގެ ޝައުގުވެރިކަން އެ ސީރީޒްއަށް އުފެދިގެން ގޮސްފައިވެ އެވެ.

ޓީޒާއަށް ފަހު، ސީރީޒްގެ ބައެއް މަންޒަރުތައް ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، އިއްޔެ ވަނީ ސީރީޒްގެ ޓްރެއިލާ ވެސް އާންމުކޮށްފަ އެވެ.

Advertisement

ކޯޕަރޭޓް ތްރިލާ އެއްކަމަށްވާ، އެ ސީރީޒްގައި ފެނިގެންދަނީ ޔުމްނާ އާއި ޝިޔާޒްގެ ވާހަކައެވެ. ކާމިޔާބު ދެ ވިޔަފާރިވެރިންނެވެ. އުފާވެރި ކައިވެންޏެއްގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ.

ވިޔަފާރީގެ މާހައުލުގައި ދިމާވާ ހާދިސާތަކާ އެކު އެ ދެމަފިރިންގެ ކައިވެނީގެ ހަޔާތުގައި ދިމާވާ ތަފާތު އެކިއެކި ކަންކަން އެ ސީރީޒްގައި ފެނިގެންދެ އެވެ.

ހިންތާ ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ ޔުމްނާގެ ރޯލުން އާއިޝަތު ރާއިޝާ އަދި ޝިޔާޒްގެ ރޯލުން ސާމީ ހުސެއިން އެވެ. މިއީ ރާއިޝާ (ރާއި) ވީޑިއޯކްލަބްގެ ސީރީޒްއަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ސީރީޒްގައި ޝިޔާޒްގެ ރޯލުން ފެނިގެންދާ ސާމީ، ލީޑް ރޯލަކުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސާމީ ކުޅެފައިވާ ރޯލުތަކާއި ހިލާފަށް މި ސީރީޒްގައި ސާމިގެ އެކްޓިންގްގެ މޮޅުކަން ޓްރެއިލާ ބަލާލުމުންވެސް ފެނިގެންދެ އެވެ.

މީގެ އިތުރުން ފިލްމީ ދާއިރާގައި މަޝްހޫރު ނަންތައް ކަމުގައިވާ ހަސަން މަނިކު، މުހައްމަދު މަނިކު، އިފްނާޒް ފިރާގް، ރަޝްފާ ފާރޫގް އަދި ތާތި އާދަމް ވެސް އެކި ރޯލުތަކުން ފެނިގެންދާނެ އެވެ.

ޖުމްލަ 10 އެޕިސޯޑްގެ މައްޗަށް އެކުލެވޭ އެ ސީރީޒް މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ބެލޭނެ އެވެ. އަދި އެމްއެސް ގްލޯބަލް އާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި އުޅޭ މީހުންނަށް ވެސް އެ ސީރީޒް ބެލޭނެ އެވެ.

އެމް އޮރިޖިނަލްސް ބޭނާގެ ދަށުން ތައްޔާރުކުރާ މި ސީރީޒްއަކީ "އެއްކާފް" ގެ ޕްރޮޑަކްޝަނެކެވެ. ވީޑިއޯކްލަބުން ފެނިގެންދިޔަ ކާމިޔާބު އަދި މަގްބޫލު ސީރީޒް "ގަރީނާ" އަދި ފިލްމު "މަރިޔަމް" އަކީ އެއްކާފްގެ ޕްރޮޑަކްޝަނެކެވެ.

ހިންތާ ސީރީޒް ޑައިރެކްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ފާރޫގު ކަމަށްވާއިރު، އަޒްހަރުގެ ރޯލުން އޭނާ އެ ސީރީޒުން ފެނިގެންދެ އެވެ. މިއީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރާ ސީރީޒްއެއްގައި ރަވީގެ ފުރަތަމަ ޑައިރެކްޝަނެވެ.

މި ސީރީޒްގެ ވާހަކަ ތައްޔާރުކޮށްފައިވަނީ "މަރިޔަމް"، "ގަރީނާ"، "ބީވީމާ" ފަދަ ފުރިހަމަ ސްކްރީންޕްލޭތައް ލިޔެފައިވާ މޮޅު ލިޔުންތެރިޔާ އަހްމަދު ޒަރީރު އެވެ.

"ރޯލީމޭ" ސީރީޒްއާއެކު 2024 ވަނަ އަހަރު ނިންމާލުމަށްފަހު 2025 ވަނަ އަހަރު ވީޑިއޯކްލަބްއިން ގެނެސްދޭ ފުރަތަމަ ސީރީޒްއަކަށް ވެގެންދާނީ "ހިންތާ" އެވެ.

މި އަހަރު މުޅިން އާ ދިވެހި ފިލްމާއި ޑްރާމާ އަދި އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާނެޓުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox