ވާހަކަ: ނާކަރަ

ވާހަކަ: ނާކަރަ

ތިންވަނަ ބަޔާއި ގުޅޭ

"ސާބަސް!" ޔާސިރު އަހަންނާ ދިމާކޮށްލި އެވެ.

ބަދަލުގައި އިހުސާނާ ވެސް އަނގަމަތީ އަތް އަޅައިގެން ހުރެ ހެމުން ދިޔައެވެ.

"މިހާރު އާމިލަށް އަންހެނެއް ފެންނަ އިރަށް އެ މީހަކު ވަނީ އިހުސާނާއަށް ދޯ! މަށަށް ޔަގީން މިހާރު އަންނާރެއް ނޫނީ އަންގިއެއް ދައްކާފަ އަހައިފިއްޔާ ވެސް ބުނާނެ އިހުސާނާއޭ." ޔާސިރު އަހަރެން ކޮނޑުގައި ދެފަރަކު ޖަހައި ވެސްލި އެވެ.

ޔާސިރާ އެއްވަރަށް އިހުސާނާ ވެސް ހެމުން ދިޔަ އެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ އެވެ.

"ދެން ކޮބައިތަ މަލިކާއަކީ؟" އަހަރެން ރަކި ނުވާކަމަށް ހެދެމުން އަހައިލީމެވެ.

ވާނުވާ އެނގުނީ އެހައި ހިސާބުންނެވެ. އިހުސާނާއަކީ ޔާސިރުގެ މާ ގާތް މީހެއް ކަމެވެ. ނުގޮތަކަށް އިހުސާނާ އެއީ ޔާސިރުގެ ކަނދުފަތިކަމެވެ. އިހުސާނާ ފެންނަ އިރަށް އޭނާ މާ ވަރަކަށް އިހުސާނާއާ ދިމާއަށް އެ ބެލީ ހަމަ ގަސްތުގައި އަހަރެން ވަލު ވައްދާށެވެ. އިހުސާނާގެ ހިނގުމަށް ތައުރީފުކުރީ އެ ބޭނުމުގަ އެވެ. އޭނާ ސިފަކުރީ މަލީކާ އެވެ. ނަމަވެސް، ކުރިމަތިން ފެންނަމުން ދިޔައީ އިހުސާނާ އެވެ. އެކަހަލަ ސަކަރާތް ޖަހާނަމަ ކޮންމެ މީހަކަށް ވެސް އޮޅޭނެތާ އެވެ. މަގު ބެދި ވަލުވަންނާނެ އެވެ.

"ވާނެ! އިންޝާﷲ ހުރިހާ ކަމެއް އަދި އޮތީ ފަހިކޮށް." އިހުސާނާ ބުނެލި އެވެ.

"ބަލަ އެހެން މީހުންނަށް ކޮށްދޭން އުޅޭއިރު ކޮބައި މަށަށް އޮތް ޖަވާބު." އަހަރެން އަހައިލީމެވެ.

"މައިދައިތަ ދިން ޖަވާބަކަށްނު ތިޔަ ހުރިހާ ގުރުބާނެއް ތިވަނީ؟" ޔާސިރު ފެށި އެވެ.

އެ ދުވަހުގެ ބައްދަލުވުން ނިމިގެން ދިޔައީ ތިން މީހުންގެ ކޮފީއަކުންނެވެ. ތިން މީހުންނެއް ނޫނެވެ. ޔާސިރު އަހަންނަށް ދޮރެއް ހުޅުވައިދިނީ އެވެ. ކޮފީއަށް އަރާ މަޅިއެއް ޖަހަމުން ލޮލަށް އިޝާރާތްކޮށް ފޯނު ކަންފަތުގައި ޖެހީ އެވެ. ސީދާ އަހަންނަށް ފުރުސަތު ދޭށެވެ. ނިތުން ޔާސިރަށް ޝުކުރު އަދާކުރުމަށްފަހު އަހަރެން ފުރުސަތުގެ ބޭނުން ހިފީމެވެ. އޭނާ ނުކުމެގެން ދިޔައީ އެވެ.

ކައިވެންޏަށް ދުވަސް ކަނޑައަޅާ އަހުދުތަކާއި ވައުދުތަކުގެ ކޯރެއްގައި ދެމީހުން ގެނބި މަރުވީމެވެ. ކޮފީގެ ހިތްގައިމު ވަހާއެކު އިހުސާނާގެ ލުއި ހިނިތުން ވުމާއި އޭނާގެ ނިޔަނެތި އަޑުގެ ޖާދޫއިން އަހަރެންގެ ހުވާސް ހޭލައްވަމުން ދިޔަ އެވެ. ނަމަވެސް، އަހަރުމެން ތިބީ ކޮން ތަނެއްގައި ކަމާއި އަހަރުމެންގެ ނިންމުމަކީ ކޮބައިކަން އެއް ފަހަރު ވެސް ހަނދާން ނައްތައެއް ނުލަމެވެ.

ކައިވެނީގެ ގޮށް ޖަހައިލެވުނީ ސީދާ އެ ދުވަހު އަހަރުމެން ނިންމި ތާރީޚުގަ އެވެ. އެއީ އަހަންނަށް އިހުސާނާ ފެނުނުތާ ބަރާބަރު ތިން އަހަރު ފުރުނު ދުވަހެވެ. އެ ދުވަސް ހާއްސަކުރީ އެތައް ސަބަބަކާ ހުރެ އެވެ. އަހަންނަށް މި އައި ބޮޑު ބަދަލަކީ އެ ދުވަހު އަހަންނަށް ފެނުނު އިހުސާނާ އެވެ. އެ ހިނިތުންވުމެވެ. ނިތްމައްޗަށް ވެއްޓުނު އިސްތަށިކޮޅު ނަގައި ކަންހުޅީގައި އަޅުވާލި އެ ލުއި ހަރަކާތެވެ.

މީހުން ބުނަނީ ތެދެކެވެ. މީހެއްގެ ހިތާއި ފިތް ބަދަލުވާން ފަޅި ސިކުންތެއް ވެސް ނުނަގަ އެވެ. ލޯބީގެ ބާރަކީ އެއީ އެވެ. ލޯތްބަކީ ނިއުމަތަކަށްވާ ފަދައިން ލޯތްބަކީ ޖާދޫއަކަށް ވަނީ ވެސް އެހެންނެވެ. ލޯބީގެ ދަލުގައި ބެދިއްޖެ ނަމަ ދުނިޔެ ލުއިކޮށްލަ އެވެ. އުއްމީދު އައުކޮށްދެ އެވެ. މަގުތައް ހުޅުވި ހާމަވެދެ އެވެ. އާއެކެވެ. ލޯބިން ފަތަހަ ނުކުރެވޭ ހިތެއް ނުވާނެ އެވެ. ލޯބިން ކޮށައި ނުލެވޭ ފަރުބައެއް ނުވާނެ އެވެ. ލޯބިން ހިއްކައި ނުލެވޭ ކަނޑެއް ނުވާނެ އެވެ.

އެ ހަގީގަތް މިއަދު އަހަރެން ޤަބޫލުކޮށްފީމެވެ. އަހަރެންގެ ބުރުސޫރަ ރީތިވީ ލޯބީގެ ބާރުންނެވެ. އަހަންނަކީ މުޖުތަމައެއްގައި އުޅޭ މީހެއްކަން ވިސްނައިދިނީ އެ ލޯބީގެ ނިވަލުންނެވެ. އަހަންނަކީ ވެސް އިންސާނެއްކަމާއި ކުރިމަގެއް އޮތް މީހެއްކަން ހިތްމައްޗަށް ތިލަކޮށްދިނީ ވެސް އެ ލޯބީގެ ނިވަލުންނެވެ. މިއަދު މިއީ އެ ދުވަހު އިހުސާނާ ކުރިމައްޗަށް އެރި އާމިލެއް ނޫނެވެ.

އަނބިމީހާއަށް ސަޖިދަ ކުރުމަކީ ކުފުރަކަށް ނުވާނަމަ އެންމެ ފުރަތަމަ އެކަން ކުރާނެ އެކަކީ އަހަރެންނެވެ. ގެއްލެމުން ވަޅު ޖެހެމުން، ވެއްޓެމުން ހުއްޓެމުން ގުދުގުދުލައްވަމުން، ބަނޑިބަނޑި ޖައްސަމުން ދިޔަ އަހަރެންގެ ހަޔާތުގެ ނައު އަމާން އައްސޭރިއަކަށް ގެނެސްދިނީތީ އެވެ. އުއްމީދެއް ނެތް ހަޔާތެއްގެ، ހުޅުކޮޅެއް ނެތް އުއްބައްތިއެއްގެ އަލިކަމަށް ވިސްނައިގެން ހުރެވުނީތީ މިއަދު ލަދު ވެސް ގަނެ އެވެ.

ކައިވެނީގެ ކުރީން އަހަރުމެން އާއިލާ ރޭވީމެވެ. ކުދިން ހޯދާނެ އަދަދާއި ކުދީންގެ ދެމެދުގައި ދުރުމިން ބަހައްޓާނެ ވަރެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ބިލާހަކަށް ވެގެން ދިޔަ އެވެ. އަހަރެން ގަބޫލުކުރާ ގޮތް ބަދަލުކުރާން ޖެހުނީ އެވެ. ފޮތުގައި އޮންނަ ވާހަކައާއި ހަގީގަތް ދިމާ ނުވީމަ އެވެ.

"ވަރަށް ފޫހި ވެއްޖެ. ދެން ނެތް އެއްވެސް އުއްމީދެއް. ކަންކަން ޕްލޭނު ކުރާށޭ ކިޔައިގެން މި ދައްކާ ވާހަކައަކީ ހަމަ ތާކުން ތާކު ނުޖެހޭ ވާހަކަ، އާމިލު ބުނިހެން އެއީ ފަރަންޖީންގެ ވިސްނުމެއް." އިހުސާނާ ހިތްހަމަ ނުޖެހިފައި ބުނެލި އެވެ.

"އަދި އުއްމީދު ކަނޑައިލާކަށް ނުވާނެ. ﷲ އެއްވެސް އަޅަކަށް ދެރަ ގޮތެއް މިންވަރު ނުކުރައްވާނެ." އަހަރެން މަޑުމައިތިރި ކަމާއެކު އިހުސާނާއަށް ވިސްނައިދިނީމެވެ.

"ދެން؟ ކާވެނީގެ ކުރިން ކިހާ ޕްލޭނެއް ކުރިން. އެކަމަކު ކިހިނެއް މިވީ؟" އިހުސާނާ ބުނެލި އެވެ.

އެއީ ދޮގެއް ނޫނެވެ. އަހަރުމެން ކާވެނިކޮށް ރަނގަޅަށް ދެމީހުން ދަސްކޮށްލަން ދެ އަހަރުވަރު ނަގަން ރޭވީމެވެ. އެއީ އިހުސާނާގެ ވިސްނުމަށް އަހަރެން ދޫކޮށްލި ވަލެކެވެ. ގޯސް ވިސްނުމަކަށް ނުވާތީ އެވެ. ދަރިއަކު ހޯދުމަށް ރޭވީ ތިންވަނަ އަހަރު އެވެ. ނަމަވެސް، ތިންވަނަ އަހަރު ވެސް ފައިބައިގެން ދިޔައީ އެވެ. ހަތަރުވަނަ އަހަރު ވެސް މިއޮށް ފައިބަނީ އެވެ. އުއްމީދާއެކު ރޭވި ރޭވުން ބޭކާރުވީ އެވެ.

"އޮންނާނެ ވަރަށް ރީތި ޅެންބައިތެއް، ނެތްކަމެއް ތަގުދީރުގައި ވާކަން ނުވެސް އޮންނާނެޔޭ ކިޔައިފަ އޮންނަ." އަހަރެން އިހުސާނާއަށް ވިސްނައިދެވޭތޯ ބެލީމެވެ.

"ދެން ތިބުނީ މިއީ ވާން ނެތް ކަމެކޭތަ؟"

"ނޫނޭ. އޭގެ ފަހުބައިގަ އޮންނާނެ، އެއްކަމެއް ވެސް ނުހިނގަޔޭ ތަދުބީރު ކުރެއްވި ޕްލޭނަކުން. މި ބުނީ ތަގުދީރާއި ތަދުބީރަކީ މުހިއްމު ދެކަމޭ."

އަހަރެން ދެއްކި ވާހަކަ އިހުސާނާއަށް ރަނގަޅަށް ފަހުވި އެވެ. އޭނާ ވެސް އެންމެ ފަހުން އަހަންނާ ބައިވެރިވި އެވެ.

"އާނ! ދުޢާއަކީ އެންމެ ބާރުގަދަ އެއް ހަތިޔާރު. އަޅުންނަށް އޮތީ ޚާލިސް ހިތަކާއެކު ދެންނެވުން. ޚާލިސް ހިތަކާއެކު ކުރާ ދުޢާއެއް އެކަލާނގެ ރައްދެއް ނުކުރައްވާނެ،" އަހަރެން ވެސް އިހުސާނާގެ ވާހަކައަށް ގިއްޗެއް ވައްޓައިލީމެވެ. "ހިނގާ ދަންނަވަން."

އޭގެ ދެމަސް ފަހެވެ. އިހުސާނާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ނޫން އިތުރު ކުލައެއް ނުފެނެ އެވެ. އަބަދުވެސް އޭނާ ހުންނަނީ ދަތްތައް އަތަށް ލައިގެންނެވެ.

"ކޮބާތަ ސިއްރަކީ؟" އަހަރެން އަހައިލީމެވެ.

"ދެން!" އިހުސާނާ ތުއި ވެލި އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox