ހާލަންޑްގެ ދެ ގޯލާ އެކު ޑޯޓްމަންޑުން ފަރަގުކުޑަކޮށްފި

Jan 15, 2022, 4:20 AM
ހާލަންޑްގެ ދެ ގޯލާ އެކު ޑޯޓްމަންޑުން ފަރަގުކުޑަކޮށްފި

ބާލިން (ޖެނުއަރީ 15) - ޖަރުމަނު ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު 5-1 އިން ފްރެއިބާގް ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ދެމެދު ފަރަގު ކުޑަކޮށްފި އެވެ.

ބަޔާން މި ވަގުތު އެއް ވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު ޑޯޓްމަންޑުން ވަނީ 19 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ހޮފެންހައިމަށް 18 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. މިއަދު ކޮލޯނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ބަޔާނަށް އަލުން ހަ ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.

ޑޯޓްމަންޑް ދަނޑުގައި ކުޅުނު ރޭގެ މެޗުގެ ފުރަތަމަ 30 މިނިޓްގައި ޑޯޓްމަންޑުން ދެ ގޯލުގެ ލީޑެއް ނެގިއިރު، މި ދެ ގޯލު ވެސް ޖެހީ ބެލްޖިއަމްގެ ފުލްބެކް ތޯމަސް މޮނިއޭ އެވެ. މެޗުގެ 14 އާއި 29 ވަނަ މިނިޓްގައި މޮނިއޭ މި ގޯލުތައް ޖެހިއިރު، ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެ ޓީމަށް ކުޅޭ ޖަރުމަނު ގައުމީ ޓީމުގެ ވިންގް ހޫލިއަން ބްރަންްޑްޓް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާލަންޑް ވަނީ ޑޯޓްމަންޑްގެ ތިން ވަނަ ގޯލު ޖަަހައިފަ އެވެ. ކުޅުން ރަނގަޅުކޮށް، ފްރެއިބާގުން ގޯލެއް ޖަަހަން ކުރި މަސައްކަތް މެޗުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. އެ ޓީމުގެ ގޯލު ޖެހީ އެރްމެޑިން ޑެމިރޯވިޗް އެވެ.

ހާލަންޑް، ޑޯޓްމަންޑްގެ ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. މަހުމޫދު ދާހޫދު ދިން ބޯޅައަކުން ހާލަންޑް ޖެހި މި ގޯލާ އެކު އޭނާގެ ލަނޑުގެ ރެކޯޑަކީ ޖަރުމަނު ލީގުގައި ކުޅުނު 56 މެޗުން 55 ގޯލެވެ. ޖުމްލަ އެކު ޑޯޓްމަންޑަށް ކުޅުނު 77 މެޗުން 78 ގޯލެވެ. ޑޯޓްމަންޑްގެ ފަހު ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދާހޫދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox