Advertisement

ހުލާސާކޮށް އިއްޔެ: ބީއެމްއެލްގެ ސީއީއޯ ކާލް އިސްތިއުފާ ދެއްވުން

10 ސެޕްޓެންބަރު 2024 - 06:20 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ބީއެމްއެލްގެ އިވެންޓެއްގައި ކާލް ވާހަކަ ދައްކަވަނީ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ އޮކްޓޯބަރު 2022, ގައި --- ފޮޓޯ: އަދަދު ފައިލް


ހުލާސާކޮށް އިއްޔެ: ބީއެމްއެލްގެ ސީއީއޯ ކާލް އިސްތިއުފާ ދެއްވުން

10 ސެޕްޓެންބަރު 2024 - 06:20 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ކަމަށް ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކުރި ދެންނެވުމެއްގައި ބުނެފައިވެ އެވެ. އޭގެ އިތުރުން, ސެޕްޓެމްބަރު 21, ގައި އޮންނަ ބީއެމްއެލްގެ ހާއްސަ ގޮތުން ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށް ސީއީއޯގެ މަގާމުގައި ކާލް ހުންނަވާނެ ކަމަށް ބޭންކުން ބުނެ އެވެ.

އާ ސީއީއޯއެއް ހޯދުމުގެ މުއްދަތުގައި ބޭންކްގެ ހިންގުމުގެ ޒިންމާ އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ކަމަށް ބޭންކުން ބުނެ އެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ އައިޝަތު ނޫރައްދީން އެވެ. މިފަހުން ވެސް ބޭންކްގެ ސީއީއޯއެެއް ނެތް ދުވަސްވަރު އެ ބޭންކު ހިންގުމާ އޭނާ ހަވާލުވެވަޑައިގެންނެވި އެވެ.

ސީއީއޯގެ މަގާމަށް މީހަކު އައްޔަނު ކުރުމުގެ މަސައްކަތް ޑިރެކްޓަރުންގެ ބޯޑުން ފަށާފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެ އެވެ.

ބެންކުގެ ސީއީއޯގެ މަގާމުން ކާލް އިސްތިއުފާ ދިންއިރު އެ ބޭންކުގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަދައި، އެކަމުގެ ތަހުގީގު ފުލުހުން ފަށާފައި ވަނިކޮށެވެ.

އެ ތަހުގީގު ކުރިއަށް ދަނިކޮށް ކާލް ވަނީ ދުބާއީއަށް ގޮސްފަ އެވެ. ތަހުގީގަށް ކާލްގެ ބަޔާނެއް ނެގިކަން މިހާތަނަށް އެނގިފައި ނުވެ އެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ.

ސްޓުމްކަ ވަނީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

އޭނާ ބީއެމްއެލާ ގުޅުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކާލް އައްޔަނުކުރީ އޮކްޓޯބަރު 11, 2022 ގަ އެވެ. އަދި ބޭންކްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ އައްޔަނުކުރީ ޑިސެމްބަރު 22, 2022 ގަ އެވެ.

މުހިއްމު ބައެއް ހަބަރު