ފިއްތުންތަކާ ހެދި ނައޯމީ ފްރެންޗް އޯޕަން އިން ވަކިވެއްޖެ

May 31, 2021, 8:02 PM
މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނައޯމީ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނައޯމީ.

ޕެރިސް (ޖޫން 1) - ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަން ޖަޕާނުގެ އަންހެން ޓެނިސް ތަރި ނައޯމީ އޮސާކާ ނިންމި ނިންމުމާ އެއްގޮތަށް އަމަލުކުރަން ފެށުމާ އެކު، ޓެނިހުގެ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން އޭނާ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައި އޮއްވައި ނައޯމީ ފްރެންޗް އޯޕަން އިން ވަކިވެއްޖެ އެވެ.

ފްރެންޗް އޯޕަންގެ ކުރިން އުމުރުން 23 އަހަރުގެ ނައޯމީ ބުނީ އޭނާ މި މުބާރާތުގައި އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިނުވާނެ ކަމަށާއި އެއީ ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނާފައި ކަމަށެވެ.

އާދިއްތަ ދުވަހު ފްރެންޗް އޯޕަންގެ ފުރަތަމަ ބުރުގައި ނައޯމީ ވަނީ ރުމޭނިއާގެ ޕެޓްރީޝިއާ މާރިއާ އަތުން 6-4، 7-6 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ނައޯމީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވެ އެވެ. އެހެންވެ ފްރެންޗް އޯޕަން އޮގަނައިޒިން ކޮމިޓީން ނިންމީ ނައޯމީ 15،000 ޑޮލަރުން ޖޫރިމަނާ ކުރާށެވެ.

ޓެނިހުގެ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން ވަނީ ނައޯމީ އެ ގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރާނަަމަ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރުދީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާން ނެރުނުތާ މާ ގިނައިރެއް ނުވެ ނައޯމީ ވަނީ ފްރެންޗް އޯޕަން އިން އަމިއްލަ އަށް ވަކިވާން ނިންމާފައިވާކަން އިއުލާނުކޮށް ޓްވީޓެއްކޮށްފަ އެވެ.

"މުބާރާތުން ވަކިވާން ނިންމީ އަހަރެންގެ ސަބަބުން އިތުރު އުނދަގޫތަކެއް ނުވެ ޕެރިހުގެ މުބާާރާތަށް (ފްރެންޗް އޯޕަން އަށް) އެންމެން ފޯކަސް ކުރަން ފަސޭހަ ކޮށްދިނުމުގެ ގޮތުން. އަހަރެން އެ ގޮތަށް ކަންތައްކުރީ (ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރީ) މި ދަނޑިވަޅަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ސަމާލުވާން މެސެޖެއް ދޭން. އެކަމަކު އެކަންތައް ދިޔައީ ބޭނުންވި ގޮތަކަށް ނޫން،" ނައޯމީ ބުންޏެވެ.

ހަތަރު ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ނައޯމީ ބުނީ 2018 ވަަނަ އަހަރުގެ ޔޫއެސް އޯޕަންގެ ތެރޭގައި ޑިޕްރެޝަންގެ ޝިކާރަ އަކަށް އޭނާ ވެގެންދިޔަ ކަމަށާއި އެ ދުވަސްވަރު ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަމާޒުވި ސުވާލުތަކާ ހުރެ އިތުރަށް ހާލަތު ގޯސްވެގެން ދިޔަ ކަމަށެވެ. އަދި އެ ފަދަ ކަންތައްތަކެއް ދެ ވަނަ ފަހަރަށް ކުރިމަތިލާން ބޭނުންނުވާ ކަމަށް ނައޯމީ ބުންޏެވެ.

ނައޯމީ ބުނީ ޓެނިހުގައި އުޅޭ މެޖޯރިޓީ ނޫސްވެރިންނަކީ އޭނާއާ ގާތްގުޅުމެއް އޮންނަ ބައެއް ކަމަށާއި އެކަމަކު މުޅި ދުނިޔޭގެ މީޑިއާ އަށް ބަލާއިރު، ކަންތައްތައް ހިނގާގޮތުން އޭނާ ހިތްބިރުގަންނަ ގޮތަށް ބައިވަރެއް ހާލަތްތައް ކުރިމަތިވާ ކަމަށެވެ.

އެންމެ ފުރަތަމަ ޕްރޮފެޝަނަލެއްގެ ގޮތުގައި ނައޯމީ ސީނިއާ ކެރިއަރުގައި ޓެނިސް މެޗަކަށް ނުކުތީ 2014 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގަ އެވެ. ފާއިތުވި އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ނައޯމީ ވަނީ ދެ ފަހަރު އޮސްޓްރޭލިއަން އޯޕަން އަދި ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ.

ނައޯމީ ބޮޑަށް ފާހަގަވާން ފެށީ ޓެނިސް ލެޖެންޑް ސެރީނާ ވިލިއަމްސްއާ ދެކޮޅަށް ވާދަވެރި މެޗުތަކުގައި ދައްކާ މޮޅު ކުޅުމުގެ ސަބަބުންނެވެ. ނައޯމީ ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ހޯދީ 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ސެރީނާ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox