Advertisement

ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން

6 ފެބުރުވަރީ 2024 - 06:50 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ މުހައްމަދު މުއިއްޒު އިއްޔެ ރިޔާސީ ބަޔާން އިއްވަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން

6 ފެބުރުވަރީ 2024 - 06:50 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްޔެ ރައްޔިތުންގެ މަޖިލީހަށް އިއްވަވާފައިވާއިރު، އެ ދިގު ބަޔާނުގައި ގިނަ ކަންތައްތަކަށް އަލި އަޅުއްވާފައި ވިޔަސް، މުހިންމު ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރައްވާފައެއް ނެތެވެ.

ރިޔާސީ ބަޔާނުގައި 6،945 ލަފުޒު ހިމެނޭއިރު، މަޖިލީހުގެ ޕޯޑިއަމްގައި ހުންނަވައިގެން އެ ބަޔާން އިއްވެވުމަށް އެއް ގަޑި 15 މިނެޓާއި 27 ސިކުންތު ހޭދަވި އެވެ.

ބަޔާން އިއްވެވި ޖަލްސާ، އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ބޮއިކޮޓުކުރި އެވެ. މިއީ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއެއް، ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ ގިނަ މެމްބަރުން ބޮއިކޮޓުކުރި ފުރަތަމަ ފަހަރެވެ.

މަޖިލީހުގައި މި ވަގުތު 80 މެމްބަރުން ތިއްބެވިއިރު، އިއްޔެގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ 24 މެމްބަރުންނެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެ ޕާޓީން އިއްޔެގެ ޖަލްސާ ބޮއިކޮޓުކުރީ ސަރުކާރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި އޮތުމުންނެވެ. ނަމަވެސް އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.

އެމްޑީޕީން ޖަލްސާ ބޮއިކޮޓުކުރަން ނިންމިޔަސް، އެ ޕާޓީގެ ދެ މެމްބަރަކު ޖަލްސާއަށް ހާޒިރުވެވަޑައިގަ އެވެ. އެއީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އެވެ.

މި ރިޔާސީ ބަޔާނުގައި އުއްމީދީ ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާއިރު، މާލީ ދަތިކަމުގެ ސަބަބުން ބައެއް ވައުދުތައް މިއަހަރު ފުއްދުމަށް ދަތިކަން ހުރިކަމަށް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު