ޕޮޗެޓީނޯ މެންޗެސްޓާ ޔުނައިޓެޑަށް ގޮސްފިނަަމަ އެމެރިކާގެ ކޯޗުކަން ގާޑިއޯލާ އަށް ހުށަހަޅަނީ

Nov 12, 2026, 1:45 PM
މެންޗެސްޓާ ސިޓީގެ ކޯޗަކަށް 10 އަަަހަރު ހުރުމަށް ފަހު މަގާމުން އަމިއްލަ އަށް ވަކިވި މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗަކަށް 10 އަަަހަރު ހުރުމަށް ފަހު މަގާމުން އަމިއްލަ އަށް ވަކިވި މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 12) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމާ ހަވާލުވާން މައުރީސިއޯ ޕޮޗެޓީނޯ ނިންމައިފިނަމަ، އޭނާ މިހާރު އަދާކުރަމުން އަންނަ އެމެރިކާ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ސްޕެއިނުގެ މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ އަށް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

މި ސީޒަނުގައި ޔުނައިޓެޑުން ވަރަށް ދަށްކޮށް ކަންކަން ދާއިރު، އެ ޓީމުގެ ކޯޗަކަށް ހުރި މައިކަލް ކެރިކްގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމަން ޔުނައިޓެޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި، ކެރިކް ވަކިކޮށްފިނަަމަ، އެ ވަޒީފާއާ ހަވާލުވާނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން، ޓޮޓެންހަމް ހޮޓްސްޕާސް އަަދި ޗެލްސީ އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑާ ހަވާލުވާން ޕޮޗެޓީނޯ އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

ކެރިކް ވަކިކޮށްފިނަމަ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާ އިން ކޮންކަކަފް ނޭޝަންސް ލީގުގައި ހައިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ޕޮޗެޓީނޯ، އެމެރިކާގެ ކޯޗުކަމުން ވަކިވާނެ އެވެ. 

އެމެރިކާ އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ ބާސެލޯނާ، ބަޔާން މިއުނިކް އަދި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ގާޑިއޯލާ އެވެ. ދިހަ އަހަރު ސިޓީ އަށް ކޯޗުކޮށްދިނުމަށް ފަހު، ގާޑިއޯލާ ވަނީ މިދިޔަ މެއި މަހު ސިޓީ ދޫކޮށްލައިފަ އެވެ. 

ގައުމީ ޓީމަކަށް ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން ހުރި ކަމަށް މީގެ ކުރިން އެކި ފަަހަރު މަތިން ދިން އިންޓަވިއުތަކުގައި ގާޑިއޯލާ ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު، ދާދި ފަހުން، އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގާޑިއޯލާ ހަމަޖައްސަން އޭނާ އަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީ އިން ދިން ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލީ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެެރިކާގެ ކޯޗުކަމާ ހަވާލުވާން ގާޑިއޯލާ، އެއްބަސްވުމުގެ ފުރުސަތު ކުޑަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކަޓުވާލިއިރު، ބޫޓާން ސެމީއަށް

ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ 4-0 އިން ބަލިކޮށް ބަންގްލަދޭޝް ގްރޫޕްގެ އެއްވަނަ ހޯދިއިރު، 18 އަހަރަށްފަހު ބޫޓާން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި. ސެމީގައި ބަންގްލަދޭޝް ޕާކިސްތާނާ ބައްދަލުކުރާއިރު، ބޫޓާން ނުކުންނާނީ އިންޑިއާއާ ދެކޮޅަށް.

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

Newsletter

Get the latest news delivered straight to your inbox