ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ހޮންގް ކޮންގް އަތުން 7-0 އިން ހޯދި ބޮޑު މޮޅަކީ މުޅި ޓީމު އެކުވެގެން ކުރި މަސައްކަތް ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަަދު އިމްރާން (އިންމި) ބުނެފި އެވެ.
ރާއްޖެ އާއި ޗައިނާގެ އިތުރުން ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ކުޅޭ ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަލިވެފަ އެވެ. މި މުބާރާތުގައި ކުޅޭ އެންމެ ރޭންކިން ރަނގަޅު ޓީމު، ދެކުނު ކޮރެއާ ކައިރީގައި ރާއްޖޭން ލީޑުނެގި ނަމަވެސް 5-1 އިން ބަލިވީ އެވެ.
ރާއްޖޭން ދެ ވަނަ މެޗުގައި ހަތް ގޯލުން ހޮންގް ކޮންގް ބަލިކޮށްފި، ރެކޯޑް މޮޅެއް!
ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.
ދެ ވަނަ މެޗުގައި ރާއްޖޭން މިއަދު ހޮންގް ކޮންގް ބަލިކުރިއިރު، މުޅި މެޗުގައި ކޮންޓްރޯލް ނަގައިގެން މޮޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގިއިރު، ދެ ވަނަ ހާފުގައި އިތުރު ހަތަރު ގޯލު ޖެހި އެވެ. މިއީ، މިހާތަނަށް ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖޭން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި، މި މުބާރާތުގައި މިހާތަނަށް އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
މެޗަށް ފަހު، ދިން އިންޓަވިއުގައި އިންމި ބުނީ، ފުރަތަމަ މެޗުން ބަލިވުމުން މި މެޗަށް ނުކުތީ ހުރިހާ ގޮތަކުން ވެސް މަސައްކަތްކޮށް މޮޅެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.
"މުޅި ޓީމު އެކުވެގެން ކުރި މަސައްކަތުން ހޯދުނު މޮޅެއް މިއީ. އެންމެން ވެސް ފުރަތަަމަ މެޗުން ބަލިވީމަ މި މެޗުން މޮޅުވާން ބޭނުންވެފައި ތިބީ. ދެން، ކޯޗުގެ ޕްލޭނާ ވެސް އެއްގޮތަށް ޓީމު ރަނގަޅަށް ކުޅެގެން ހޯދި މޮޅެއް މިއީ،" އިންމި ބުންޏެވެ.
ހޮންގް ކޮންގް ކޮޅަށް ރާއްޖޭގެ ލަނޑުތައް ޖެހީ، އިޝާން އިބްރާހިމް (ސައްޓު)، މުހައްމަަދު ސާދު ނިޒާރު އަދި ޝަނާން ރަޝާދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، ހޮންގް ކޮންގް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޗައިނާ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ފީފާ ރޭންކިން އަށް ބަލާއިރު، ދެކުނު ކޮރެއާ އަކީ ދުނިޔޭގެ 69 ވަނަ އެވެ. ރާއްޖެ އަކީ 99 ވަނަ އެވެ. ހޮންގް ކޮންގް އަކީ ދުނިޔޭގެ 118 ވަނަ އެވެ. މުބާރާތުގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި ހޯމަ ދުވަހު ޗައިނާއާ ކުޅޭނެ އެވެ. ޗައިނާ އަކީ ދުނިޔޭގެ 84 ވަނަ އެވެ.







