ކޯޓަށް ދިއުމުގެ ވިސްނުން ދޫކޮށް މޭޔަރު މަޝްވަރާގެ މޭޒަށް

މާލޭގެ މޭޔަރު މުއިއްޒު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މާލޭގެ މޭޔަރު މުއިއްޒު "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މާލޭގެ މޭޔަރުކަމަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށްފަހު، ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރައްވަން ބޭނުންވި އެވެ. ސަރުކާރުން އޭރު ހުރީ ވަކި ގޮތަކަށް ސިޔާސަތު ތަކެއް ރާވާފަ އެވެ. ތަންފީޒު ކުރުމުގެ މަސައްކަތްތައް އޮތީ ފެށިފަ އެވެ. ލާމަރުކަޒީ ގާނޫނުން މާލޭ ސިޓީ ކައުންސިލްއަށް ލިބޭ ބާރުތަކާއެކު، ކައުންސިލްގެ ވިސްނުމަށް މަސައްކަތް ކުރަން ފެށުމުން ނުކުންނަން ފެށީ ވަރަށް ގިނަ މައްސަލަތަކެވެ. ސަރުކާރާއި މާލެ ސިޓީ ކައުންސިލްގެ ފިކުރު ތަފާތުވެ، ގިނަ ކަންކަމުގައި ވިސްނުން ދިމާ އިދިކޮޅު ކަމުންނެވެ. ނަތީޖާއަކަށްވީ މާލެ ސިޓީގެ އިހްތިސޯސް ހިނގާ ތަނަކަށް ސަރުކާރުން ބަސްކިޔާނަމަ މޭޔަރު ހިތްނުތަނަވަސްވެ، ކޯޓަށް ދާނެ ކަމުގެ އިންޒާރު ދެއްވަން ފެއްޓެވުމެވެ.

ގުޅީފަޅުގައި ވިޔަފާރީ ބަނދަރެއް ތަރައްގީކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް، އެއީ މާލެ ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަމެއް ކަމަށް ބުނެ އެ މަޝްރޫއު ބަދަލުކުރަން މުއިއްޒު ބޭނުންވި އެވެ. ބޯހިޔާވަހިކަމުގެ މަންޒިލަކަށް އެތަން ހެދުމަށް ވަކާލާތުކޮށް، އެ މަޝްރޫއު ހުއްޓުވަން ސަރުކާރު ގޮވައިގެން ކޯޓަށް ދާނެ ކަމަށް ވެސް އިންޒާރު ދެއްވި އެވެ.

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށް، އެ ދެ ކުންފުނީގެ އިމާރާތުގެ ގޯތީގެ ތެރެއަށް ވައްދާފައިވާ މަގުތަކެއް ހުޅުވާލަން އެއްމަހުގެ މުހުލަތެއް ދިނުމަށްފަހު، ނުހުޅުވައިފި ނަމަ ކޯޓަށް ގޮސްގެންވެސް، އެ މަގުތައް ހުޅުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.

މީގެ އިތުރުން އެޗްޑީސީގެ ދަށުން ހުޅުމާލޭގައި ދެމުން އަންނަ މުނިސިޕަލް ސާވިސް ސިޓީ ކައުންސިލަށް ބަދަލުކުރަން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުމެއް ނުލިބޭނަމަ، އެ މައްސަލަވެސް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް މީގެ ތެރެއިން އެއްވެސް މައްސަލައެއް މިހާތަނަށް ކޯޓަށް ހުށަހަޅާފައި ނުވާއިރު، މިހާރު މޭޔަރުގެ ރާގު މިވަނީ ބަދަލުވެފަ އެވެ. "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ކޯޓަށް ގެންގޮސްގެން ދެބަސްވުންތަކަށް ހައްލުކުރުމުގެ ބަދަލުގައި މަޝްވަރާގެ މޭޒުން އެކަންކަމަށް ހައްލު ގެނައުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އަދި ކޯޓަށް ނުގޮސް އެފަދަ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުއަކާއި އެކު ގުޅީފަޅުގައި ޕޯޓް އަޅަން އެއްބަސްވުން

ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމަށްފަހު ދެން އޮތް ސަރަހައްދު ބޯހިޔާވަހިކަމަށް ހާއްސަކުރާ ގޮތަށް އެ މަޝްރޫއުގެ ޕްލޭން ބަދަލުކުރުމަށް އެދިފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެކަމުގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، ރައީސް އޮފީހަށް އެކި ފަހަރު މަތިން ސިޓީ ފޮނުއްވާފައިވާނެ ކަން ފާހަގަކުރެއްވި އެވެ.

"ކޯޓަށް ދާން އަޅުގަނޑުމެން ފާސްކުރިން. އެކަމަކު ޕާސަނަލީ އަޅުގަނޑު ގަބޫލެއް ނުކުރަން މި މައްސަލާގައި ކޯޓަށް ދާން ޖެހޭނެ ކަމަށް. އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރާ ނެގޯޝިއޭޓްކޮށްގެން (މަޝްވަރާކޮށްގެން) އެ މަޝްރޫގެ ޕްލޭނަށް އަޅުގަނޑުމެން ބޭނުންވާ ބަދަލުތައް ގެންނަން."

މުއިއްޒު ވިދާޅުވީ އެ ހިޔާލަށް ސަރުކާރުން އަދި އިޖާބައެއް ދީފައި ނުވިނަމަވެސް، އެ މަޝްރޫއުގެ ޕްލޭންއަށް ބަދަލުތަކެއް ގެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މާސްޓަ ޕްލޭން އާންމުކޮށްފައިވާއިރު، ޕޯޓަކާއި އިންޑަސްޓްރިއަލް ވިލެޖެއްގެ އިތުރުން ހިއްކާ ބިމުގެ 15 ޕަސެންޓް ބޯހިޔާވަހިކަމަށް ހާއްސަކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެހެންނަމަވެސް މުއިއްޒު ވަނީ އެ އިންސައްތަ އިތުރުކޮށް، ބޯހިޔާވަހިކަމަށް ބޮޑު ސަރަހައްދެއް ކަނޑައަޅައި ދިނުމަށް ގޮވާލައްވާފަ އެވެ.

މަގުތަކުގެ މައްސަލަވެސް ކޯޓަށް ނުގޮސް މަޝްވަރާކޮށްގެން ހައްލުވާނެ

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށް، އެ ދެ ކުންފުނީގެ އިމާރާތުގެ ގޯތީގެ ތެރެއަށް ވައްދާފައިވާ މަގުތަކެއް ހުޅުވާލަން ކޯޓަށް ދާނެ ކަމަށް ދެއްވި އިންޒާރުވެސް މުއިއްޒު ވަނީ އަނބުރާ ގެންދަވާފަ އެވެ. މޭޔަރު ވިދާޅުވީ މަޝްވަރާކޮށްގެން އެކަންވެސް ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ މުއަސަސާތަކާއި ގުޅިގެން އެކުގައި މަސައްކަތްކުރެއްވޭތޯ ބައްލަވަމުން ގެންދަވާކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

އެހެން ދެންނެވިޔަސް އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ބޮޑަށް ވާހަކަދެކެވިގެން އެކަމަށް ހައްލެއް ގެންނަން

ހުޅުވަން އަންގާފައިވާ މަގުތަކަކީ ސްޓެލްކޯގެ ހެޑް އޮފީހާއި ކުޑަކުދިންގެ ޕާކާ ދެމެދު އޮންނަ ކުޑަ ގޯޅި އާއި ހެޑް އޮފީހާއި ޕާކްގެ ފަހަތަށް އޮންނަ މަގެވެ. އަދި، ސްޓެލްކޯގެ ހެޑް އޮފީސް ފަހަތަށް އޮތް ކޮއްޓާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުމުގެ ބައެކެވެ.

އެ މަގުތަކާއި ގޯޅިތައް އެކި ބޭނުންތަކަށް ދާއިމީކޮށް ބަންދުކޮށްފައިވާތީ އެކަން ހުއްޓާލަން ސިޓީ ކައުންސިލުން އެންގި ނަމަވެސް އެ ގޯޅިތައް ހުޅުވައި ނުދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެއީ އެ މަގުތައް ހުޅުވައިފިނަމަ މާލޭގައި ކަރަނޓު ދިނުމަށް ހުރަސްތަކެއް ކުރިމަތިވާނޭތީ ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ބަންދުކޮށްފައިވާ މަގުތައް ހުޅުވާލަން ކައުންސިލުން އަންގާފައިވާއިރު، ސްޓެލްކޯއިން އަންނަނީ އެ މަގުތައް ބަންދުކުރުމަށްފަހު އެ ސަރަހައްދުގައި މަސައްކަތްތައް ވެސް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox