Advertisement

ހުރާގައި މީރު ފެން ޓެސްޓު ކުރަނީ: މާލެ ފިޔަވައި އެހެން ރަށެއްގައި ފެން ޓެސްޓު ކުރަން މި ފެށީ އަލަށް

ފެން ޓެސްޓު ކުރުމުގެ އެގްރިމެންޓުގައި ހުރާ ކައުންސިލާއި ޔޫއާރްއޭ ސޮއި ކުރަނީ: މާލެ ފިޔަވައި ރަށެއްގައި މިހާތަނަށް ފެން ޓެސްޓު ނުކުރެވެނީ ވަސީލަތް ނެތުމާއި ދަތުރުފަތުރުގެ ދަތިކަމުން -- ފޮޓޯ: ޔޫއާރްއޭ


ހުރާގައި މީރު ފެން ޓެސްޓު ކުރަނީ: މާލެ ފިޔަވައި އެހެން ރަށެއްގައި ފެން ޓެސްޓު ކުރަން މި ފެށީ އަލަށް

ކ. ހުރާގެ މީރުފެން އުފައްދާ ނިޒާމުން ސަޕްލައި ކުރާ ފެނުގެ ކޮލިޓީ ދެނެގަތުމަށް ޓެސްޓުކުރަން ފަށައިފި އެވެ.

މާލެ ފިޔަވައި އެހެން ރަށެއްގައި ގަވާއިދުން ފެން ޓެސްޓު ކުރަން މި ފެށީ އަލަށެވެ. ނަމަވެސް އާންމުންނަށް ދޫކުރާ މީރު ފެން ޓެސްޓު ކުރުމަކީ ޔުޓުލިޓީ އޮތޯރިޓީގެ ގާނޫނީ ޒިންމާއެކެވެ.

ބުރާސްފަތި ދުވަހު ޔުޓިލިޓީ އޮތޯރިޓީއާއެކު ސޮއި ކުރި ފަހުމުނާމާއެއްގެ ދަށުން ހުރާއަށް ފޯރުކޮށްދޭ ސަޕްލައި ފެނުން ސާމްޕަލް ނަގައި ގަވާއިދުން ޓެސްޓުކުރާނެ އެވެ. އަދި އެއްބަސްވުމުގެ ދަށުން ފެން ޓެސްޓު ކުރަން މީހުން ވެސް ތަމްރީނު ކުރާނެ އެވެ.

ފެން ޓެސްޓު ކުރުމުގެ މަގުސަދަކީ ހުރާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނަކީ ސިއްހީގޮތުން ރައްކާތެރި، ބުއިމަށް އެކަށީގެންވާ، އަދި އެހެނިހެން ކަންކަމަށް ބޭނުންކުރަން ކަމުދާ ސާފު ފެންކަން ކަށަވަރުކުރުމެވެ.

"ރައްޔިތުންނަށް ސާފު ބޯފެން ލިބޭކަން ކަށަވަރުކޮށްދިނުމަށްޓަކާ މިހާރު ވެސް ހަމަ ޓެސްޓްތަށް ކުރިއަށް އެބަ ދޭ. ފުރަތަމަ ޓެސްޓް ކުރަން ފެށީ މީގެ ދެތިން މަސް ކުރިން،" ހުރާ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ އިބްރާހީމް މު ނޫހަށް ތަފްސީލުކޮށްދެއްވި އެވެ.

ހުރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަހުލީލުތަކުގެ ފަހުމުނާމާގައި ހުރާ ކައުންސިލްގެ ފަރާތުުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އީސާ އަހުމަދެވެ. މި މަސައްކަތް ކުރިއަށް ގެންދާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރު ފާތިމަތު ފިޒްނާ ޔޫސުފެވެ.

ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފެނުގެ ހިދުމަތްތައް ދެމުން ގެންދަނީ އެކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމާއި ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޔޫއާރްއޭގެ މައިގަނޑު އެއް ޒިންމާ އެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޖުމުލަ ތޭރަ ސަރަހައްދަކުން ކޮންމެ ދުވަހަކު ފެން ސާމްޕަލްކޮށް އެ އޮތޯރިޓީން ޓެސްޓުކުރެ އެވެ. އަދި މި މަސައްކަތް މާލެ ސިޓީ ނޫން ރަށްތަކުގައި ކުރިއަށް ގެންދެވިފައި ނުވަނީ އެކަން ކުރުމަށް ވަރަށް ގިނަ ގޮން ޖެހުންތަކެއް ހުރުމާއި އެކުގައިކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކީ ފެން ޓެސްޓުކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި ދަތުރުފަތުރުގެ ނިޒާމުގެ ދަތިކަން ކަން ޔޫޓިލިޓީ އޮތޯރީން ބުނެ އެވެ.