ޚާލިދުގެފާނު: ދެވަނައެއް ނެތް ހިދުމަތްތެރި ކޮމާންޑަރެއް

ޚާލިދުގެފާނު: ދެވަނައެއް ނެތް ހިދުމަތްތެރި ކޮމާންޑަރެއް

ހަނގުރާމަވެރި ކޮމާންޑަރެއްގެ ހަޔާތުގައި އޭނާއަށް ލިބުނު އެންމެ މަތީ މެޑެއްޔާއި ޝަރަފުގެ ލަގަބު އެ މީހެއްގެ ހިދުމަތުގެ ކުރިޔަށް ލިބިވަޑައިގެންނެވި ކޮމާންޑަރަކު ދުނިޔެ ދެކެފައިވެއެވެ. އެއީ ޚާލިދު ބުނުލްވަލީދެވެ. ޚާލިދުގެފާނަކީ މުސްލިމުންގެ ތެރޭގައި ނަންހިނގާ އެފަދަ ދެވަނަ އެއް ނެތް ކާމިޔާބާއި ފަތަހައިގެ ލީޑަރެއްގެ ގޮތުގައިވެ، މުސްލިމުންގެ ބޮޑެތި ފުތޫޙާތުތަކުގެ އެއް މޭސްތިރީގެ ގޮތުގައި ޚާލިދުގެފާނު ވެގެންދިޔައީ، މާތް ނަބިއްޔާގެ މަތިވެރި ދޫފުޅުން "ޚާލިދަކީ ﷲ ގެ ކަނޑިތަކުގެ ތެރެއިން ކަނޑިއެއްކަމުގައި" ހަދީސް ކުރައްވައި އެމަތިވެރި ޝަރަފުލިބިވަޑައިގަތް ފަހުންނެވެ. އާދޭހެވެ! ޚާލިދުބުނުލްވަލީދަކީ އަދި އެކަލޭގެފާނުގެ ހަނގުރާމަވެރި ޙަޔާތްޕުޅަކީ މާތް މުޙައްމަދުގެފާނުގެ ނަބީކަމުގެ ތެދުކަމުގެ މައްޗަށް ހުރި ހެއްކެއްކަމުގައި އަޅުގަނޑު ޔަގީންކުރަމެވެ.

ޚާލިދުގެފާނުގެ ބައްޕާފުޅަކީ ޤުރައިޝްވަންހައިގެ ބޮޑެކެވެ. މަންމާފުޅަކީ މާތް ނަބިއްޔާ ކާވެނިބައްލަވައިގަތް އުންމުލްމުއުމިނީން މައުމޫނާ ބިންތުލްޙާރިޘްގެ ދައްތާފުޅެވެ. މާތް ނަބިއްޔާ ހިޖުރައަށްވެސް ވަޑައިގަތްތާ 8 (އަށެއް) އަހަރު ފަހުން ޚާލިދުގެފާނު މާތް ނަބިއްޔާގެ އަރިހަށް ވަޑައިގެން އިސްލާމްވިއިރު، އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީހެވެ. އިސްލާމްވެވަޑައިގަތުމަށްފަހު އަވަހާރަވުމާ ހަމައަށްވެސް މުސްލިމުން ކުރި ކޮންމެ ބޮޑު ހަނގުރާމައެއްގައި ޚާލިދުގެފާނުގެ ދައުރު ނުހަނު ބޮޑެވެ. އެއިން ކޮންމެ ހަނގުރާމައެއްގައި އާދަޔާ ހިލާފު ހިތްވަރާއި ކެރުމާއި ޖެހިލުންކުޑަކަމުގެ އިތުރަށް ހިކުމަތްތެރިކަމާއި ރޭވުންތެރިކަން ދައްކުވައިދީފައިވަނީ އާދަޔާ ހިލާފު ދަރަޖައިގައެވެ.

ރޯމަނުންގެ ހިރަޤުލް ނުވަތަ ހަރކިއުލަސް އިސްލާމްވުމަށް ދައުވަތުދެއްވުމަށް މާތް ނަބިއްޔާ ފޮނުއްވި މެސެންޖަރ ޝަހީދުކޮށްލުމާ ގުޅިގެން އެމީހުންނާ ދެކޮޅަށް މާތް ނަބިއްޔާ ފޮނުއްވި ލަޝްކަރުގައި ޚާލިދުގެފާނު ހިމެނިވަޑައިގަތީ ކޮމާންޑަރެއްގެ ގޮތުގައެއް ނޫނެވެ. އެއީ ޝާމްކަރަ ފަތަހަވުމުގެ ކުރިއެވެ. އެލަޝްކަރުގެ ކޮމާންޑަރުންގެ ގޮތުގައި ތިން ބޭކަލެއް ހަމަޖެއްސެވިއެވެ. އެއީ ޒައިދު ބިން ހާރިޘަތާއި ޖަޢުފަރު ބިން އަބީޠާލިބްއާއި ޢަބްދުﷲ ބިން ރަވާޙަތެވެ. މި ތިން ބޭކަލުންމެ އެ ހަނގުރާމައިގައި ޝަހީދުވެވަޑައިގަތެވެ. އެހިނދު ޚާލިދުގެފާނު އިސްނަންގަވައި ކޮމާންޑަރެއްގެ ހައިސިއްޔަތުން ލަޝްކަރު އަލުން ރުކުރުވާލީ، އިތުރު ލަޝްކަރުތަކެއް މުސްލިމުންގެ ލަޝްކަރާ ގުޅެން އަންނަނީކަމަށް ރޯމަނުންނަށް ހީވާނެ ގޮތެއްގެ މަތީންނެވެ. ކަނާތްފަރާތުގައި ތިއްބެވި ބޭކަލުން ވާތަށް، ވާތް ފަރާތް ކަނާތަށް، އަދި ކުރީގައި ތިއްބެވި ބޭކަލުން ފަހަތަށް ފަހަތުގައި ތިއްބެވި ބޭކަލުން ކުރިޔަށް ބަދަލުކުރައްވައި، ކުއްލިއަކަށް ގަދަފަދަ ހަމަލާތަކެއް ދެއްވުމަށްފަހު، މުސްލިމުންނައިގެން ހަނގުރާމައިގެ މައިދާން ދޫކުރައްވައި އެނބުރި މަދީނާއަށް ވަޑައިގަތީއެވެ. ޚާލިދުގެފާނުގެ މި އިސްނެންގެވުމާއި ރޭވުންތެރިކަމަށްޓަކައި މުސްލިމުން އެފަހަރު ކުޑަ ގެއްލުމަކާއެކު ސަލާމްވި ސަލާމަތްވުމަކީ ފަތަހައެއްގެ ގޮތުގައި މާތް ނަބިއްޔާ ހެއްދެވިއެވެ. ޚާލިދުގެފާނަކީ ﷲ ގެ ކަނޑިއެއްކަމުގައި ނަބިއްޔާގެ މަތިވެރި ދޫފުޅުން ހަދީސްކުރައްވައި ޝަރަފުގެ މެޑެލި އެރުވުނީ މިހަނގުރާމައަށްފަހުގައެވެ.

Advertisement

އޭގެ ފަހުން ނަބިއްޔާގެ ހަޔާތްޕުޅުގައި ހިނގި އެންމެ ފަހު ހަނގުރާމަކަމަށްވާ ޔަރުމޫކު ހަނގުރާމައިގައި، ރޯމަނުންގެ މައްޗަށް މުސްލިމުން ފަތަހަ ހޯދުމުގައި ޚާލިދުގެފާނުގެ ދައުރު ނުހަނު ބޮޑެވެ. އެހަނގުރާމައަކީ ފެށުނީއްސުރެ ޚާލިދުގެފާނު ލީޑަރެއްގެ ގޮތުގައި ލީޑްކުރެއްވި ހަނގުރާމައެކެވެ.

ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ޚާލިދުގެފާނުގެ ދައުރަށް ބައްލަވާށެވެ! އަބޫބަކުރުގެފާނުގެ ޚިލާފަތު ފެށުމާއެކު މުޅި ޖަޒީރަތުލްޢަރަބްގައި ހިނގި އެންމެ ބޮޑު ފިތުނަޔާއި ބައިބައިވުމާއި މުސްލިމުންނަށް ލިބުނު ނިކަމަތިކަން އައީ މުރުތައްދުވެ އިސްލާމްދީނުން ބޭރުވެގަތް މީހުންގެ ސަބަބުންނެވެ. އެއީ ކުޑަ އަދަދެއް ނޫނެވެ. މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި މުޅި ޖަޒީރަތުލް ޢަރަބްވަނީ އެކީއެކަށް އިސްލާމްވެފައެވެ. އަދި އިސްލާމީ ދައުވަތާއި މުސްލިމުންގެ ބާރުވެރިކަން އިރާގާއި ޝާމްކަރައާ ދިމާއަށް އޭރުއޮތީ މިސްރާބުޖަހާފައެވެ.

މުރުތައްދުވީ މީހުންނާ ހަނގުރާމަކޮށް އެބައިމީހުން މައިތިރިކުރުމަށް އަބޫބަކުރުގެފާނު ފޮނުއްވި އެންމެ ބޮޑު ލަޝްކަރުގެ ކޮމާންޑަރުކަން ދެއްވީ ޚާލިދުގެފާނަށެވެ. މުރުތައްދުވީ މީހުން ރަމަތަކޮށް އިސްލާމީ ދައުލަތުގެ ދަށަށް އެބައިމީހުން ގެނައުމުގައި މުސްލިމުން ހޯދި ނަސްރުގައި ޚާލިދުގެފާނަށްވުރެ ވަކީން ހިދުމަތްތެރި އެހެން ކޮމާންޑަރެއް ނެތެވެ. ރަސޫލުކަމަށް ދައުވާކޮށްގެން އުޅުނު ޠުލައިޙާ ކިޔާ ދޮގުވެރިޔާ ގަތުލުކޮށް އޭނާގެ ބައިގަނޑުވެސް ބަލިކޮށްލީ ޚާލިދުގެފާނު އިސްވެހުންނަވައިގެންނެވެ. އެހެންކަމާއެކު މުސްލިމުންގެ ފުރަތަމަ ޚިލާފަތުގެ ހަމަޖެހުމާއި އިސްލާމީ ދައުލަތުގެ ފުރަތަމަކޮޅު އުފެދިގެންއައި ބޮޑު ބަގާވާތުގެ ހުޅުކޮޅު އެކީއެކަށް ނިއްވާލުމުގައި ޚާލިދުގެފާނަކީ މުހިންމު ދައުރެއް އަދާކުރެއްވި އިސްލާމީ ބަތޮލެކެވެ.

އަބޫބަކުރުގެފާނުގެ ހިލާފަތުގައި، އިރާގުކަރައާއި ޝާމްކަރަ ފަތަހަކުރެއްވުމަށް އެކި އެކި ކޮމާންޑަރުންގެ ދަށުން ގިނަ ލަޝްކަރުތައް ފޮނުއްވިއިރު، ޚާލިދުގެފާނު ހިމެނިވަޑައިގަތީ، އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައެވެ. އެގޮތުން ޚާލިދުގެފާނުގެ ލީޑަރޝިޕްގައި އިރާގުކަރައާއި ޝާމްކަރައިގެ ގިނަ ރަށްތައް ފަތަހަކުރެވިގެންދިޔައެވެ.

އަދި ފަހުން ޢުމަރުގެފާނުގެ ހިލާފަތުގައި ވެސް ޝާމްކަރައިގެ ބާކީ ހުރި ރަށްތައް ފަތަހަކުރުމުގައި ޚާލިދުގެފާނުގެ ދައުރު ބޮޑެވެ. ކޮމާންޑަރެއްގެ ހައިސިއްޔަތުންނާއި ކޮމާންޑަރުކަމުން ވަކިކުރައްވާފައި ހުރި ވަގުތުތަކުގައި އާންމު ލަޝްކަރީއެއްގެ ހައިސިއްޔަތުންނެވެ.

ހަނގުރާމައިގެ މައިދާނުގައި ހިދުމަތުގެ ގޮތުން ބަލާއިރު، ޚާލިދުގެފާނާއި އެއްދުވަސްވަރެއްގައި އުޅުއްވި އެހެން ހުރިހާ ޞަޙާބީންނަކަށްވުރެ އެކަލޭގެފާނުގެ ނަންފުޅުގެ ހައިބަތު ބޮޑުވެފައި ހިދުމަތުގެ ގޮތުން މުއްސަނދިކަމުގައި އަޅުގަނޑަށް ފެނެއެވެ. އެކަމަކު އެމަންޒަރުތައް ފެނިވަޑައިގަތުމަކާ ނުލައި މާތް ނަބިއްޔާ ޚާލިދުގެފާނަކީ ﷲ ގެ ކަނޑިތަކުގެ ތެރެއިން ކަނޑިއެއްކަމުގައި ހަދީސް ކުރެއްވާފައި އޮތުމަކީ އިތުރު އެކަލޭގެފާނުގެ މުއުޖިޒާތެކެވެ. އެގޮތަށް ހަދީސް ކުރެއްވީ ޚާލިދުގެފާނު އިސްލާމްވެވަޑައިގަތުމާއެކު ފުރަތަމަ ފޮނުއްވި ހަނގުރާމައަށްފަހުގައެވެ. އެއީ މުއުތާ ހަނގުރާމައެވެ. އެހަނގުރާމައިގައި އޭގެ ޒާތުގައި މުސްލިމުންނަށް ނަސްރެއް ނުލިބެއެވެ. ޚާލިދުގެފާނުގެ ރޭވުންތެރިކަމެއްގެ ސަބަބުން ލިބެން އޮތް ބޮޑުގެއްލުން ކުޑަގެއްލުމަކަށް ބަދަލުވެގެންދިޔަ ދިއުން ނަސްރެއްގެ ގޮތުގައި ސިފަވެގެންދިޔަ ނަމަވެހެވެ.

އުމުރުފުޅުން ފަންސާސް ފަސްއަހަރުފުޅުގައި ޚާލިދުގެފާނު ދުނިޔެ ދޫކުރެއްވީ މަދީނާގައި، ގެކޮޅުގައި އަމިއްލަ ދާންމަތިކޮޅުގައި އޮންނަވައެވެ. އެތައް ގިނަގުނަ ހަނގުރާމައެއްގައި ބައިވެރިވި ނަމަވެސް ޝަހީދުވެވަޑައިގަތުމުގެ ޝަރަފުލިބިވަޑައި ނުގަތް ކަންމައްޗަށް ހިތާމަކުރައްވާ ހާލުކޮޅުގައެވެ.

ހަމަ އެކަނި އެންމެ ހަނގުރާމައެއްގައި ވެސް ދިހަ ބާރަ ކަނޑި ޚާލިދުގެފާނުގެ އަތްޕުޅަށް ބިނދިފައި އޮވެދާނެއެވެ. އެކަމަކު ހަނގުރާމައިގެ މައިދާނުގައި ބިންދައިގެން ނުދިޔައީ ޚާލިދުގެފާނެވެ. އާދޭހެވެ! ﷲ ގެ ކަނޑިއެވެ. މާތް ނަބިއްޔާގެ މަޖާޒީ ބަސްފުޅުގައިވެސް ހުރި ތެދުވެރިކަމުގެ ބޮޑުކަމާއެވެ.

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox