Advertisement

ބްރެސްޓް ކެންސަރު އެވެއާނެސް މަހާ ގުޅިގެން އޭޑީކޭގައި ސްކްރީނިން ޑޭ އެއް ކުރިއަށް ގެންދަނީ

28 އޮކްޓޯބަރު 2024 - 15:36 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އޭޑީކޭ ހޮސްޕިޓަލް. ބްރެސްޓް ކެންސަރު އެވެއާނެސް މަހާއި ގުޅިގެން އޭޑިކޭ އިން ވަނީ ސްކްރީނިންގެ ޑޭ އެއް ކުރިއަށް ގެންދިއުމަށް ނިންމާފައި---ފޮޓޯ: ހުސައިން ވަހީދު


ބްރެސްޓް ކެންސަރު އެވެއާނެސް މަހާ ގުޅިގެން އޭޑީކޭގައި ސްކްރީނިން ޑޭ އެއް ކުރިއަށް ގެންދަނީ

28 އޮކްޓޯބަރު 2024 - 15:36 0

ބްރެސްޓް ކެންސާ އެވެއާނެސް މަހާ ގުޅިގެން ސްކްރީނިން ޑޭއެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ މި ސްކްރީނިންގެ ޑޭގައި ތަޖުރިބާކާރު މެޑިކަލް ޕްރޮފެޝަލުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭޑީކޭއިން ބުނެ އެވެ. އަދި އުރަމަތީގެ އެއްވެސް މައްސަލައެއް އުޅޭ ކަމަށް ފާހަގަ ކުރެވޭ ނަމަ ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭޑީކޭ އިން ބުންޏެވެ.

މީގެ އިތުރުން ރޭޑިއޮލޮޖިސްޓުންގެ ލަފާގެ މަތިން ޝަރުތު ހަމަވާ ފަރާތްތަކަށް އާސަންދަ މެދުވެރިކޮށް މެމޮގުރާމް އަދި ސްކޭން ހެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭޑީކޭ އިން ބުނެ އެވެ.

"ސްކްރީނިންގް ޑޭ" ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާގެ ހެނދުނު 9:00 އަކުން މެންދުރު 2:00 ގެ ނިޔަލަށެވެ.

ބްރެސްޓް ސްކްރީނިން ހެދުމަށް ނަން ނޯޓުކުރުމަށް އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން 1440 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އޭޑީކޭއިން އެދެ އެވެ. އަދި އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރައިގެން ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އޭޑިކޭ އިން ބުންޏެވެ.

ބްރެސްޓް ކެންސާ އެވެއާނެސް ސިމްޕޯސިއަމް މިމަހު 17، ގަ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިފްތިތާހު ކޮށްދެއްވައިފަ އެވެ. އެދުވަހު ވާހަކަ ދައްކަވަމުން ސާޖިދާ ވަނީ އުމުރުން 40 އަހަރުގެ މަތީގެ އަންހެނުން މެމޮގްރާމް ހެދުމަށް އިލްތިމާސް ކުރައްވައި، އެކަމަށް ބާރުއަޅުއްވައިފަ އެވެ.