ޖަޕާނުން ބްރެޒިލް ބަލިކުރި މެޗުގައި އަންޗެލޮޓީ އާއި ރަފީނިއާ އަށް ރަތެއް

Nov 15, 2026, 10:36 AM
ބްރެޒިލާއި ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން.

ބްރެޒިލާއި ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން.

ސިންގަޕޫރު (ނޮވެމްބަރު 15) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޖަޕާން އަތުން ފަހު ވަގުތު 3-2 އިން ބްރެޒިލް ބަލިވި މެޗުގައި އެ ޓީމުގެ ކެޕްޓަން، ރަފީނިއާ އާއި ކޯޗު، ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑެއް ދައްކައިފި އެވެ. 

އަންޗެލޮޓީ އާއި ރަފީނިއާ އަށް ރަތެއް ދެއްކީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޖަޕާނުން ލަނޑު ޖަހައި މޮޅުވިއިރު، އެ ލަނޑު ޖެހުމުގެ ކުރިން ފައުލެއް ކުރި ކަމަށް ކުރި އެޕީލްތަކުގެ ތެރެއިން ރެފްރީއާ ބޭއަދަބީ ބަހުން ތަކުރާރުކޮށް މުއާމަލާތް ކުރުމުންނެވެ. ޓަކްސުހިރޯ ޓަކަމާޓޯ، ޖަޕާން މޮޅުވި ލަނޑު ޖެހުމުގެ ކުރިން، ބްރެޒިލްގެ ޖޮއާއޯ ގޯމޭސަށް ފައުލުުކުރި ކަމަށް ބްރެޒިލުން އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ކުރިއަށްދާށެވެ. 

ރަތް ކާޑާ ބެހޭގޮތުން، އަންޗެލޮޓީ ބުނީ، އޭނާ އަށް ރަތެއް ދެއްކީ ބެންޗުގައި ތިބި ކުޅުންތެރިން ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. 

Advertisement

"ޔަގީނުން ވެސް މި ނަތީޖާ މިހެން މި އޮތީ ރެފްރީ އަށް ކޮންމެވެސް ނުފޫޒެއް ފޯރައިގެން،" އަންޗެލޮޓީ ބުންޏެވެ. 

ޓަކެފޫސާ ކޫބޯ އާއި ކެއިޓޯ ނަކަމޫރާގެ ލަނޑުތަކުން ޖަޕާނުން ވަނީ 19 މިނިޓް ތެރޭ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ވިނީޝިއުސް ލަނޑެއް ޖަހައި، ޓީމަށް އުންމީދެއް ހޯދައިދިންއިރު، ބްރެޒިލަށް އެއްވަރުކޮށްދިނީ ވެސް އޭނާ އެވެ. ބްރެޒިލްގެ ދެ ވަަނަ ލަނޑު، ވީނީޝިއުސް ކާމިޔާބުކުރީ، 75 ވަނަ މިނިޓްގަ އެވެ. މި ދެ ލަނޑަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ބްރޫނޯ ގިމާރޭސް އެެވެ.  

މޮޅުވުމަށްޓަކައި ލަނޑެއް ޖަހަން ބްރެޒިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކާމިޔާބުކުރީ ޖަޕާނުންނެވެ. އެ ޓީމުން މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރުު ވަގުތުގެ ތެރޭގަ އެވެ. 

މިއީ، މިދިޔަ 18 މަސް ދުވަސް ތެރޭ އެކުވެރިކަމުގެ މެޗަކުން ބްރެޒިލް އަތުން ޖަޕާން މޮޅުވި ދެ ވަނަ ފަހަރެެވެ. ޖަޕާނާއި ބްރެޒިލް ވަނީ، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ވާދަކޮށްފަ އެވެ. އެ މެޗުން 2-1 އިން މޮޅުވީ ބްރެޒިލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

ޕާކިސްތާނުން ފައިނަލަށް ދިޔައީ ޕްލޭން ކާމިޔާބުކޮށްގެން

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި. ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ ބުނިގޮތުގައި ޕާކިސްތާނުން މި މެޗު ކާމިޔާބުކުރީ އެމީހުންގެ ކުޅުން ދިރާސާކޮށް، ވަރަށް ރަނގަޅު ޕްލޭނަކާއެކު ތައްޔާރުވެގެން އައިސްގެން. ފައިނަލުގައި ކުޅޭނީ ޕާކިސްތާނާއި އިންޑިއާ

ރޮނާލްޑޯ ރިޓަޔާކުރި ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން ބަލި

ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާކުރި ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި، ނޭޝަންސް ލީގުގައި ރޭ ޑެންމާކް އަތުން 4-1 އިން އެ ޓީމު ވަނީ ބަލިވެފައި. ރޮނާލްޑޯގެ ޝަރަފުގައި ހުރިހާ ކުޅުންތެރިން ހަތް ނަމްބަރު ޖޯޒީގައި ކުޅުނު މި މެޗުން ބަލިވި ނަމަވެސް، ޕޯޗުގަލް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި

ކޮޅުނބު ފުޓްސަލް ކަޕްގައި މި ފަހަރު 16 ޓީމު

ސްރީ ލަންކާގެ ކޮލަމްބޯގައި 16 ޓީމާއެކު "ކޮޅުނބު ފުޓްސަލް ކަޕް" ފަށާފައިވާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް ކުޅެ ބައެއް ޓީމުތަކުން މިހާރު ވަނީ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައި. އެމްއީސީސީން އިންތިޒާމުކުރާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޭޖޭ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުއާޓާ އިން ޖާގަ ހޯދާފައި

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

Newsletter

Get the latest news delivered straight to your inbox