Advertisement

މާލީ ބަގާވާތް: 15 ދުވަސް ވެގެން ދިޔައިރު ތުހުމަތު ކުރެވޭ މީހަކު ނެތް!

11 ސެޕްޓެންބަރު 2024 - 07:24 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ބީއެމްއެލްގެ މައި އިދާރާ.


މާލީ ބަގާވާތް: 15 ދުވަސް ވެގެން ދިޔައިރު ތުހުމަތު ކުރެވޭ މީހަކު ނެތް!

11 ސެޕްޓެންބަރު 2024 - 07:24 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަދައި، އެކަމުގެ ތަހުގީގު ފުލުހުން ފެށިތާ 15 ދުވަސް ވެގެން ދިޔައިރު، އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކޮށް ބަޔާނެއްގެ މިންވަރު ވެސް ނަގާފައިވާ ނުވާކަން އެނގިއްޖެ އެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ.

އެކަން އިއުލާނު ކުރުން އިއްތިފާގުވީ، ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ދިޔަ ވަގުތާ އެވެ.

އޭގެ ކުރިން ވެސް ސަރުކާރުގެ ވެރިން ދިޔައީ އެއީ ބަގާވާތެއް ކަމަށް ބުނަމުންނެވެ.

ޖިނާއީ ބޮޑު ތުހުމަތެއް ކުރިއިރު، ބޭންކު އޮފް މޯލްޑިވްސްގެ އެއްވެސް ވެރިޔަކާ އަދި އެމްޑީޕީގެ ވެރިޔަކާ މިހާތަނަށް ސުވާލެއްގެ މިންވަރު ވެސް ނުކުރެ އެވެ. އެކަން ބޭންކުގެ އޮފިޝަލަކު އަދި އެމްޑީޕީން ވެސް ކަށަވަރުކޮށް ދިނެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމަކް ރާއްޖޭން ބޭރުގައި ހުންނަވައި އިސްތިއުފާ ދެއްވިއިރު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ފުލުހުން ހޯދައިފައި ނެތެވެ. ތަހުގީގު ކުރިއަށް ދަނިކޮށް ކާލް ވަޑައިގަތީ އޭނާގެ އާއިލާ ދިރިއުޅެމުންދާ ދުބާއީ އަށެވެ. ތަހުގީގަށް ކާލްގެ ބަޔާނެއް ނެގިކަން މިހާތަނަށް އެނގިފައި ނުވެ އެވެ.

މިގޮތަށް ތަހުގީގު ދާއިރު، ބަގާވާތު މައްސަލަ ފުލުހުން ތަހުގީގުކުރާކަން އިއުލާނުކުރުމުގެ ކުރިން، ބޭންކް އޮފް މޯލްޑިވްސް އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާ ގުޅިގެން ބަގާވާތެއް ކުރަން އުޅުނު ކަމަށް ލިޔެއެކުލަވާލަން ސަރުކާރުން މަސައްކަތް ކުރި ކަމަށް އެކަމުގެ އިރުޝާދު ލިބުނު ބައެއް މީހުން އަދަދު ނޫހަށް ބުނެފައިވެ އެވެ.

ސަރުކާރާއި ފުލުހުން ބުނަމުންދާ މާލީ ބަގާވާތް އާންމުން ދެކެނީ ބޮޑު ޖޯކެއްގެ ގޮތުގަ އެވެ.

އިތުރަށް ކިޔާލުމަށް