މޯލްޑިވްސް ޕޯސްޓުގެ ވެރިންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފި

މޯލްޑިވްސް ޕޯސްޓް: އެ ކުންފުނީގެ ވެރިން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުން -- ފޮޓޯ: ޕޯސްޓް

މޯލްޑިވްސް ޕޯސްޓް: އެ ކުންފުނީގެ ވެރިން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުން -- ފޮޓޯ: ޕޯސްޓް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ސީނިއާ ފަސް މުވައްޒަފުން އެ ކުންފުނީގައި ހިންގާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ކޮރަޕްޝަންގެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރޭގައި ހިމެނެނީ އެ ކުންފުނީގެ އެމްޑީ އަހުމަތު ޝަފީގު، އެސިސްޓެންޓް އެމްޑީ އާމިނަތު ޝަރުމާ، އެގްޒެކެޓިވް ޑިރެކްޓަރު ފާތިމަތު ސީމާ، އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދު އަދި ޑިރެކްޓަރު އާމިނަތު ސުހާނާ އެވެ.

ކޮރަޕްޝަންގެ ހުރިހާ މައްސަލައެއް ހިމެނޭ ރިޕޯޓެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެ ރިޕޯޓުގެ ކޮޕީއެއް "އަދަދު" ނޫހަށް ވެސް ވަނީ ލިބިފަ އެވެ.

މިކަމާ ގުޅިގެން އޭސީސީގެ ބަހެއް ހޯދުމަށް ގުޅުމުން މިހާތަނަށް ވެސް ބަހެއް ލިބިފައެއް ނުވެ އެވެ.

ޕޯސްޓުގެ ވެރިންނަށް ތުހުމަތުކޮށްފައިވާ ކަންކަން:

ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި، މާކްޝީޓްތަކަށް ބަދަލުތައް ގެނެސް ބައެއް ވެރިންގެ މަސްލަހަތު ހުރި މުވައްޒަފުންނަށް ވަޒީފާ ދިނުން

  • އެމްޑީ އަހުމަތު ޝަފީގު "ބީ" ކެޓަގަރީ ކުންފުނިތަކުގެ ނިސްބަތުން މުސާރަ ނަގާ ކަމަށް ތުހުމަތު ކުރުން.
  • ވަކި މީހަކު ނެގުމަށް ކޮމްޕެނީ ސެކްރެޓަރީގެ މަގާމަށް އިއުލާން ކުރުން.
  • ދުރާލާ ރޭވިގެން އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދުއަށް ވަޒީފާ ދޭން އިއުލާން ކުރުން.
  • އެމްޑީ އަހުމަދު ޝަފީގުގެ ގާތް މުވައްޒަފުންނަށް އިންޓާނަލް ރެކްރޫޓްމަންޓްގެ ނަމުގައި ޕްރޮމޯޝަންތައް ދިނުން.
  • ބޯޑު ބައްދަލުވުންތައް ހުއްޓާލުމަށްފަހު، ކުންފުނީގެ މައްޗަށް އަހުމަދު ޝަފީގުގެ މަސްލަހަތު އިސްކުރުން.
  • ޕީސީބީގެ ސާކިއުލާއާ ހިލާފަށް މުވައްޒަފުން ނެގުމަށް އިއުލާން ކުރަމުން ދިޔުން.
  • އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދުގެ މަސްލަހަތަށް، ކުރާނެ މަސައްކަތެއް ނެތި މުވައްޒަފުންތަކެއް ނެގުން.
  • ބައެއް ވެރިންގެ މަސްލަހަތު އެކުލެވޭ ގޮތަށް ހާޒިރީއަށް ބަދަލު ގެނައުން.
  • ވަކި ބަޔަކަށް ވިޔަފާރި ކޮށްދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމު ކޮށްފައިވާ ޕޯސްޓް ޝޮޕްގައި މުދާ ބަހައްޓައިގެން ވިއްކައި ދިނުން.
  • މެއިލް އޮޕަރޭޝަން ޑިވިޝަންގެ މުވައްޒަފުން އޮފީހަށް ފޯނު ވެއްދުން މަނާ ކުރުން.
  • އަންދާސީ ހިސާބު ހޯދައިގެން ކުރެވޭ މަސައްކަތްތައް ވެސް ސިންގަލް ސޯސް ކޮށްގެން ކުރަން އިސްކަން ދިނުން.
  • އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަހުމަދުގެ ވިިޔަފާރީގެ މަސްލަހަތު ހިމެނޭ ގޮތަށް އީ-ޓުކުރި ޕްލަސްގެ ނަމުގައި ހިދުމަތެއް ތައާރަފް ކުރަން މަސައްކަތް ފެށުން.

ސަރުކާރުގެ އެކި ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނަގާ މައްސަލަ ފަހަކަށް އައިސް ބޮޑުވެފައިވާއިރު، މި ސަރުކާރުން މިހާތަނަށް ކުންފުނިތަކަށް 5،000 އެއްހާ މުވައްޒަފުން ވަނީ ނަގާފަ އެވެ. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި، ވަޒީފާއަށް މީހުން ނެގުމުގައި ގެންގުޅޭ ހަމަތަކާ ގުޅޭ ގޮތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޕީސީބީން ވެސް އަންނަނީ އެތަނުން ސަރުކާރުގެ ކުންފުނިތަކަށް އަންގާފައިވާ އެންގުންތަކަށް އަމަލު ކުރުމަށް ހަނދާން ކޮށްދީ، ހަރަދު ކުޑަ ކުރަން އިސްކަން ދިނުމަށާއި އަހަރީ އާންމު ޖަލްސާ ބޭއްވުމުގައި ވެސް އުސޫލުތަކަށް އަމަލު ކުރުމަށް އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox