އާ އެކްސްޕެޓް ސިސްޓަމެއް ހަދައި ބޮޑު އަގެއްގައި އެ ސިސްޓަމް ބެލެހެއްޓުން މެލޭޝިއާގެ ކުންފުންޏަކަށް

ހޯމް މިނިސްޓަރު އިހުސާން, މެލޭޝިއާ ކުންފުނީގެ ލޯގޯ. ކޮންމެ ބިދޭސީއަކަށް 100 ޑޮލަރު މި ސިސްޓަމާއެކު ދައްކަން ޖެހޭނެ.

ހޯމް މިނިސްޓަރު އިހުސާން, މެލޭޝިއާ ކުންފުނީގެ ލޯގޯ. ކޮންމެ ބިދޭސީއަކަށް 100 ޑޮލަރު މި ސިސްޓަމާއެކު ދައްކަން ޖެހޭނެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މިހާރު ބޭނުންކުރާ އޮންލައިން ޕްލެޓްފޯމް ދޫކޮށްލައި، އާ އެކްސްޕެޓު ސިސްޓެމްއެއް ހެދައި އެ ސިސްޓެމް ބެލެހެއްޓުން މަލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރިކަން އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އެކްސްޕެޓް ސިސްޓެމް ހަދައިން ހިންގަން ހަވާލުކުރަން ސޮއިކޮށްފައި ވަނީ މެލޭޝިއާގެ ބެސްޓިނެޓު ކުންފުންޏާ އެވެ. އެ ކުންފުންޏަށް ކޮންމެ ބިދޭސީއަކަށް 100 ޑޮލަރުގެ ރޭޓުން ފައިސާ ދައްކަން ޖެހޭނެ އެވެ.

އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުން ރާއްޖޭގައި 132،000 އަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ. ގަވާއިދާ ހިލާފަށް ދިރިއުޅޭ މީހުންނާއެކު އެ އަދަދު ދެ ލައްކައަށްވުރެ މަތިވާނެ ކަމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާކުރެ އެވެ.

ބިދޭސީންގެ އަދަދު 132،000 ބަލައިގެން، ހިސާބުކުރާ ނަމަ ބެސްޓިނެޓަށް އަހަރަކު 13.2 މިލިއަން ޑޮލަރު (203 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އެ އަދަދު ދެ ލައްކައަށް ބަލާނަމަ އަހަރަކު 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.

އެ އެއްބަސްވުމާ ގުޅޭ މައުލޫމާތު ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް, އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް ކަށަވަރުކޮށް ދިނެވެ.

ރާއްޖޭގެ އެކްސްޕެޓު ސިސްޓަމް ހަދައި ހިންގަން ހަވާލުކުރާ ކުންފުންޏަކީ މެލޭޝިއާގައި ވަޒީފާ އަދާކުރާ އެހެން ގައުމުތަކުގެ މީހުންގެ ކަންކަން ބަލަހައްޓާ އޮންލައިން ސިސްޓެމް ހެދި ކުންފުންޏެވެ.

ރާއްޖޭގައި ބިދޭސީންގެ ކަންކަން ބަލަހައްޓާ ބައެއް ކުންފުނިތަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މިހާރު ބޭނުންކުރާ ސިސްޓަމްގައި މައްސަލަތަކެއް ނެތެވެ. އަދި, މައްސަލަތަކެއް ހުރި ނަމަ އެ ސިސްޓަމް ފަރުމާކޮށްފައި ވަނީ އަޕްގްރޭޑު ކޮށް އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox