އިންޑިއާ އައުޓް ކެމްޕޭނަކީ ނޭއްގާނީ ހަރަކާތެއް: އަދާލަތު

Dec 25, 2021, 12:47 AM
އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ޑިސެމްބަރު 17، 2021 ގައި ޕީޕީއެމް ޕީއެންސީން މާލޭގައި ބާއްވި ހިނގާލުމުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ފޮތިގަނޑެއް މީހަކު ދައްކާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި ޑިސެމްބަރު 17، 2021 ގައި ޕީޕީއެމް ޕީއެންސީން މާލޭގައި ބާއްވި ހިނގާލުމުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ފޮތިގަނޑެއް މީހަކު ދައްކާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގަވާ ކެމްޕެއިނަކީ ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ ނޭއްގާނީ ހަރަކާތެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ރާއްޖެ އާއި އިންޑިއާއާއެކު މިހާރު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ސަބަބުން ޕީޕީއެމް އާއި ޕީއެންސީން ބުނާއިރު، އާދަލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ރާއްޖެ-އިންޑިއާ ގުޅިގެން މިހާރު ހިނގާ ބައެއް ކަންކަމަކީ ޔާމީނުގެ ވެރިކަމުގައި ބިންގާ އަޅާފައިވާ ކަންކަން ކަމަށާއި އިންޑިއާ އައުޓްގެ ނަމުގައި އެ މަނިކުފާނު އިސްވެ ހުންނަވައި ހިންގަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ހިންގަވާ ހަރަކާތެއް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

"މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންވުމެވެ،" ބަޔާނުގައިވެ އެވެ.

އިންޑިއާ އުއުޓް ހަރަކާތުގައި ކުރީގެ ރައީސް ޔާމީން، ކ. ގުރައިދޫގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް
އިންޑިއާ އުއުޓް ހަރަކާތުގައި ކުރީގެ ރައީސް ޔާމީން، ކ. ގުރައިދޫގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

އިންޑިއާ އުއުޓް ހަރަކާތުގައި ކުރީގެ ރައީސް ޔާމީން، ކ. ގުރައިދޫގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ދިވެހިންގެ ކުރިއެރުމާއި ތަރައްގީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް، ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް ކުށްވެރިކުރާ ކަމަށާއި، ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާ އާމެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު ކަންބޮޑުވާ ކަމަށް އަދާލަތުގެ ބަޔާނުގައިވެ އެވެ.

ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނައިރު، އެ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީ ދިވެހި ހާރިޖީ ސިޔާސަތުގައި މުހިންމު ކަމެއް ކަމަށާއި ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ވަކިން ހާއްސަކޮށް ތަރައްގީ އާއި އެނޫންވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލުކުރުމަށްޓަކައި އަވަށްޓެރި ގައުމުތަކާއި އަދި ހެޔޮއެދޭ ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއްގައި އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުންބަދަހިކުރަންޖެހޭ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ،" އެ ބަޔާނުގައިވެ އެވެ.

އިންޑިއާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުންތަކަށް ވާސިލުވުމުގެ އަސްލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އެކުލަވާލާފައިވާ އެކްޝަން ޕްލޭން ކަމާއި، އެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ރާއްޖެއަށް މުހިންމު ކަމާއި ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށް، ދެ ގައުމުގެ ބައްދުވުންތަކުގައި ކުރިން ފެށިގެން ވެސް އެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ސިފައިން ވެސް އަދި އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވެ އެވެ.

އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތާއި މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާމެދު ސުވާލު އުފައްދައި އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާތީ ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އިންޑިއާ އައުޓް" ހަރަކާތް އެ ގޮތުގައި ހިންގިގެން ނުވާނެ ކަމަށާއި އެކަން ފުލުހުން ނުކުމެ ހުއްޓުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު، އެމްއެންޕީ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެފައި ވަނީ ގައުމީ ހަރަކާތެއްގެ ގޮތުގައި ކަމަށް ބުނެ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"މިއީ ވަކި ބޭފުޅަކު އެ ބޭފުޅަކު އެ ބޭފުޅެއްގެ ސަރުކާރުގަ ހިނގާފަ ހުރި އެކި ކަންކަން ފޮރުވައި މަތި އަޅަން ހިންގާ ކެމްޕޭނެއް،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox