މެންޗެސްޓާ (ނޮވެމްބަރު 10) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކޮށްފިނަމަ އެ މަގާމަށް ގެންނާނީ އެމެރިކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑުން މި ސީޒަނުގައި މިހާތަނަށް ކުޅުނު 15 މެޗުން މޮޅުވީ ތިން މެޗުންނެެވެ. ހަތް މެޗުން ބަލިވެފައިވާއިރު، ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ. އިނގިރޭސި ލީގު ކަޕުން ޔުނައިޓެޑް ވަނީ ކަޓައިފަ އެވެ.
އެންމެ ފަހުން، ރޭ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 4-4 އިން އެސްޓަން ވިލާއާ އެއްވަރުވެފަ އެވެ. މިއާ އެކު، ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބި އޮތް ޔުނައިޓެޑް ވަނީ ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. ޔުނައިޓަށް ލީގުގައި 10 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އޮތީ 18 ވަނައިގަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި
މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.
ލީގުގައި ބޯންމައުތު އަތުން ޔުނައިޓެޑް 3-0 އިން ބަލިވި މެޗަށް ފަހު، ކްލަބްގެ ހާލަތު ބަދަލުކުރަން ކެރިކަށް ދިނީ ތިން މެޗެވެ. އެއީ، ރޭ އެސްޓަން ވިލާއާ ކުޅުނު މެޗާ ހަމައަށެވެ. އޭގެ ކުރިން، ޗެލްސީ އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުަގައި ރޯމާ އަތުން މޮޅުވި އެވެ. އެންމެ ފަހުން މެޗުގައި ވިލާ ކައިރިން ދެ ފަހަރެއްގެ މަތިން ދެ ގޯލުގެ ލީޑަކާ އެއްވަރުކޮށް ޔުނައިޓެޑުން ފަހު ވަގުތާ ހަމައަށް ހިތްވަރު ދެއްކި އެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މި ފަހަރު ސޮއިކުރި ކެރިކް ވަނީ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.
ސައުތެމްޓަން، ޓޮޓެންހަމް އަދި ޗެލްސީ އަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ޕޮޗެޓީނޯ، 54، މީގެ ދެ އަހަރު ކުރިން އެމެރިކާ ޓީމާ ހަވާލުވިއިރު، މި ފަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު އޭނާ ވަނީ 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު،. އެއްބަސްވުމުގައިވާ ގޮތުން، ވަކި ޓީމުތަކެއްގެ އޮފާ ލިބިއްޖެނަމަ، ޕޮޗެޓީނޯ އަށް ގޮތް ނިންމުމުގެ އިހުތިޔާރު ލިބޭ މާއްދާއެއް ހިމެނެ އެވެ.
ޕޮޗެޓީނޯގެ އިތުރުން، ދެން ޔުނައިޓެޑުން ފާރަލަމުން އަންނަ ކޯޗުންނަކީ، ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން، އިންގްލެންޑްގެ އެޑީ ހޯވް އަދި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުގެ ބޯޑުން އަންނަނީ މި ދެ ދުވަސް ތެރޭ ކެރިކާ މެދު ގޮތެއް ނިންމުމަށް ގިނަ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.







