ބަލިވިޔަސް އިންޑިއާގެ ޕްލޭނެއް ފެނުނު ކަމަށް ބުނެ އަންޗެލޮޓީ ތައުރީފުކޮށްފި

Oct 4, 2026, 1:43 PM
ބްރެޒިލްގެ ކޯޗު އަންޗެލޮޓީ އާއި އިންޑިއާގެ ކޯޗު ހާލިދު ޖާމިލް.

ބްރެޒިލްގެ ކޯޗު އަންޗެލޮޓީ އާއި އިންޑިއާގެ ކޯޗު ހާލިދު ޖާމިލް.

ކަލްކަތާ (އޮކްޓޫބަރު 4) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ކަލްކަތާގައި ބްރެޒިލް އަތުން 4-0 އިން އިންޑިއާ ބަލިވި ކަމުގައި ވިޔަސް އެ ޓީމުގެ ފަރާތުން މުސްތަގުބަލުގައި ކުރިއަށްދެވިދާނެ ފުޓްބޯޅައިގެ ޕްލޭނެއް ފެނުނު ކަަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ. 

އިންޑިއާ ކޮޅަށް ބްރެޒިލުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގީ އެސްޓެވާއޯ އާއި ޕެޑްރޯ ޖެހި ގޯލުތަކުންނެވެ. ދެ ވަނަ ހާފުގައި ބްރެޒިލްގެ ދެ ލަނޑު ޖެހީ ވެސް ޕެޑްރޯ ލީނޯ އެވެ. މި މެޗުގައި ބްރެޒިލުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެެވެ. އަނެއްކޮޅުން، ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ވެސް ދިނެވެ. 

ބްރެޒިލް ޓީމާ މެދު ގިނަ ކަންތައްތަކެއް ފާހަގަކުރުމަށް ފަހު، އަންޗެލޮޓީ ވަނީ އިންޑިއާއާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

އެ ގޮތުން، އިންޑިއާގެ ކޯޗު ހާލިދު ޖާމިލް އެ ޓީމު ގޮވައިގެންކުރަން ބޭނުންވާ މަސައްކަތާއި، އެ ޓީމުގެ ކުޅުން ބިނާކުރަން ބޭނުންވަނީ ކިހިނެއްކަން މި މެޗުގެ އެކި ހިސާބުގައި ފެނިގެންދިޔަ ކަމަށެވެ. 

"ސްކޯ އަށް ބެލުމުގެ އިތުރުން ވެސް މި މެޗަށް ނަޒަރު ހިންގާލަން ޖެހޭ ގިނަ ކަންކަން ހުންނާނެ. އަަހަރެމެންނަށް ވެސް ގިނަ ކަންތައްތަކެއް ދަސްވި، ޔަގީނުން އެކަން އިންޑިއާގެ ކޯޗާއި ޓެކްނިކަލް ސްޓާފުން ވެސް ކުރާނެ. ދެން، އަހަރެން ވަރަށް ސަޕޯޓް ދެން އިންޑިއާ އިން ރަނގަޅު މެޗެއް ކުޅެން މަަސައްކަތްކުރީމަ. އޭގެ ފައިދާ އެ ޓީމަށް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމަށް ވެސް ދެކެން،" އަންޗެލޮޓީ ބުންޏެވެ. 

ފަންސާސް ހާހަށް ވުރެން ގިނަ ސަޕޯޓަރަުންގެ ކުރިމަތީގައި ދުނިޔޭގެ ވަރުގަދަ ބާރަކާ ދެކޮޅަށް އިންޑިއާ އިން އުންމީދުތަކެއް ހިފައިގެން މަސައްކަަތް ކުރި ކަމަށް ޖާމިލް ވަނީ ބުނެފަ އެވެ. އަދި، ދާދި ފަހުން، ޕެނަމާއާ 1-1 އިން އިންޑިއާ އެއްވަރުވި މެޗުން ލިބުނު ހިތްވަރާ އެކު، ބްރެޒިލް މެޗުގައި ވެސް ރަނގަޅަށް ކުރި ކަންތައްތަކެއް އެބަހުރިކަން ޖާމިލް ފާހަގަކުރި އެެވެ. 

"މި މަސައްކަތް ކުރިއަށްގެންދަން ބޭނުން. އެއީ، ކުރިއަށް ދެވެން އޮތް ގޮތަކީ،" ޖާމިލް ބުންޏެވެ. 

އިންޑިއާ އަށް ދެން އޮތް މެޗަކީ އަންނަ އަންގާރަ ދުވަހު އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއީ، މި އިންޓަނޭޝަނަލް ބްރޭކުގައި އިންޑިއާގެ ފަހު މެޗެވެ. ދެން، އޮތް ނޮވެމްބަރު އިންޓަނޭޝަނަލް ބްރޭކުގައި އިންޑިއާ އިން ކުޅެނީ ނިއު ޒީލެންޑާ ދެކޮޅަށް އެ ގައުމުގަ އެވެ. އަދި، އިންޑިއާގެ ޓީމެއް ސާފް ޗެމްޕިއަންޝިޕަށް ވެސް ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox