ދިގު ވާހަކަ: ކެތް ކުރާނަން

ދިގު ވާހަކަ: ކެތް ކުރާނަން

13 ވަނަ ބަޔާ ގުޅޭ

އަހަރެންގެ ހިތަށް އެރި އެވެ. މީހުން އެބުނަނީ ހައްގު ތެދެކެވެ. ކިތައްމެ ހަނދާން ނުކުރަން އުޅުނަސް ފުރަތަމަ ލޯބި މަތިން ހަނދާނެއް ނުނެތޭނެ އެވެ. އަމިއްލަ ނަފުސު އެކަމަށް އިންކާރު ކުރި ނަމަވެސް ހިތް ސިއްރު ސިއްރުން ނަފުސަށް މަކަރު ހަދާނެ އެވެ. އޮޅުވާލާނެ އެވެ. ހަމައެކަނި އެކަމުގަ އެވެ. އެހެން ނޫންނަމަ އަހަންނަށް މިހެން މިރޭ ނުވީހެވެ.

ލަބީބުގެ މަތިން ހަނދާން ނައްތައިލިތާ މިހާރު ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ އަހަރެންގެ ދުނިޔެއިން އޭނާ ނެރެލިތާ ކޮން ޒަމާނެއް ހެއްޔެވެ؟ ލަބީބު ކިޔާ މީހަކު އަހަރެންގެ ސިކުނޑިން ފޮހެލިފަހުން ލާމަކުން ފެށޭ މީހަކު ވެސް އަހަންނާ ބައްދަލު ނުވެ އެވެ. ވީއިރު ކުއްލިއަކަށް މިރޭ ލަބީބު މަތިން އަހަރެން ހަނދާން މި ކުރީ ކޮން ކަމެއްގަ ހެއްޔެވެ؟ ހަނދާން ކުރީއެއް ނޫނެވެ. އޭނާ އަހަރެންގެ ހިތުން ސިކުނޑިއަށް ފުންމައިލީ އެވެ. އެވެސް ހުވަފެނެއްގެ ގޮތުގައި ރީތި ފިލްމެއްގެ މަންޒަރުތަކެއް ހެންނެވެ.

އަހަންނަކީ ކިހާ މޮޔަ މީހެއް ހެއްޔެވެ؟ މީހެއްގެ އަނތްބެއްގެ ގޮތުގައި އިނދެ ހިލޭ މީހަކަށް ދައުވަތު ވެސް ފޮނުވިއްޖެ އެވެ. ނޫނެކެވެ. ދައުވަތެއް ނުދެވެ އެވެ. އަނެއްކާ ވިސްނުން ކަފިކަފިވާން ފެށި އެވެ. ދައުވަތުގެ ކަންތަކާ އެވެ. ދައުވަތު ނުދެވޭބާ އެވެ. ދެވުނު ބާވައޭ ހިތް ބުނެލި އެވެ. އަނެއްކާ ލަބީބަށް ކުރި ހުރިހާ މެސެޖެއް ކިޔަން ފެށުނެވެ. ލޮލުގައި އަޅައިގަތީ ކޮފީގެ ވާހަކަ އޮތް މެސެޖެވެ. ކޮންމެ ގޮތެއް ވިޔަސް މިއޮތީ ދައުވަތެއް ދެވިފަ އެވެ. ސާފު އިބާރާތުން ދެވުނު ދައުވަތެކެވެ. އަހަރެން މެސެޖު ފޮހެލަން ބޭނުންވި އެވެ. ދެވަނަ ސިކުންތުގައި އެ ހިޔާލު ވައިރޯޅިއެއް ފަދައިން ވައިގެ ތެރެއަށް ފޭދިގެން ދިޔަ އެވެ.

ފިކުރުތަކުން ބަރުވަމުން ދިޔަ ސިކުނޑިއަށް ނިދީގެ ރާނީގެ އަތް ގަދަކޮށްލިކަން ނޭނގި އޮއްވާ ދެ ލޯ މެރުނެވެ. ދެން ހޭވެރިކަންވީ ރިޔާޒު ދެތިން ފަހަރަކު ގޮވައިލުމުންނެވެ. އޭނާ އަހަރެންގެ ގައިގައި ކޮށްޓައިލަމުން ގޮވާލި އެވެ.

"ހާދަވަރަކަށް ނިދަން މިޔަރު ހެދެނީ؟" ޖެއްސުމުގެ ރާގުގައި ރިޔާޒު ބުނެލި އެވެ.

އަހަރެން މޫނަށް ގޮތެއް ހަދައިލަމުން ދެ ލޯ އުނގުޅައިލީމެވެ. ރިޔާޒު މަޑުމަޑުން އަހަންނާ ދިމާއަށް ގުދުވެލި އެވެ. އަހަރެން ހީކުރީ އޭނާ ލޯބިން ބޮސްދޭން އުޅެނީ ކަމަށެވެ. ވަރަށް ފޮނިވެލައިފައި ރިޔާޒަށް ފުރުސަތު ފަހިކޮށްލަ ދިނީމެވެ. ރިޔާޒުގެ ތުނިތުނި ތުންފަތުން އަހަރެން ނިތަށް ބޮސްދޭނެ ކަމަށެވެ. އޭނާގެ ކަށި ތުނބުޅިން އަހަރެންގެ މޫނުގެ އިހުސާސްތައް ހޭލައްވާލާނެ ކަމަށް ބަލައިގެންނެވެ. އެހެންވެ މަޑުމަޑުން ދެ ލޯ މަރައިލީމެވެ. ރިޔާޒު މަޑުމަޑުން އަހަންނާ ދިމާއަށް ލެނބެމުން ލެނބެމުން އައިސް އޭނާގެ ހޫނު ނޭވާ އަހަރެން މޫނަށް އެޅުނެވެ. އަހަރެން އުއްމީދުކުރި މަންޒަރުން އުފާ ހާސިލުކުރުމަށް ކެތްމަދުވެފައި އޮވެވުނެވެ.

ކުއްލިއަކަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ބާރުބާރަށް ހަޅޭއްލަވާގަނެވުނެވެ. ނަމަވެސް އެ އަޑެއް ބޭރެއް ނުވި އެވެ. އަހަރެންގެ އަނގަމަތީގައި ރިޔާޒު އަތް އަޅައިލި އެވެ. އޭނާ ލާނެތް ފާޑަކަށް ހޭން އޮތެވެ. އަހަންނަށް ނޭފަތުގައި އިނގިލި ޖައްސާލެވުނެވެ. ނޭފަތުން ނަގައިގަތް ދިލައިގެ ސަބަބުން ލޮލުން ކަރުނަ ހިލުނެވެ. އާއެކެވެ. ރިޔާޒު އަހަރެންގެ ނޭފަތުގެ ކުރީގައި ދަތް އެޅީ އެވެ. މަޑެއްކޮށެއް ނޫނެވެ. ބާރަށެވެ. އޭނާގެ ދަތްތަކުގެ ނިޝާން ނޭފަތުން ފާހަގަވާ ވަރަށެވެ.

"ގޯސް. ތަދުވެއްޖޭ." ކުޑަކުއްޖަކު ފަދައިން އަހަރެން ބޮޑާވެލީމެވެ.

ރިޔާޒު އަނެއްކާ ވެސް އަހަރެންގެ ނޭފަތުގައި ހިފައިލަމުން ނޭފަތަށް ފިތައިލި އެވެ. އެއާއެކު ކުރިން ވީތަދަށްވުރެ ބޮޑަށް ތަދުވި އެވެ. އެންމެ ފަހުން އަތުގައި ޖެހުނު ބާލީހުން ރިޔާޒުގައި ގައިގައި ޖަހައިލީމެވެ. އެއީ އަހަރުމެންގެ ލޯބީގެ މައިދާނުގެ ހަނގުރާމަ ފެށިގެން އަންނަ ގޮތެވެ. ގުޅަކުޅޭ ފަސްގަނޑަށް ދެ މީހުން ޖަމާވެއްޖެނަމަ ކަން ހިނގާ ތަރުތީބެވެ. ރިޔާޒުގެ ހިތުގެ ކާނާއަކީ އޭނާ ބުނާ ގޮތުން އަހަރެންނެވެ. އަހަރެންގެ ހިތުގެ ތެޅުމާއި ލުއި ހިނިތުންވުމަކީ ވެސް އެއީ އެވެ. އެކަން ޚުދު އަހަރެން ވެސް މިއަދު ގަބޫލުކުރަމެވެ. އިރެއްގައި ފިކުރު ބޮޑުވެ ހާސްވެ ކަންބޮޑުވެ މެދު އުޑުން ހަނދު އޮއްސިފައި ހުއްޓަސް މިހާރު އަހަންނަކީ މެދު އުޑުގައި ހަނދުއަލީން ފެންވަރަމުންދާ މީހަކީމެވެ.

ކޮޓަރީގެ ދޮރުގައި މީހަކު މާ ވަރަކަށް ޓަކި ދެމުން ދިޔަ އެވެ. އަވަސް އަވަސްކޮށްލައިގެން ފާހާނާއިން ނުކުމެ ރިޔާޒު ދޮރު ހުޅުވާލި އެވެ. އަހަރެން އޭރު އުޅުނީ ފާޚާނާގަ އެވެ.

"ކާކު؟" އާއްމުކޮށް ވާހަކަދައްކާ ވަރަށް ވުރެ ބާރަށް އަހައިލީމެވެ.

"މަންމަ ބުނެގެން ދޮންބެގ ފުޅު."

"ކިހިނެއްވީޔޯ؟"

"ނޭނގެ. ދެ ކުދިން ނުކުމެ ބަލާށޯ."

އަހަރެން އަވަސްއަވަސްކޮށްލައިގެން ފާހާނާއިން ނުކުމެ ބަލައިލީމެވެ. ރިޔާޒު ބޮލުގައި ބުރުހުން ފިރުމަނީ އެވެ. އޭނާ އަނދެގެން ހުރި ހުދު ތުވާލި ފެނުމުން ލާނެތް ގޮތަކަށް އަހަންނަށް ހީނލެވުނެވެ. ޅިނދުކަށިން ތިރިއަށް ސޮހިފައިވާ ގޮތަކަށް އުނަގަނޑުގައި އެ ތުވާލި އަޅުވާލައިފައިވާ އިރު ރިޔާޒުގެ ފިރިހެންވަންތަކަން އިންތިހާއަށް އިތުރުހެން ހީވި އެވެ.

އަހަރެން ބޭނުންވީ އަހަންނަށް ރިޔާޒުކޮށްލި ސަމާސާގެ ބަދަލު ހިފައިލާށެވެ. ރީތިވާން ކައިރިވި ކަމަށް ހެދިފައި ރިޔާޒުގެ ތުވާލީގައި ހިފާ ދަމައިގަތީމެވެ. އެހައި ހިސާބުން އަނެއްކާ ފެށުނީ އެވެ.

އަނެއްކާ ވެސް ދޮރުގައި މީހަކު މާވަރަކަށް ތަޅަން ފެށި އެވެ.

ރިޔާޒު ދޮރު ކައިރިއަށް ޖެހިލުމަށްފަހު އަހަރެންގެ މޫނަށް ބަލައިލި އެވެ. އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.

"މި ނުކުންނަނީ. ކިހިނެއްތަ ވީ؟" ރިޔާޒު ބޭރަށް އިވޭ ވަރަށް ބުނެލި އެވެ.

އެއާއެކު ޓަކީގެ އަޑު ކެނޑުނެވެ. ރިޔާޒު ތުންފަތަށް ގޮތެއް ހަދައިލަމުން އަހަންނާ ދިމާއަށް ބަލައިލި އެވެ.

"ކޮބާ ހީވެއްޖެ! މި ކަމަނާގެ ކަންތަކޭ." ރިޔާޒު އައިސް އެނދުމައްޗަށް ޖެހިތަކެވެ.

"މަތަ؟ މަށެއް ނޫން." އަހަރެން އެއްބަސްވާން ބޭނުމެއް ނުވި އެވެ.

"ނޭނގެ ކާކުކަމެއް." ރިޔާޒު ހޭންފެށި އެވެ.

އެ ހިނިތުންވުމުގައިވަނީ ލާނެތް ކަމެވެ. މަޖާ ގޮތްތަކެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ.

އަހަރެން ވެސް އަވަސްއަވަސްކޮށްލައިގެން މަތި ހަދައިލީމެވެ. ރިޔާޒު ވެސް އަތްމަތި އަވަސްކޮށްލުމަށްފަހު ތައްޔާރުވެލައިގެން ބޭރަށް ނުކުންނަށް ހިނގައި ގަތެވެ. ރިޔާޒުގެ ފަހަތުން އަހަރެން ވެސް ނުކުތީމެވެ. އޭރު އެއްވެސް މީހަކު މައިގެތެރޭގައި ނޫޅެ އެވެ. ނަމަވެސް ބަދިގެއާ ވީ ދިމާއިން ހުނުމާއެކު ވާހަކަ ދައްކާ އަޑު އިވިއިވި ހުއްޓެވެ.

ރިޔާޒުގެ ފަހަތުން އަހަރެން ވެސް މިސްރާބު ޖެހީމެވެ. ކާން ތައްޔާރުކޮށްފައި ހުރި ކޮޓަރިއަށެވެ. ކައި ކޮޓަރިއަށް ވަދެވުމާއެކު އަހަންނަށް ބަލައިލެވުނީ ވަށައިގެންވާ އެންމެންގެ މޫނަށެވެ. ކޮންމެ މީހެއްގެ މޫނުމަތީން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހީވަނީ ކުޑަވަރެއްގެ އުފަލެއް ނުވަތަ އުއްމީދެއް އާވަހެން އުޅޭ ހެންނެވެ. ކޮންމެ މީހެއްގެ ނަޒަރު ވެސް ހުއްޓިފައިވަނީ އެއް ދިމާއަކަށެވެ. އެއީ އަހަންނަށް ފުރަގަސްދީގެން އިން މީހާއަށެވެ. އަހަންނަށް ފެންނަމުން ދިޔައީ އެތެރެވަކިވާ ވަރަށް ތުނިކޮށްފައިވާ ބޮލެވެ. އޭނާގެ ކޮނޑުގެ ދެ ފަރާތު މަސްތައް ހުރީ ރީތިކޮށް އެއްވާން ވެލައިފަ އެވެ.

"އާދޭ! އާދޭ." އަހަރެން ފެންނަ އިރަށް ދޮންބެ ދައްތަ ގޮވާލި އެވެ.

"ހާދަ ތަޅައިފީމޭ." ރިޔާޒުގެ ބައްޕަ ވެސް ވާހައިގެ ތެރެއަށް ވަދެލި އެވެ.

"އާނ! އަންހެނުންތަ! ކައްކާނީ ތަތްބޮނޑިބަތް. ދުވަހަކު ގަޑިއަށް ސަމާލެއް ނުވާނެ." ރިޔާޒު ހޭންފެށި އެވެ.

"އޭ ތިހެން ދަށްކޮށެއް ނުލެވޭނެ. އަންހެނުންނަށްވުރެ ޤާބިލު ކަމަށް ކަމޭ ހިތާ ބަޔަކު މު ޤައުމުން ނިކަން ދައްކަބަލަ." ދޮންބެ ދައްތަ ހިތްހަމަ ނުޖެހުނީ ކަންނޭނގެ އެވެ.

އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ. ބަދަލުގައިއ އަހަރެން ލުއި ގޮތަކަށް ހިނިތުންވެލީމެވެ.

"ދެން ކޮން ޒުވާބެއްތަ؟" ރިޔާޒުގެ މަންމަ އަހަރެންގެ މޫނަށް ބަލައިލި އެވެ.

އަހަންނަށް ފުރަގަސްދީގެން އިން ތުއްދޮން އަތް ހިއްލައިލި އެވެ. އޭނާ އިޝާރާތްކުރީ އެ ކަން ހުއްޓުވާށެވެ. ޒުވާބު ކުރުމާއި ދެބަސްވުން ދޫކޮށްލާށެވެ.

އެންމެ ފަހުން އޭނާ ތެދުވި އެވެ. އޭރުވެސް އަހަންނަށް އޭނާގެ މޫނު ނުފެނެ އެވެ. އޭނާ ހުރީ ސީދާ އަހަންނަށް މޫނު ނުފެންނާނެ ގޮތަށެވެ.

އަހަންނަށް ފުންކޮށް ބަލައިލެވުނެވެ. އިސްކޮޅާއި ހަށިގަނޑުގެ ބައްޓަމަށެވެ. ފަހަތުން ބަލައިލާއިރު ރިޔާޒުއާ އެއްވެސް ފަރަގެއް ނެތެވެ. އެއީ ރިޔާޒު ނޫންކަން އަހަންނަށ ކަށަވަރުވަނީ އޭނާގެ މޫނާއި ހަރަކާތްތައް އަހަންނަށް ސާފުކޮށްފެންނާތީ އެވެ.

ކަޅުކުލައިގެ ގަޔަށްބާރު ޓީޝާޓުގައި އެ ހުރި މީހާ އަހަންނާ ދިމާއަށް އެނބުރިލި އެވެ.

ސުބުހާނަﷲއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. ސީދާ ލަބީބެވެ. ލަބީބު މިގެއަށް މިއައީ ކީއްކުރަން ހެއްޔެވެ؟ ލަބީބަކީ މި އާއިލާ މެންބަރެއް ހެއްޔެވެ؟

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ލަބީބު ވެސް އަހަރެންގެ މޫނަށް ބަލައިލި އެވެ. އެ ދެ މެދުގައި ހިނގީ މަޑު ސިކުންތުކޮޅެކެވެ. ނަމަވެސް އެތައް ވާހަކައެއް، އެތައް ޝަކުވާއަށް އަހަންނަށް ކުރެވުނެވެ. މަންމަން ބަހުރުވައިންނެވެ. މީހަކަށް ފަހުމު ނުވާނޭ ހެންނެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox