އެފްޑީސީގެ 92 ފްލެޓަކުން ގަވާއިދާ ހިލާފުވި މައްސަލަ، 23 ފްލެޓެއް ޖޫރިމަނާކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އެމްޑީ ހަމްދާން ޝަކީލް: އެފްޑީސީން ބުނީ އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފްލެޓްތަކަށް ހުއްދަ ނެތި ބަދަލު ގެނައުމުގެ މައްސަލަތައް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އެމްޑީ ހަމްދާން ޝަކީލް: އެފްޑީސީން ބުނީ އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފްލެޓްތަކަށް ހުއްދަ ނެތި ބަދަލު ގެނައުމުގެ މައްސަލަތައް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބަލަހައްޓަމުންދާ ހައުސިން ޔުނިޓްތަކުގެ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފުވެގެން ނޮވެމްބަރު 5، ގެނިޔަލަށް 92 މައްސަލައެއް ރެކޯޑުކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ. 

އެފްޑީސީން ބުނީ މި މައްސަލަތަކާ ގުޅިގެން ހުށަހެޅިފައިވާ 92 މައްސަލައިގެ ތެރޭގައި އެންމެ ގިނައީ ހުއްދަ ނެތި ބަދަލު ގެނައުމުގެ މައްސަލަތައް ކަމަށާއި އެއީ 44 މައްސަލަ ކަމަށެވެ. 

ހުއްދަ ނެތި ބަދަލު ގެނައި 44 މައްސަލަތަކުގެ ތެރެއިން 14 މައްސަލައެއްގައި ވެރިފަރާތް ޖޫރިމަނާކޮށްފައިވާއިރު، އެކަކަށް އިންޒާރުގެ ނޯޓިސް ވަނީ ދީފަ އެވެ. އަދި ބާކީ 29 މައްސަލަވެސް އެފްޑީސީން އަދިވެސް ދަނީ ބަލަމުންނެވެ. 

ހުއްދަ ނެތި ޔުނިޓްތައް ކުއްޔަށް ދޫކުރި 18 މައްސަލައެއް އެފްޑީސީއަށް ފާހަގަކުރެވިގެން ހަތް މީހަކު ޖޫރިމަނާކޮށް، ދެ ދެ ފްލެޓަކަށް ވަނީ އިންޒާރުގެ ނޯޓިސް ދީފަ އެވެ. އަދި ބާކީ ނުވަ މައްސަލަ މިހާރުވެސް ދަނީ ބަލަމުންނެވެ. 

އާންމު ތަންތަނަށް ގެއްލުން ދިނުމުގެ 16 މައްސަލައެއް ފާހަގަކުރެވިގެން ފަސް ފްލެޓަކަށް އިންޒާރުދީ، 11 މައްސަލައެއް ދަނީ ބަލަމުންނެވެ. އަދި އެންގުންތަކަށް އަމަލުނުކުރާ 10 މައްސަލައެއްގެ ތެރެއިން އެއް ފްލެޓަކަށް އިންޒާރުދީ ނުވަ މައްސަލައެއް ދަނީ ބަލަމުންނެވެ. 

މީގެއިތުރުން ކުނި އެޅުމުގެ ގަވާއިދާ ހިލާފުވި ހަތަރު މައްސަލައެއްގައި ދެ ފްލެޓެއް ޖޫރިމަނާކޮށް ދެ މައްސަލައެއް ބަލަމުންދާ ކަމަށް އެފްޑީސީން ބުންޏެވެ. 

އެފްޑީސީގެ ޔުނިޓްތަކަށް ކުލި ދެއްކުމުގެ ތަފާސްހިސާބުތައް ބަލާއިރު ނޮވެމްބަރު 4، ގެ ނިޔަލަށް 3،432 ހައުސިން ޔުނިޓުން ބަރާބަރަށް ކުލި ދައްކަމުންދާއިރު، 495 ޔުނިޓަކުން ގަވާއިދުން ކުލި ނުދައްކަ އެވެ. 

އެފްޑީސީން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ދެ ފްލެޓެއް ހުސްކުރަން އެ ކޯޕަރޭޝަނުން އެންގި އެވެ. ނަމަވެސް އެ ދެ ފްލެޓުގެ ތެރެއިން އެއް ފްލެޓަކުން ކުލި ދައްކަން އެއްބަސްވެ، އަނެއް ފްލެޓުން ކުލި ދައްކަން ދެކޮޅު ހެދުމުން ކޯޓަށް މައްސަލަ ހުށަހަޅަން މިދިޔަ މަހު ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox