އޭއެފްސީ ކަޕް: އަަބަހާނީ ވަކިިވުމުުން އީގަލްސް އޮޓޯ އިން ޕްލޭއޮފަށް ހޮވިއްޖެ

Apr 30, 2021, 7:58 AM
އޭއެފްސީ ކަޕް: އަަބަހާނީ ވަކިިވުމުުން އީގަލްސް އޮޓޯ އިން ޕްލޭއޮފަށް ހޮވިއްޖެ

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާ އިން މުބާރާތުން ވަކިވާން ނިންމުމުން، އީގަލްސް އަށް ޕްލޭއޮފުން އޮޓޮމެޓިކުން ޖާގަ ލިބިއްޖެ އެވެ.

އޭއެފްސީން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ހެދި ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ހުރިހާ ކަމަކަށް ރަނގަޅަށް ބެލުމަށް ފަހު ބަންގްލަދޭޝް ލޮކްޑައުންގައި އޮތުމާއި ދަތުރުފަތުރުކުރުމަށް އެ ގައުމުގައި ހުރި ދަތިތަކަށް ބަލާއިރު، އޭއެފްސީގެ ސަބް ކޮމިޓީ އަށް ގަބޫލުކުރެވުނީ އަބަހާނީ އަށް ދެން މި މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް ނެތިގެން މުބާރާތުން ވަކިވީ ކަމަށެވެ.

ޕްލޭއޮފުގައި އީގަލްސް ބައްދަލުކުރާނީ އިންޑިއާގެެ ގަދަބާރު ބެންގަލޫރު އެފްސީއާ އެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު މާލޭގައި ކުޅޭ އެ މެޗުން ކުރި ލިބޭ ޓީމަކަށް ގްރޫޕް ސްޓޭޖުުން ފުރުސަތު ލިިބޭނެ އެވެ. ވާދަކުރަން ޖެހޭނީ ރާއްޖެގެ ޗެމްޕިއަންް މާޒިޔާ އާއި އިންޑިިއާގެ މޯހަންް ބަގާން އާއި ބަންްގްލަދޭޝްގެ ބަޝުންދުުރާ ކިންގްސްއާ އެކު ގްރޫޕް ޑީ ގަ އެވެ. އެ ގްރޫޕްގެ ހުރިހާ މެޗެއް އޮންނާނީ މާލޭގައި އަންނަ މަހުގެ 14 އިން 21 އަށެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ލޮކްޑައުންއެއްގައި އޮތުމުން އެ ގައުމުގައި މެޗު ކުޅެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ އޭއެފްސީ އަށް ޖެހުނީ ބަދަލުތަކެއް ގެންނާށެވެ. ހާލަތަށް ބަލައި އޭއެފްސީން އަބަހާނީގެ ހުށަހެޅުމަކާ އެއްގޮތަށް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު މި މަހު 21 ވަނަ ދުވަހު ނޭޕާލްގައި ކުޅެން ނިންމި ނަަމަވެސް އޭރު ވެސް ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން 21 ގައި ވެސް މެޗު ކުޅެވޭގޮތް ނުވީ އެވެ.

ފަހުން އަބަހާނީން އޭއެފްސީ އަށް ހުށަހެޅީ ހާއްސަ ވިސާއެއް ހޯދުމަށް ފަހު ނަމަވެސް މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި އެ މެޗު ކުޅެވޭތޯ ބެލުމަށެވެ. މިހާރު އެ މުއްދަތު ވެސް ފަހަނައަޅައި ގޮސްފައިވާއިރު، އެ މެޗު ކުޅުމުގެ ފުރުސަތު އެންމެ ބޮޑީ އަންނަ މަހު މާލޭގައި ކަމަށް މި ހަފްތާގައި ބަންގްލަދޭޝްގެ މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު ފަހުން އަބަހާނީ އާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ބައްދަލުކުރުމަށް ފަހު އެ ގައުމުގެ މީޑިއާތަކަށް ބީއެފްއެފްގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޮހާގް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ މަހުގެ އަށް ވަނަ ދުވަހާއި 11 ވަނަ ދުވަހުގައި މާލޭގައި ކޮލިފައިން ދެ ވަނަ ބުރާއި ޕްލޭއޮފް މެޗު ކުޅެން ރާއްޖޭން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށާއި ބަންގްލަދޭޝް އިން އެ މެޗު ބާއްވަން ބޭނުންވާ ކަމަށެވެ. އެކަމަކު ރާއްޖެ އަށް މެޗު ބޭއްވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށް ބީއެފްއެފް އިން ދެއްކި ވާހަކަ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ދޮގުކޮށްފަ އެވެ.

އަބަހާނީން ވަނީ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް އެ ގައުމުގައި އީގަލްސް މެޗު ކުޅެން މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން މެދުވެރިކޮށް މީގެ އެއް ދުވަސް ކުރިން އަބަހާނީން އިސްވެ ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ބަންގްލަދޭޝްގައި ކުޅެން އޭއެފްސީގައި އެދިފަ އެވެ. އެކަމަކު ހުރިހާ ކަމަކަށް ބެލުމަށް ފަހު އޭއެފްސީން މިއަދު ނިންމީ އަބަހާނީ މުބާރާތުން ވަކިވީ ކަމަށެވެ.

އީގަލްސް އިން ކޮލިފައިން ފުރަތަމަ މެޗުގައި ވަނީ މާލޭގައި 2-0 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ބެންގަލޫރު ވަނީ އެ ޓީމު ކޮލިފައިންގައި ކުޅުނު މެޗުން 5-0 ނޭޕާލްގެ އާމީ ކްލަބް ބަލިކޮށްފަ އެވެ.

ބެންގަލޫރުން ވަނީ އޭއެފްސީ ކަޕްގައި މީގެ ކުރިން ރާއްޖޭގެ މާޒިޔާ އާއި ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެފަ އެވެ.

ސަރަހައްދުގެ ގަދަބާރެއް ކަމަށްވާ ބެންގަލޫރުން އޭއެފްސީ ކަޕްގައި މިހާތަނަށް ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް 10 މެޗު ކުޅެފައިވެ އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ހަ މެޗާއި ނިއުއާ ދެކޮޅަށް ދެ މެޗާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ވެސް ބެންގަލޫރު އޮތީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ އަތުންނެވެ.

ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ބެންގަލޫރުން މި ވަގުތު ފަރިތަކުރުންތައް ބާއްވަމުން އަންނަނީ އޭއެފްސީގެ ގައިޑްލައިންތަކެއްގެ ތެރެއިން ގޯއާގަ އެވެ. ބެންގަލޫރުގެ ކޯޗަކަށް ހުރީ ޖަރުމަނު ޒުވާން ގައުމީ ޓީމުތަކާއި އެ ގައުމުގެ ހޮފެންހައިމްގެ އިތުރުުން ޗައިނާގެ ގުއާންޒޫ އެވަގްރާންޑޭ އާއި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ ޓެކްނިކަލް މަގާމެއްގައި މީގެ ކުރިން ހުރި ކޯޗު މާކޯ ޕެޒޮއުލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox