ކަނޑު އަޑީގައި ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ތަހުގީގުކޮށްދޭން ބޯޓިން އެސޯސިއޭޝަނުން ގޮވާލައިފި

ކަނޑުއަޑީގައި ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުން -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް

ކަނޑުއަޑީގައި ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުން -- ފޮޓޯ: ވީޑިއޯ ސްނެޕްޝޮޓް

ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި ދަތުރުކުރާ 'މޯލްޑިވްސް ލެޖެންޑް' ލިވަބޯޑާއި 'އިންފިނިޓީ އެކްސް' ސަފާރީގެ ޑައިވިން ޓީމުތަކާ ދެމެދު ހިނގި ހާދިސާގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ނޭޝަނަލް އެސޯސިއޭޝަން ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފި އެވެ.

އެ ހާދިސާއާ ގުޅިގެން އެންބީއޭއެމްއިން ނެރުނު ބަޔާނެއްގައި ވަނީ އެކަން ހިނގައިދިޔަ ގޮތް ވަކި ފަރާތަކަށް ނުޖެހި ފުރިަހަމައަށް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށާއި ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލައިފަ އެވެ.

ޑައިވަރުންތަކެއްގެ މެދުގައި ކަނޑުއަޑީގައި ހިނގި ހަމަނުޖެހުމެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން އެންބީއޭއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން އެދިފައި ވަނީ އެ ހާދިސާގެ އަސްލު ސާފުނުވަނީސް ވަކި ފަރާތަކަށް ތުހުމަތު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ކަނޑުއަޑީގެ މަންޒަރުތައް ބަލައިލުމަށް ފީނަމުންދިޔަ ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި، އެކަކު އަނެކަކު ގަޔަށް އަތްލާ މަންޒަރެވެ. އަދި، ޑައިވް ނިންމައިލުމަށްފަހު، ދޯންޏަށް އަރައި ތިބެ ދެބައި މީހުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

އެ ހާދިސާގެ ސަބަބުން ރާއްޖޭގެ ބޯޓިން އަދި، ޑައިވިން ސިނާއަތުގެ އަގުވެއްޓި ރާއްޖެއަކީ ފަތުރުވެރިންނަށް ނުރައްކާތެރި ތަނެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެންބީއޭއެމްއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގައި އޮޕަރޭޓުކުރާ ބޭރުގެ އުޅަނދުތަކުގެ މިލްކުވެރިކަމާމެދު ވެސް އެ ޖަމިއްޔާއިން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން އިންފިނިޓީ އެކްސް ފަދަ ކުރިން ބޭރުގެ އުޅަނދުތަކުގެ ގޮތުގައި އޮޕަރޭޓްކުރި އުޅަނދުތައް، ދިވެހި ކުންފުނިތަކުގެ ނަމަށް ބަދަލުކުރި ނަމަވެސް، އެ އުޅަނދުތަކުގައި ދިވެހިންގެ ހަގީގީ ބައިވެރިވުން އޮތް މިންވަރު ބަލައި ތަހުގީގު ކުރުމަށް އެންބީއޭއެމުން ވަނީ އެދިފަ އެވެ.

އެންބީއޭއެމް އިން ވަނީ އިންފިނިޓީ އެކްސްއާ ގުޅޭ މައުލޫމާތުގެ ފުށުއެރުންތަކެއް ހުރިކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގައި އެ އުޅަނދު ރަޖިސްޓްރީކޮށްފައި ވަނީ 20 ކޮޓަރިއާއި 40 އެނދުގެ ގޮތުގައި ކަމަށްވީ ނަމަވެސް، ބައިނަލްއަގުވާމީ ބުކިން ސައިޓްތަކުގައި އެ އުޅަނދުގެ މައުލޫމާތު ދީފައިވަނީ 19 ކޮޓަރިއާއި 30 ފަސިންޖަރުންގެ ގޮތުގައި ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

މިފަދަ ފުށުއެރުންތައް ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ހުރިހާ އޮޕަރޭޓަރުންނަކީވެސް ހަމަހަމަކަމާއެކު ޤަވާޢިދުތަކަށް ބޯލަނބާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށް ވަނީ ގޮވާލާފައެވެ.

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox