ލޭގަނޑުވުމާއި އޮކްސްފޯޑް ވެކްސިނާ އޮތީ ކޮން ގުޅުމެއް؟

ލޭގަނޑުވުމަކީ އޮކްސްފޯޑް ވެކްސިނުގެ ވަރަށް މަދުން ފެންނަ ސައިޑް އިފެކްޓެއް ކަމަށް އީޔޫގެ ޑްރަގު ރެގިއުލޭޓަރުން ބުނޭ-- ފޮޓޯ: ގަލްފް ބިޒްނަސް

ލޭގަނޑުވުމަކީ އޮކްސްފޯޑް ވެކްސިނުގެ ވަރަށް މަދުން ފެންނަ ސައިޑް އިފެކްޓެއް ކަމަށް އީޔޫގެ ޑްރަގު ރެގިއުލޭޓަރުން ބުނޭ-- ފޮޓޯ: ގަލްފް ބިޒްނަސް

ލޭގަނޑުވުން ނުވަތަ ކްލޮޓްވުމަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި ކޮވިޑް ވެކްސިނުގެ ވަރަށް މަދުން ދިމާވާ ސައިޑް އިފެކްޓެއް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާއިން ބުނެފި އެވެ.

ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) އިން އެގޮތަށް ބުނީ މި ވެކްސިން ޖެހުމަށް ފަހު ލޭގަނޑުވުމުގެ މައްސަލަ ދިމާވި 86 ކޭސް ދިރާސާ ކުރުމަށް ފަހު އެވެ. އެއީ ވަރަށް މަދުން ދިމާވާ ސައިޑް އިފެކްޓެއް ކަމަށާއި، ނަމަވެސް ވެކްސިނުގެ ގެއްލުމަށް ވުރެ ފައިދާ ބޮޑު ކަމަށް ކަނޑައަޅާފައި ވެއެވެ.

ދިރާސާކުރި ކޭސްތަކާއި ވެކްސިނާ ސީދާ ގުޅުވޭނެ ހެއްކެއް ނުފެނެ އެވެ. އަދި ގިނައިން މި މައްސަލަ ދިމާވަނީ އުމުރުން 60 އަހަރުން ދަށުގެ އަންހެނުންނަށް ނަމަވެސް، ފިރިހެނުންނަށް ވެސް ދިމާވެފައިވާ ކަމަށް އީއެމްއޭގެ ހޯދުންތަކުން ދައްކަ އެވެ.

އީއެމްއޭއިން އެގޮތަށް ބުނެފައި ވާއިރު، އިނގިރޭސި ވިލާތުގެ ވެކްސިނާ ގުޅޭ ކަންކަން ބަލަހައްޓާ އިދާރާއިން ވެސް ނިންމާފައިވަނީ އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް އޮކްސްފޯޑް ވެކްސިން ނޫން ކޮންމެވެސް އެހެން ކޮވިޑް ވެކްސިނެއް ދިނުމަށެވެ.

އެ ގައުމުގައި މާޗް މަހުގެ ނިޔަލަށް އޮކްސްފޯޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 79 މީހަކަށް ލޭގަނޑުވުމުގެ މައްސަލަ ދިމާވެ، 19 މީހަކު މަރުވެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ލޭގަނޑުވަނީ ވެކްސިނުގެ ސަބަބުން ކަމަށް ވުން އެކަށީގެންވި ނަމަވެސް، އެކަން ޔަގީން ނުކުރެވޭ ކަމަށެވެ. އަދި ދުނިޔޭގައި އޮކްސްފޯޑް ވެކްސިން މިހާތަނަށް ދިން 200 މިލިއަން މީހުންގެ ތެރެއިން އެ މައްސަލަ ފާހަގަވީ މަދު އަދަދަކަށް ކަމަށް ބުނެފައި ވެއެވެ.

ދުނިޔޭގައި މިހާތަނަށް 132 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 2.8 މިލިއަން މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox