ވިސާގެ މައްސަލަ ހައްލުވެ، އޮސްޓްރޭލިއަން އޯޕަންގައި ކުޅުމުގެ ފުުރުސަތު ލިބުމާ އެކު ޖޮކޮވިޗް އުފަލުން

Nov 17, 2022, 8:22 AM
ވިސާގެ މައްސަލަ ހައްލުވެ، އޮސްޓްރޭލިއަން އޯޕަންގައި ކުޅުމުގެ ފުުރުސަތު ލިބުމާ އެކު ޖޮކޮވިޗް އުފަލުން

ސިޑްނީ (ނޮވެމްބަރު 17) - އޮސްޓްރޭލިއާގެ ވިސާ ލިބޭގޮތަށް ހަމަޖެހި، އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ސާބިއާގެ މަޝްހޫރު ކުޅުންތެރިޔާ، ނޯވަކް ޖޮކޮވިޗް ބުނެފި އެވެ.

ކޮވިޑް ވެކްސިން ނުަޖަހާތީ، އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށް، އޭނާ ޑީޕޯޓްކޮށްލުމާ އެކު މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމުގެ ފުރުސަތެއް އޭނާ އަށް ނުލިބުނެވެ.

މި މައްސަލައާ ގުޅިގެން، އޮސްޓްރޭލިއާގެ އިމިގްރޭޝަނުން މީގެ ކުރިން ނިންމީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖޮކޮވިޗަށް ވިސާ ނުދޭށެވެ. އެކަމަކު، އެ ނިންމުން ބަދަލުކޮށް، އޭނާ އަށް މިހާރު ވިސާ ދޭން ނިންމާފައިވާ ކަމަށް އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ވަނީ އިއްޔެ ޖޮކޮވިޗަށް އަންގައިފަ އެވެ.

އެހެންކަމުން އަންނަ އަހަރު ޖެނުއަރީ މަހު ކުޅެން ޝެޑިއުލްކޮށްފައިވާ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗަށް ކުޅެވޭނެ އެވެ.

"މި އަށް ވުރެން ވަކި އުފާވެރި ހަބަރެއް މި ވަގުތުގައި ނުލިބޭނެ،" ނުވަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ބުންޏެވެ.

"އަހަރެންގެ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބު ހޯދައިފައިވަނީ އޮސްޓްރޭލިއަން އޯޕަންގައި. ވަރަށް ގިނަ ހަނދާންތައް ވަނީ އެ މުބާރާތާ ގުޅިފައި."

މި އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމަށް ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދިޔައިރު، އެ ގައުމުގެ ކޮވިޑް-19ގެ ހާލަތު ވަރަށް ގޯހެވެ.

އޭރު ގަވައިދު އޮތްގޮތުން، އޮސްޓްރޭލިއާ އަށް އެތެރެވެވެނީ ވެކްސިން ޖަަހައިގެނެވެ. ވެކްސިން ނުޖަހައި ހުރުމުން ޖޮކޮވިޗް ވިސާ އަށް ޝަރުތުހަމަނުވާތީ، އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ނިންމީ ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށް، 2025 ވަނަ އަހަރާ ހަމައަށް އޭނާ އަށް ވިސާ ނުދޭށެވެ.

އެކަމަކު މި މަހުގެ މެއި މަހު އިންތިހާބުވި އޮސްޓްރޭލިއާގެ އާ ސަރުކާރުގެ އިމިގްރޭޝަން މިނިސްޓަރ އެންޑްރޫ ގައިލްސް ވަނީ އެ ނިންމުން ބަދަލުކޮށް، ޖޮކޮވިޗް އަށް ވިސާ ދޭން ނިންމައިފައެވެ.

މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސްގައި އިއްޔެ އަންދްރޭ ރުބްލޭވް އަތުން މޮޅުވެ، ޖޮކޮވިޗް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox