މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

Nov 9, 2026, 4:20 PM
ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް: މަގާމުގައި ދެމިހުންނަން ޔަގީންކަން އެބައޮތް ކަމަށް ބުނި.

ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް: މަގާމުގައި ދެމިހުންނަން ޔަގީންކަން އެބައޮތް ކަމަށް ބުނި.

މެންޗެސްޓާ (ނޮވެމްބަރު 9) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް މި ވަގުތު ދަށް ފޯމެއްގައި ދުވަސްތައް ގުނަމުން އަންނަ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފި އެވެ. 

ޔުނައިޓެޑުން މި ސީޒަނުގައި މިހާތަނަށް ކުޅުނު 15 މެޗުން މޮޅުވީ ތިން މެޗުންނެެވެ. ހަތް މެޗުން ބަލިވެފައިވާއިރު، ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ. އިނގިރޭސި ލީގު ކަޕުން ޔުނައިޓެޑް ވަނީ ކަޓައިފަ އެވެ. 

އެންމެ ފަހުން، ރޭ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 4-4 އިން އެސްޓަން ވިލާއާ އެއްވަރުވެފަ އެވެ. މިއާ އެކު، ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބި އޮތް ޔުނައިޓެޑް ވަނީ ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. ޔުނައިޓަށް ލީގުގައި 10 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އޮތީ 18 ވަނައިގަ އެވެ. 

Advertisement

ހާލަތު ބަދަލުކުރަން ކެރިކަށް މެންޗެސްޓާ ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ލީގުގައި ބޯންމައުތު އަތުން ޔުނައިޓެޑް 3-0 އިން ބަލިވި މެޗަށް ފަހު، ކްލަބްގެ ހާލަތު ބަދަލުކުރަން ކެރިކަށް ދިނީ ތިން މެޗެވެ. އެއީ، ރޭ އެސްޓަން ވިލާއާ ކުޅުނު މެޗާ ހަމައަށެވެ. އޭގެ ކުރިން، ޗެލްސީ އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުަގައި ރޯމާ އަތުން މޮޅުވި އެވެ. ރޭގެ މެޗުން ވިލާ ކައިރިން ދެ ފަހަރެއްގެ މަތިން ދެ ގޯލުގެ ލީޑަކާ އެއްވަރުކޮށް ޔުނައިޓެޑުން ފަހު ވަގުތާ ހަމައަށް ހިތްވަރު ދެއްކި އެވެ. 

މި ސީޒަން ފެށުމުގެ ކުރިން ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑާ އެކު ސޮއިކުރި ކެރިކް މި ވަގުތު އެ ކްލަބުން ދިއުމަކީ އެންމެ ރަނގަޅު ނިންމުން ނޫންތޯ އެހުމުން އޭނާ ބުނީ އެއީ އެކަން ވާނެ ގޮތެއް ނޫން ކަމަށެވެ. 

"ހާލަތު އެބަ އެެނގޭ. އަހަރެެމެންނަށް ގިނަ މެޗުތަކަކުން މޮޅެއް ނުވެވޭ. އެކަމަކު އަހަރެން އުންމީދުކުރަނީ ޓީމާ އެކު ކުރިއަށްދާން. ކަންކަން ރަނގަޅުވަމުން އެބަދޭ. ހެދޭ ގޯސްތައް ރަނގަޅުކޮށް މެޗުތަކަކުން މޮޅުވީމަ މި ހާލަތު ބަދަލުކުރެވޭނެ،" މުސްތަގުބަލާ ބެހޭގޮތުން ސުވާލު ކުރުމުން ކެރިކް ބުންޏެވެ. 

ކެރިކް ބުނީ، ޔުނައިޓެޑްގައި ކުރިއަށްދާންވީ ގޮތް އޭނާ އަށް އެނގޭ ކަމަށާއި އެކަން ކުރަން ހުރިހާ ދުވަހަކު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން ކެރިކާ މެދު ކުރިއަށް އޮތް ދުވަސްތެރޭގައި ގޮތެއް ނިންމާނެ އެވެ. ކެރިކް ވަކިކުރާނަމަ، ޔުނައިޓެޑުން ދެން ގެންނާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތީ ޖަރުމަނުގެ ޒުވާން ކޯޗު ހޫޫލިއަން ނާގަލްސްމަން އެވެ. ދެން، ޔުނައިޓެޑުން ޝައުގުވެރިވާ ކޯޗުންގެ ލިސްޓުގައި އޮތީ ކުރިން ޗެލްސީ އާއި ޓޮޓެންހަމް އަށް ކޯޗުކޮށްދިން އެންޓޯނިއޯ ކޮންޓޭ އާއި ބޯންމައުތާއި ނިއުކާސަލް ޔުނައިޓެޑުން ފެނުނު އެޑީ ހޯވް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

Newsletter

Get the latest news delivered straight to your inbox