މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ދިޔާނާގެ ފިރިކަލުން، އާދަމް އަދީމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑާސް އައްޔަނުކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރީ އިއްޔެ އެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި އަދީމް ވާދަކޮށް ނާކާމިޔާބުވި އެވެ.
އަދީމްއަކީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް، ދިޔާނާގެ ފިރިކަލުންނެވެ. އެމްޕީއެލް އާއި ކަސްޓަމްސްއަކީ ވިޔަފާރި ބަނދަރުގެ މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ދެ މުއައްސަސާއަށް ވާއިރު، އެމްޕީއެލްގެ ބޯޑަށް އޭނާ އައްޔަނުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފަ އެވެ.
އަދީމްގެ އިތުރުން ވެސް، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި އެތައް ބަޔަކަށް މި ސަރުކާރުގެ އިސް މަގާމުތައް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝް އާއި މާލޭގެ މޭޔަރުކަމުގެ މަގާމަށް ވާދަކޮށް ނާކާމިޔާބުވި
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ދިޔާނާ އައްޔަނުކުރީ ޖުލައި 22، 2024 ގަ އެވެ. އޭގެ ފަހުން ކަސްޓަމްސްގެ ހިންގުން ސިޔާސީވެފައިވާކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.








